Roadha Mihaaru
ބަންގާޅުގައި ކިޔަވާ ދަރިވަރުންނަށް ދިގު މުއްދަތަށް ވިސާ

ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތަށް ވިސާ ދެނީ

31 މާޗް 2023

ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތަށް ވިސާ ދޭން އެ ގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތަށް ވިސާ ދޭން އެ ގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

އެ މިނިސްޓްރީގެ ޓުވީޓެއްގައި ބުނީ، ބަންގްލަދޭޝްގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ދިގު މުއްދަތަށް ވިސާ ދޭން އެ ގައުމުގެ ސަރުކާރުން ނިންމައި އެކަން އަންގާފައިވާ ކަމަށެވެ. އެ ފުރުސަތު ދޭނީ އެ ގައުމުގެ ސަރުކާރުން ގަބޫލުކުރާ މަތީ ތައުލީމު ދޭ ތަންތަނުގައި ކިޔަވާ ދަރިވަރުންނަށް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

"... ދެން ވިސާ ދޭނީ އެ ދަރިވަރަކު ކިޔަވާ ކޯހުގެ މުއްދަތަށް،" ފޮރިން މިނިސްޓްރީން ބުންޏެވެ.

ދަރިވަރުންނަށް ދިގު މުއްދަތަަށް ވިސާ ދޭން ނިންމުމުން ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭ ކޭ އަބްދުލް މޫމިން އަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވައިފަ އެވެ.

ބަންގްލަދޭޝްގައި މިހާރު ވެސް ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ. އޭގެ ތެރޭގައި ގިނައީ ޑޮކްޓަރުކަމާއި އިންޖިނިއަރުކަން ކިޔަވާ ކުދިންނެވެ.