Roadha Mihaaru

މިއީ އެންމެ އަވަހަށް މަސް ކަނޑާ މީހާތަ؟

12 ޖޫން 2016

ހެޔޮވަރުގެ ކަަނޑު މަހެއް ކަނޑާލަން ކިހާ ވަގުތެއް ނަގާ ހެއްޔެވެ؟ ފަސް މިނިޓު، ދިހަ މިނިޓް ނޫނީ އެއަށް ވުރެ ގިނަ ވަގުތު ނަގާނެ ކަންނޭނގެ އެވެ. އެކަމަކު މަސް މާރުކޭޓުގައި މަސް ކަނޑަން ހުންނަ އަބްދުﷲ އަފީފް މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެކަން ކޮށް ނިންމާލަ އެވެ. އެހެން ވިއްޔާ، މިއީ މާލޭގައި ހުރި އެންމެ އަވަހަށް މަސް ކަނޑާ މީހާ ހެއްޔެވެ؟

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހެޔޮވަރުގެ ކަަނޑު މަހެއް ކަނޑާލަން ކިހާ ވަގުތެއް ނަގާ ހެއްޔެވެ؟ ފަސް މިނިޓު، ދިހަ މިނިޓް ނޫނީ އެއަށް ވުރެ ގިނަ ވަގުތު ނަގާނެ ކަންނޭނގެ އެވެ. އެކަމަކު މަސް މާރުކޭޓުގައި މަސް ކަނޑަން ހުންނަ އަބްދުﷲ އަފީފް މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އެކަން ކޮށް ނިންމާލަ އެވެ. އެހެން ވިއްޔާ، މިއީ މާލޭގައި ހުރި އެންމެ އަވަހަށް މަސް ކަނޑާ މީހާ ހެއްޔެވެ؟

"ގޮދައެއް ކަނޑާލެވޭނެ 40 ސިކުންތު ތެރޭގައި،" އަފީފް ބުންޏެވެ. "މިނިޓެއްގެ ތެރޭގައި އާދައިގެ ދެ މަސް ކަނޑާލެވޭނެ."

މާލެއަށް އުފަން، 59 އަހަރުގެ އަފީފު މަސް ކަނޑަން އުޅޭތާ 33 އަހަރު ވެއްޖެ އެވެ. އެއީ މާރުކޭޓުގައި މަސް ކެނޑުމުގެ މަސައްކަތުގައި އުޅޭ އެންމެ ގިނަ ދުވަސް ވީ އެކެކެވެ. މިހާރު އޭނާ އެކަން ކުރަނީ ޖެހިފައިވާ ލޯތްބެއްގެ ބޮޑުކަމުންނެވެ.

އަފީފަކީ ކުރިން ކެޔޮޅެކެވެ. އެކަން ކުރީ އޭރުގެ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުން އަންގައިގެންނެވެ. އެކަމަކު ފަހުން މަސް ކަނޑާ މީހަކަށް ބަދަލުވީ އާއިލާ ކައިރީގައި ހުރެގެން އެކަން ކުރެވޭނެތީ އެވެ.

އަފީފް ގަބޫލުކުރާ ގޮތުގައި މަސް ކެނޑުމުގެ އަވަސް ސްޕީޑުގެ ފަހަތުގައި ވަނީ އޭނާގެ ގިނަ ދުވަހުގެ ތަޖުރިބާ އެވެ. އަދި އެކަމަށް ހުރި ޝައުގުވެރިކަމެވެ.

މަސް މާރުކޭޓުގައި މަސް ކެނޑުމުގެ މަސައްކަތުގައި އެންމެ ގިނަ ދުވަސް ވީ އަފީފް: ސާޅީހަކަށް ސިކުންތުގެ ތެރޭގައި އޭނާ ގޮދައެއް ކަނޑާ -- ފޮޓޯ: ހުސެން ޝަޔާހު/މިހާރު

މަސް މާރުކޭޓުގައި މަސް ކެނޑުމުގެ މަސައްކަތުގައި އެންމެ ގިނަ ދުވަސް ވީ އަފީފް: ސާޅީހަކަށް ސިކުންތުގެ ތެރޭގައި އޭނާ ގޮދައެއް ކަނޑާ -- ފޮޓޯ: ހުސެން ޝަޔާހު/މިހާރު

"މިހާރު ދެން މިކަން މި ކުރަނީ ހަމަ ކުރާ ހިތުން،" އަފީފް ބުންޏެވެ.

މަސް މާރުކޭޓަށް ގެންނަ ބޮޑެތި ކަންނެއްޔާއި ގޮދާ ފަދަ މަސްތައް ކަނޑައިގެން އޭނާ މަހަކު 10،000 ނުވަތަ 12،000 ހޯދަ އެވެ. ދުވާލަކު 14 ގަޑިއިރު މަސައްކަތް ކުރާއިރު ބްރޭކެއް ނަގަނީ ހަމައެކަނި ނަމާދަށް ދިޔުމަށެވެ.

އަފީފް ބުނިގޮތުގައި މަސް ކެނޑުމާއި ދުވާލު ހަތަރުދަމު މަހުގެ ތެރޭގައި އުޅުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެކަމަކު އެއީ އާމްދަނީ ހޯދަން ރަނގަޅު މަސައްކަތެއް ކަމަށް އޭނާ ބުންޏެވެ.

އޭނާ އެންމެ ދެކެން ބޭނުންވަނީ ޒުވާނުން އެ މަސައްކަތަށް ނުކުންނަ ދުވަހެކެވެ.

"އެކަމަކު މިހާރު މިތަނުގައި ހުސް މިއުޅެނީ 40 އަހަރުން މަތީގެ މީހުން. ގައިގައި ވަރުހުރި މީހުންނަށް މިކަން ވާނީ،" އަފީފު ބުންޏެވެ.

ބައެއް މީހުންނަށް އެއީ ހަޑި މަސައްކަތެކެވެ. އެކަމަކު ދުވާލަކު އެތައް ސަތޭކަ ބަޔަކަށް އެ ލިބޭ ފަސޭހަ އާއި ހިތްހަމަޖެހުން ގެެނެސްދޭ ބަޔަކީ އަފީފް ކަހަލަ މަސް ކަނޑާ މީހުންނެވެ. އޭނާގެ ގައިގައި ވަރު ހުރިހާ ދުވަހަކު މާރުކޭޓު ދޫކޮށްފައި ދާކަށް އަފީފް ނުވިސްނަ އެވެ.