ވެމްކޯ ބިލާއި ސްޓެލްކޯގެ ބިލު އެއްކޮށްލާއިރު ކުރިން ވެމްކޯއަށް ނުދައްކާ ހުރި ބިލްތައް ސްޓެލްކޯގެ ބިލުގައި ނުހިމަނާނެ ކަމަށް ވެމްކޯއިން ބުނެފި އެވެ.
30 މާޗް 2023
ވެމްކޯ ބިލާއި ސްޓެލްކޯގެ ބިލު އެއްކޮށްލާއިރު ކުރިން ވެމްކޯއަށް ނުދައްކާ ހުރި ބިލްތައް ސްޓެލްކޯގެ ބިލުގައި ނުހިމަނާނެ ކަމަށް ވެމްކޯއިން ބުނެފި އެވެ.
ވެމްކޯއިން ގެތަކުން ކުނި ނެގުމުގެ ފީ އަންނަ ހޮނިހިރު ދުވަހުން ފެށިގެން ސްޓެލްކޯގެ ކަރަންޓު ބިލުގައި ހިމަނަން އެކުންފުނިން ވަނީ ނިންމައިފަ އެވެ.
ވެމްކޯ އަށް ބިލް ނުދައްކާ މައްސަލަ ބޮޑުވެ އެކަމަށް ހައްލެއް ހޯދަން ކަރަންޓި ބިލާއި ވެމްކޯގެ ބިލް އެއްކޮށްލަން ނިންމިޔަސް ވެމްކޯގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ މިހާތަނަށް ވެމްކޯގައި ރަޖިސްޓްރީކޮށް ބިލް ނުދައްކާހުރި ނަމަ "އަވަސްޕޭ" މެދުވެރިކޮށް އެ ފައިސާ ދެއްކޭނެ ކަމަށެވެ.
"ވެމްކޯ ބިލް ނުދައްކާ ހުރި ނަމަ ކުރީގެ ބިލްތައް ސްޓެލްކޯ ބިލާ އެއް ނުކުރާނެ،" އޭނާ ވިދާޅުވި އެވެ.
ވެމްކޯ ބިލާއި ސްޓެލްކޯގެ ބިލު އެއްކޮށްލާތީ އެ ކުންފުނިން ވަނީ ގޭބިސީތަކުގެ މައުލޫމާތު އަޕްޑޭޓްކުރަން އިލްތިމާސްކޮށްފަ އެވެ. އާއްމު ގޭބިސީ ކަރަންޓް މީޓަރުތަކުގެ ތެރޭގައި ލިފްޓް ނުވަތަ މެއިންޓަނަންސް މީޓަރެއް ހުންނަ ނަމަ އެފަރާތްތަކުން "ޔޫޓިލިޓީ މީޓަރު އެކްސްކުލޫޝަން ފޯމް" ފުރިހަމަކޮށް، އެކޯޕަރޭޝަނަށް ހުށަހަޅަން ވަނީ އެދިފަ އެވެ.
Beginning April 1, Household Waste Collection service fee will be tied with STELCO electricity bill.
— Waste Management Corporation Limited (WAMCO) (@WAMCOmv) March 28, 2023
Stay tuned for more information. pic.twitter.com/bE3T9Fh5Ml
މީގެ އިތުރުން، ކޮމާޝަލް ރެޒިޑެންޝަލް ކޮމްޕްލެކްސްތައް ބަލަހައްޓާ ފަރާތްތަކުން "ޕްރައިމަރީ މީޓަރު އައިޑެންޓިފިކޭޝަން އެންޑް ގްރޫޕިން ފޯމް" ފުރިހަމަކޮށް ހުށައެޅުމަށް ވެސް ވެމްކޯއިން އެދިފައިވެ އެވެ.
ވެމްކޯގެ ހިދުމަތް ހޯދާ މުއައްސަސާތަކާއި ވިޔަފާރިތަކުން "އިންފޮމޭޝަން އަޕްޑޭޓް ފޯމް" އަންނަ މަހުގެ ހަ ވަނަ ދުވަހުގެ ކުރިން ހުށަޅަން ވަނީ އެދިފަ އެވެ. އެތަނުން ބުނީ އެ މުއްދަތުގައި މައުލޫމާތު ހުށަނާޅައިފި ނަމަ ހިދުމަތް މެދުކެނޑޭނެ ކަމަަށެވެ.
ގޭބިސީތަކުން ބޭނުންނުކުރާ ކަރަންޓު މީޓަރުތަކުގައި ކުނި އުކާލުމުގެ ހިދުމަތުގެ ފީ ނުހިމަނާނެކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.
އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން، އެޕާޓްމަންޓްތަކަށް އަރައި ކުނި ނަގައި އަގެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ ދުވާލަކަށް 4.93ރ. އެވެ. އެހެންވެ ކަރަންޓު ބިލް އަންނައިރު، ބިލްގެ މުއްދަތަށްވާ ފައިސާ ހިމަނާނެ އެވެ.
ތިން ބިލް ނުދައްކައިފި ނަމަ ކުންޏެއް ނުނަގާނެ: ވެމްކޯ
ކުނީގެ ފީ ހިމަނާނީ ދެން ފޮނުވާ ކަރަންޓު ބިލުގައި
ކުނި ނެގުމުގެ ފީ ކަރަންޓް ބިލުގައި ހިމަނަން ފަށަނީ
ކުނި އުކަން އުޅަނދުތަކުން ނަގާ ފީ ކުޑަކޮށްފި
އެއާޕޯޓުން ކުނި އުފުލުން އަނެއްކާވެސް ވެމްކޯއަށް
ވެމްކޯއިން ބޮޑެތި ކުނި ހިލޭ އުކައިދޭން ފަށައިފި
ވެމްކޯގެ އޮޑިޓް: 103 މިލިއަންގެ ކޮރަޕްޝަން ހިންގި!
"ސިޓީއަކަށް މުހިންމުވާ އަސާސީ ހިދުމަތްތައް ހަމަވެެއްޖެ"
މާލޭގެ ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހުޅުވައިފި
ކަރަންޓަށް 34 ޔުނިޓް ނާރާނަމަ ކުނީގެ ބިލް ނުފޮނުވާނެ