ތުރުކީގެ މަޝްހޫރު މޭކަޕް އަދި ސްކިންކެއާ ބްރޭންޑް "ފްލޯމާ"ގެ އާ ޕްރޮޑަކްޓުތަކެއް ލެކިއުޓަށް ގެނެސްފި އެވެ.
02 އެޕްރީލް 2023
ތުރުކީގެ މަޝްހޫރު މޭކަޕް އަދި ސްކިންކެއާ ބްރޭންޑް "ފްލޯމާ"ގެ އާ ޕްރޮޑަކްޓުތަކެއް ލެކިއުޓަށް ގެނެސްފި އެވެ.
ލެކިއުޓުން ބުނި ގޮތުގައި ފްލޯމާގެ ޕްރޮޑަކްޓުތަކުގެ ތެރެއިން ޓިންޓެޑް މޮއިސްޗަރައިޒާއިން ފެށިގެން ސްކިންކެއާ ގިނަ ޕްރޮޑަކްޓުތަކެއް މިހާރު ލިބޭނެ އެވެ. އަދި ކުރިން ސްޓޮކް ހުސްވެފައި ހުރި ފްލޯމާގެ އެކި ޕްރޮޑަކްޓުތަކުގެ ސްޓޮކް އާކޮށްފައިވާ ކަމަށް ވެސް ބުންޏެވެ.
"ފްލޯމާ"ގެ އެކި މޭކަޕް ޕްރޮޑަކްޓުތައް. -- ފޮޓޯ: ފަޔާޒް މޫސާ | ލެކިއުޓް
ލެކިއުޓުން ބުނި ގޮތުގައި އެ ތަނުން ފްލޯމާގެ ފައުންޑޭޝަން، ކޮންސީލާ، އައިލައިނާ، ލިޕްލައިނާ، މަސްކަރާ އަދި ލިކުއިޑް ލިޕްސްޓިކާއި ލިޕްގްލޮސް ލިބޭނެ އެވެ. އޭގެ އިތުރުން ސިންގަލް އައިޝެޑޯ ކުލަ އާއި އައިޝެޑޯ ޕެލެޓް އަދި ބްލަޝް އާއި ހައިލައިޓާ ވެސް ލިބޭނެ ކަމަށް ލެކިއުޓުން ބުނެ އެވެ.
"ފްލޯމާ" ފަދަ ބޮޑު ބްރޭންޑެއް ތައާރަފްކޮށް ވިއްކަމުން އަންނަނީ ދިވެހިންގެ މެދުގައި ފެޝަނަށް އޮންނަ ލޯބި އިތުރުކޮށް ޕްރޮމޯޓުކުރުމުގެ ބައިވެރިއަކަށް ވުމަށް ކަމަށް ލެކިއުޓުން ބުންޏެވެ. އަދި ލެކިއުޓުން ފެޝަނާއި ލައިފްސްޓައިލް ޕްރޮމޯޓްކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އައިސްޓީވީއިން މި ރޯދަ މަހު ދައްކާ "އައިސް ވޯގް" ފެޝަން ޝޯގެ މެއިން ސްޕޮންސަރުގެ ގޮތުން އެ ޝޯގެ ހުރިހާ ލުކެއް ތައްޔާރުކޮށްފައި ވަނީ "ފްލޯމާ"ގެ ޕްރޮޑަކްޓުތައް ބޭނުން ކޮށްގެން ކަމަށް ވަނީ ބުނެފަ އެވެ. ޝޯ މެދުވެރިކޮށް "ފްލޯމާ"ގެ މޭކަޕް ބްރޭންޑްތަކުގެ ފުރިހަމަކަން ފެންނާނެ ކަމަށާއި އެ ޝޯ އަކީ ކޮންމެ ހުކުރު ދުވަހެއްގެ ރޭގަނޑު ދައްކާ ޝޯއެއް ކަމަށް ލެކިއުޓުން ބުންޏެވެ.
ލެކިއުޓަށް އަލަށް ގެނައި ސެންޓުފުޅީގެ ތެރޭގައި ހިމެނޭ ފުޅިއެއް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ލެކިއުޓުން ބުނި ގޮތުގައި ފްލޯމާގެ އިތުރުން އެ ތަނުގައި ވިއްކާ މަޝްހޫރު އެކި ސެންޓު ބްރޭންޑުތަކުގެ އެންމެ ފަހުގެ ސެންޓުފުޅި ވެސް ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި ކެލްވިން ކްލެއިން، މާކް ޖޭކޮބްސް، ޖިމީ ޗޫ ފަދަ ބްރޭންޑުތައް ހިމެނެ އެވެ.
މަޝްހޫރު އެކި ބްރޭންޑުތަކުގެ ސެންޓު ލެކިއުޓްގައި ހުރޭ. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ލެކިއުޓަކީ ދުނިޔޭގެ ނަން މަޝްހޫރު އެކި ބްރޭންޑުތަކުގެ ސެންޓާއި މޭކަޕް ޕްރޮޑަކްޓު އަދި ސްކިންކެއާ ޕްރޮޑަކްޓުތައް ވިއްކާ ތަނެކެވެ. "ފްލޯމާ" ބްރޭންޑް އެތަނުން ތައާރަފްކުރީ 2017 ވަނަ އަހަރު އެވެ.
"ފްލޯމާ" ބްރޭންޑަށް ހާއްސަ ޕްރޮޑަކްޓުތައް މަޖީދީމަގުގައި ހުންނަ ލެކިއުޓްގެ ފުރަތަމަ ފްލޯއިން ލިބޭނެ އެވެ.
އީދަށް ލެކިއުޓްއިން އީދު ހަދިޔާ އާއި ޑިސްކައުންޓް
ލެކިއުޓްގެ "އީދު ހުވަނދު ޕްރޮމޯޝަން"
ކޮސްމެޓިކް ބްރޭންޑު "ފްލޯމާ"ގެ ފިހާރައެއް ހުޅުވައިފި
ލެކިއުޓުން މުޅި ރާއްޖެ އަށް ޑެލިވަރީގެ ހިދުމަތް ދެނީ
ލެކިއުޓުން އަންހެނުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
ލެކިއުޓްގެ "ސަޕްރައިޒް އަވާ"، ޑިސްކައުންޓާ އެކު
ލެކިއުޓުން ކާޓިއޭ ބްރޭންޑުގެ ސެންޓް ރާއްޖޭގެ ބާޒާރަށް
ބައިފާ އަޔުރްވެދާ:ލެކިއުޓްގެ އެންމެ ފަހުގެ ޕްރޮޑަކްޓް
ލެކިއުޓުން ބެލްރޯއި ބްރޭންޑް ވިއްކަން ފަށައިފި
ލެކިއުޓުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް