ވޮލެޓް އުފެއްދުމުގައި މަޝްހޫރު ބްރޭންޑެއް ކަމަށްވާ، ބެލްރޯއިގެ އުފެއްދުންތައް، ލެކިއުޓުން ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.
ވޮލެޓް އުފެއްދުމުގައި މަޝްހޫރު ބްރޭންޑެއް ކަމަށްވާ، ބެލްރޯއިގެ އުފެއްދުންތައް، ލެކިއުޓުން ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.
ފުޅާ ދާއިރާއެއްގައި އޮރިޖިނަލް ސެންޓް ވިއްކާ ފިހާރަ އިން ބުނީ، އޮސްޓްރޭލިއާގެ ބެލްރޯއިގެ އެކި ވައްތަރުގެ ވޮލެޓާއި އެހެނިހެން ތަކެތި ރާއްޖޭގައި އެކްސްކްލޫސިވްކޮށް ވިއްކުމުގެ ހުއްދަ އެ ފިހާރަ އަށް ލިބިފައިވާ ކަމަށެވެ. އަދި އެ ފިހާރައިގެ ވެބްސައިޓުން އެ ތަކެތި އޮންލައިންކޮށް ވިއްކާނެ ކަމަށް ވެސް ލެކިއުޓުން ބުންޏެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން، 100 އަށް ވުރެ ގިނަ ގައުމުގައި ވިއްކާ ބެލްރޯއި ބްރޭންޑުން ވޮލެޓްގެ އިތުރުން ކްލަޗް، ދަބަސް، ކާޑް ހޯލްޑަރު، ޕާސްޕޯޓް ސްލީވް އަދި ތަޅުދަނޑި ކަވަރު ވިއްކަ އެވެ. އެ ހުރިހާ އެއްޗެއްގެ އެކި ކުލަތަައް ހުރުމުން، ކޮންމެ ކަސްޓަމަރަކަށް ވެސް ބޭނުންވާ ކުލަ އަދި ޑިޒައިން ހިޔާލުކުރެވޭނެ ކަމަށް ލެކިއުޓުން ބުންޏެވެ.
ބެލްރޯއި ވޮލެޓް: މަޝްހޫރު ވެފައިވަނީ ޖީބަށް ލުއި، އަދި ސްލިމް ވޮލެޓެއްގެ ގޮތުގައި.
ލެކިއުޓުން ބުނީ އެ ފިހާރައިގެ އަމާޒަކީ އަބަދު ވެސް އޮރިޖިނަލް ޕްރޮޑަކްޓުތައް ޔަގީން ކަމާ އެކު ކަސްޓަމަރުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
ބެލްރޯއި މަޝްހޫރު ވެފައިވަނީ ޖީބަށް ލުއި، އަދި ތުނި ވޮލެޓް ވިއްކާ ބައެއްގެ ގޮތުގަ އެވެ. އެ ބްރޭންޑުން އުފެއްދުންތަކަކީ ވަރަށް ބޮޑަށް ދިރާސާ ކޮށްގެން، ތިމާވެއްޓާ ރައްޓެހި ގޮތްތަކަށް އުފައްދާ ސާމާނު ކަމަށް ވެސް އެ ބްރޭންޑުން ބުނެ އެވެ.
"ބެލްރޯއިގެ އަމާޒަކީ ގިނަ ދުވަހަށް ބޭނުންހިފޭ ކޮލިޓީ އުފެއްދުންތަކެއް ކަސްޓަމަރުންނާއި ހަމައަށް ފޯރުކޮށްދިނުން... އަދި ޕެކޭޖިން ގައި ބޭނުންކުރެވޭ ބޭކާރު ޕްލާސްޓިކް މަދުކޮށް މިޒަަމާނުގެ ކަސްޓަމަރުންނަށް ބޭނުންހިފޭ ފަސޭހަ އަދި މޮޅު އުފެއްދުމެއް ދައްކާލުން،" ބެލްރޯއިން ބުނެ އެވެ.
އީދަށް ލެކިއުޓްއިން އީދު ހަދިޔާ އާއި ޑިސްކައުންޓް
ލެކިއުޓްގެ "އީދު ހުވަނދު ޕްރޮމޯޝަން"
ލެކިއުޓަށް ފްލޯމާގެ އާ ޕްރޮޑަކްޓުތަކެއް
ކޮސްމެޓިކް ބްރޭންޑު "ފްލޯމާ"ގެ ފިހާރައެއް ހުޅުވައިފި
ލެކިއުޓުން މުޅި ރާއްޖެ އަށް ޑެލިވަރީގެ ހިދުމަތް ދެނީ
ލެކިއުޓުން އަންހެނުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
ލެކިއުޓްގެ "ސަޕްރައިޒް އަވާ"، ޑިސްކައުންޓާ އެކު
ލެކިއުޓުން ކާޓިއޭ ބްރޭންޑުގެ ސެންޓް ރާއްޖޭގެ ބާޒާރަށް
ބައިފާ އަޔުރްވެދާ:ލެކިއުޓްގެ އެންމެ ފަހުގެ ޕްރޮޑަކްޓް
ލެކިއުޓުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް