05 ނޮވެމްބަރ 2018
މި އަހަރު ރިލީޒް ކުރި "ޕަދުމާވަތު" އަށް ފަހު ސަންޖޭ ލީލާ ބަންސާލީ ދެން ހަދާނެ ފިލްމަކާ ބެހޭ ގޮތުން ދެެކެވޭ ވާހަކަތައް ގިނަ އެވެ. ސަލްމާން ހާން ވަނީ ބަންސާލީގެ ފިލްމަކަށް ސޮއިކޮށްފައިވާކަން ކަށަވަރު ވެސް ކޮށް ދީފަ އެވެ.
މި އަހަރު ރިލީޒް ކުރި "ޕަދުމާވަތު" އަށް ފަހު ސަންޖޭ ލީލާ ބަންސާލީ ދެން ހަދާނެ ފިލްމަކާ ބެހޭ ގޮތުން ދެެކެވޭ ވާހަކަތައް ގިނަ އެވެ. ސަލްމާން ހާން ވަނީ ބަންސާލީގެ ފިލްމަކަށް ސޮއިކޮށްފައިވާކަން ކަށަވަރު ވެސް ކޮށް ދީފަ އެވެ.
މީޑިއާތަކުން މި ދޭތެރެއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަލްމާނާ އެކު ބަންސާލީ ގެނެސް ދޭން ނިންމާފައިވާ ފިލްމުގެ ނަމަކީ "އިންޝާﷲ" އެވެ. އެކަމަކު މިހާރު މީޑިއާތަކުން ބުނަނީ ބަންސާލީގެ އާ ފިލްމަކީ އޭނާ މީގެ ކުރިން ވެސް ހަދަން ނިންމާފައި އޮތް ފިލްމެއް ކަމަށްވާ "ހީރާ މަންދީ" ކިޔާ ފިލްމެއް ކަމަށެވެ.
ނަމަވެސް މިއިން އެއްވެސް ފިލްމަކާ ބެހޭ ގޮތުން ބަންސާލީ މިހާތަނަށް އަދި އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އޭނާއަކީ އާންމުކޮށް މީޑިއާތަކާ ވެސް ވަރަށް ދުރުން އުޅޭ މީހަކަށްވާތީ ފިލްމެއް ރަސްމީކޮށް އިއުލާންކުރާ ފަހުން ނޫނީ، ބަންސާލީގެ ފިލްމަކާ ބެހޭ މައުލޫމާތެއް ކަށަވަރުވާ ގޮތެއް ނުވެ އެވެ.
ބަންސާލީ: އޭނާ ދެން ހަދާނެ ފިލްމަކާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ގިނަ.
ބަންސާލީގެ ފިލްމަކަށް ސޮއިކުރިކަން ސަލްމާން ކަށަވަރުކޮށް ދީފައި ވަނިކޮށް ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ގިނަ ނޫސްތަކުން މިހާރު ބުނި ގޮތުގައި ބަންސާލީ ދެން ހަދާ ފިލްމުން ފިލްމުން ސަލްމާނާއި ޝާހްރުކް އެކީގައި ފެންނާނެ އެވެ. އަދި މި ފިލްމަކީ 1991 ގައި ސުބާޝް ގާއީ ގެނެސް ދިން "ސައުދާރު" ކަހަލަ ފިލްމެއް ކަމަށްވެ އެވެ.
ދެ ތަރިންނަށް ވެސް ބަންސާލީގެ ފިލްމުން ވަރަށް ހަމަހަމަ ރޯލްތަކެއް ހުށަހަޅާފައިވާ އިރު، އަންނަ އަހަރުގެ މެދުތެރޭގައި މީގެ މަސައްކަތް ފަށާނެ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
މިޑް-ޑޭ އިން ބުނި ގޮތުގައި ޝާހްރުކާއި ސަލްމާން ވެސް ފިލްމަށް މިހާރު ރަސްމީކޮށް އެއްބަސްވެފައިވާ އިރު، ސްކްރިޕްޓްގެ ފައިނަލް ޑްރާފްޓްގެ މަސައްކަތް ބަންސާލީ އަންނަނީ ނިންމަމުންނެވެ.
އޭނާއާ އެކު ސަލްމާން މިހާތަނަށް ތިން ފިލްމެއްގެ މަސައްކަތްކޮށްފައިވެ އެވެ. އެއީ ހާމޯޝީ: ދަ މިއުޒިކަލް (1996) އާއި ހަމް ދިލް ދޭ ޗުކޭ ސަނަމް (1999) ގެ އިތުރުން 2007 ގެ "ސާވަރިޔާ" އެވެ. ބަންސާލީއާ އެކު ޝާހްރުކް މިހާތަނަށް މަސައްކަތް ކުރީ އެންމެ ފިލްމެއްގަ އެވެ. އެއީ 2002 ގެ "ދޭވްދާސް" އެވެ.
ފާހަގަކޮށްލެވޭ އަނެއް ކަމަކީ ޝާހްރުކާއި ސަލްމާން މީގެ ކުރިން ވެސް އެކުގައި ފިލްމުތަކެއް ކުޅެފައިވާ ކަމެވެ. އޭގެ ތެރޭގައި "ކަރަން އަރުޖުން"، "ކުޗް ކުޗް ހޯތާ ހޭ" އަދި "ހަމް ތުމާރޭ ހޭ ސަނަމް" ހިމެނެ އެވެ.
އަދި ދެ ތަރިން ވަނީ އެކަކު އަނެކެއްގެ ފިލްމުގެ ހާއްސަ ފެނިލުންތަކެއް ވެސް ކުޅެފަ އެވެ. އެގޮތުން އަންނަ މަހުގެ 21 ގައި ރިލީޒް ކުރާ ޝާހްރުކްގެ "ޒީރޯ" ގެ ހާއްސަ ފެނިލުމަކުން ވެސް ސަލްމާން ފެނިގެން ދާނެ އެވެ.
އަނެއް ކަމަކީ ސަލްމާނާއި ޝާހްރުކް ކަހަލަ ވަރުގަދަ ސްޕަސްޓާރުން އެކީގައި ސްކްރީނަށް ގެނެވޭނީ ބަންސާލީ ކަހަލަ ނުފޫޒު ގަދަ ޑައިރެކްޓަރަކަށް ކަމެވެ.
އަހަރެންގެ ރައްޓެއްސަކަށް ހުރީ ސަލްމާން ހާން: ސަންޖޭ
ދުވަސްތަކަކަށް ފަހު ބޮލީވުޑްގެ ތިން ހާނުން އެކުގައި
ޓައިގާ ވާސަސް ޕަތާން: ޝާހު/ސަލްމާންގެ ހާއްސަ ފިލްމެއް
ޝާހުރުކް ބުނަނީ ސަލްމާނަކީ "ގޯޓް" ކަމަށް
މަނީޝާ 26 އަހަރު ފަހުން ބަންސާލީއާ އެކު
ސަލްމާން "އިންޝާﷲ" ދޫކޮށްލި ސަބަބުތައް
ސަލްމާންގެ ޑޮކިއުމަންޓްރީ ނެރޭޓްކޮށްދޭނީ އާލިއާ
ސަލްމާންގެ ޑޮކިއުމަންޓްރީ އަށް ބަންސާލީގެ އިންޓަވިއުއެއް
އަމީތާބް "ޗެހެރޭ" ކުޅުނީ ހިލޭ
ބަންސާލީގެ ކާމިޔާބު ކެރިއަރަށް 25 އަހަރު