15 ޖޫން 2017
ފޯބްސް މަޖައްލާއިން ނެރޭ، ތެރޭ އެންމެ ބޮޑު އާމްދަނީ ލިބޭ ފަންނާނުންގެ ލިސްޓުގައި ބޮލީވުޑްގެ ތިން ތަރިއަކު މިފަހަރު ހިމެނިފައިވެ އެވެ. އެއީ ޝާހްރުކް ޚާނާއި ސަލްމާން އަދި އަކްޝޭ ކުމާރެވެ. މި ލިސްޓުން އެއް ވަނަ ލިބިފައި ވަނީ ރެޕާ ޑިއްޑީ ނުވަތަ ޝޯން ކޮމްބްސް އަށެވެ.
ފޯބްސް މަޖައްލާއިން ނެރޭ، ތެރޭ އެންމެ ބޮޑު އާމްދަނީ ލިބޭ ފަންނާނުންގެ ލިސްޓުގައި ބޮލީވުޑްގެ ތިން ތަރިއަކު މިފަހަރު ހިމެނިފައިވެ އެވެ. އެއީ ޝާހްރުކް ޚާނާއި ސަލްމާން އަދި އަކްޝޭ ކުމާރެވެ. މި ލިސްޓުން އެއް ވަނަ ލިބިފައި ވަނީ ރެޕާ ޑިއްޑީ ނުވަތަ ޝޯން ކޮމްބްސް އަށެވެ.
ބޮލީވުޑްގެ ތަރިންގެ ތެރެއިން މި ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޝާހްރުކް ޚާނެވެ. އޭނާއަށް ލިބުނީ 65 ވަނަ އެވެ. އެއީ ޖޫން 1، 2016 އިން ޖޫން 1، 2017 އަށް 245 ކްރޯޑު (38 މިލިއަން ޑޮލަރު) ލިިބިފައި ވާތީ އެވެ. ޝާހްރުކް އަށް ވުރެ ފަހަތުގައި އުޅޭ ބައިނަލްއަގުވާމީ ފަންނާންގެ ތެރޭގައި ޓެނިސް ކުޅުންތެރިޔާ ނޯވަކް ޖޯކޮވިކް، އެކްޓަ އެމީ ޝޫމާ، ގޮލްފް ކުޅުންތެރިޔާ ޓައިގާ ވުޑްސް، ފުޓުބޯޅަ ކުޅުންތެރިޔާ ނޭމާ އަދި ލަވަކިޔުންތެރިޔާ އެޑް ޝީރާން، ރީހާނާ، ބޮން ޖޯވީ، ބްރިޓްނީ ސްޕިއާޒް އަދި ކެޓީ ޕެރީ ހިމެނެ އެވެ.
ޝާހްރުކާ އެކު 65 ވަނައިގައި އިތުރު ދެ ފަންނާނުން ހިމެނިފައިވެ އެވެ. އެއީ ހޮލީވުޑް އެކްޓަރު-ލަވަކިޔުންތެރިޔާ ޖެނިފާ ލޯޕެޒް އާއި ދަ ޗެއިންސްމޯކާޒް އެވެ.
ސަލްމާން ޚާނަށް ލިބިފައި ވަނީ 37 މިލިއަން ޑޮލަރެވެ. މި ލިސްޓުން އޭނާ އަށް ލިބުނީ 71 ވަނަ އެވެ. މިދިޔަ އަހަރުގެ އެންމެ ބޮޑު އާމްދަނީ ލިބުނު 100 ފަންނާނުންގެ ލިސްޓުގައި ސަލްމާން ހިމެނިފައެއް ނުވެ އެވެ. އަކްޝޭ ކުމާރަށް މިއަހަރު ލިބުނީ މި ލިސްޓުގެ 80 ވަނަ އެވެ. އޭނާއަށް ލިބުނު އާމްދަނީގެ މިންވަރަކީ 228 ކްރޯޑު (35.5 މިލިއަން ޑޮލަރު) އެވެ. ފަންނާނުންނަށް ލިބިފައިވާ އާމްދަނީގެ ތެރޭގައި އެމީހުން ސޮއިކޮށް އަދި ކުޅެފައިވާ ފިލްމުތަކުގެ އިތުރުން އިޝްތިހާރުތަކުން ލިބުނު އާމްދަނީ ވެސް ހިމަނާފައިވެ އެވެ.
ބޮލީވުޑް އެންމެ ބަތަލާއަކަށް ވެސް މި ލިސްޓުން ޖާގައެއް ނުލިބުނެވެ. ދީޕިކާ ޕަދުކޯން އާއި ޕްރިޔަންކާ ޗޯޕްރާ ފަދަ ތަރިން ހޮލީވުޑް ފިލްމުތަކުގައި ބައިވެރިވި ނަމަވެސް މި ލިސްޓުގައި ހިމެނޭ ވަރަށް މިއިން އެއްވެސް އެކްޓަރަކަށް އާމްދަނީއެއް ނުލިބެ އެވެ. ހޮލީވުޑް ތަރިންގެ ތެރެއިން ޖެނިފާ ލޯރެންސް އާއި ސްކާލެޓް ޖޯންސަންގެ ނަމެއް ވެސް މިފަހަރުގެ ލިސްޓަކު ނެތެވެ.
މިދިޔަ އަހަރު މި ލިސްޓުގައި ހިމެނުނު ނަމަވެސް މަޝްހޫރު އެކްޓަރު އަމީތާބު ބައްޗަން ވެސް މިފަހަރުގެ ލިސްޓަކު ނެތެވެ.
ރެޕާ ޑިއްޑީ މިފަހަރުގެ ލިސްޓުގެ އެއްވަނަ ހޯދާފައި ވާއިރު އޭނާގެ އާމްދަނީ އަކީ 130 މިލިއަން ޑޮލަރެވެ. އަދި މި ލިސްޓުގެ ގަދަ 10 ގައި ހިމެނިފައިވަނީ މުޅިން ވެސް ޕޮޕް ސްޓާރުންނާއި މިއުޒީޝަނުން އަދި ފޮތްލިޔުންތެރިންނެވެ.
ދުވަސްތަކަކަށް ފަހު ބޮލީވުޑްގެ ތިން ހާނުން އެކުގައި
ޓައިގާ ވާސަސް ޕަތާން: ޝާހު/ސަލްމާންގެ ހާއްސަ ފިލްމެއް
ޝާހުރުކް ބުނަނީ ސަލްމާނަކީ "ގޯޓް" ކަމަށް
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް
ބަންސާލީގެ އާ ފިލްމުގައި ޝާހްރުކާއި ސަލްމާން
ޝާހްރުކްގެ ކާމިޔާބީގެ ކްރެޑިޓް ސަލްމާންގެ އާއިލާ އަށް
ތިން ޚާނުން އިޒްރޭލު ބޮޑުވަޒީރާ ބައްދަލެއް ނުކުރި
ޝާހްރުކްގެ ޚާއްސަ ހަދިޔާއެއް ސަލްމާން ޚާނަށް
ޝާހްރުކްގެ އާ ފިލްމުގައި ސަލްމާން ބައިވެރިވަނީ
އަޖޭ އާއި ޝާހްރުކް "ޓިއުބުލައިޓް"ގެ ފައިދާ ނަގަނީ