މި އަހަރުގެ ފިތުރު އީދަށް ހާއްސަކޮށް "އީދު ހުވަނދު ޕްރޮމޯޝަން"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ލެކިއުޓްގައި ފަށައިފި އެވެ.
20 އެޕްރީލް 2023
މި އަހަރުގެ ފިތުރު އީދަށް ހާއްސަކޮށް "އީދު ހުވަނދު ޕްރޮމޯޝަން"ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް ލެކިއުޓްގައި ފަށައިފި އެވެ.
އެ ޕްރޮމޯޝަނުގައި ޑިސްކައުންޓާއި، ހަދިޔާ އަދި ތިން ކަސްޓަމަރަކަށް އަގުހުރި އިނާމުތަކެއް ލިބޭ ލަކީޑްރޯއެއް ނަގާނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން 2500ރ އިން މަތީގެ ވިޔަފާރިތަކަށް ސެންޓު، މޭކަޕް އަދި ސްކިންކެއާގެ އައިޓަމްތައް ހިމެނޭ ހާއްސަ އީދު ގިފްޓު ޕެކެއް ލިބޭނެ އެވެ. އަދި ވިޔަފާރި ކުރާ ކަސްޓަމަރުންގެ ތެރެއިން އެއްފަހަރާ ތިންް ސެންޓުފުޅި ގަންނަ ކަސްޓަމަރުންނަށް ހިލޭ އިތުރު ސެންޓުފުޅިއެއް ލިބޭނެ އެވެ.
ޑިސްކައުންޓު ލިބޭ ބައެއް ޕްރޮޑަކްޓުތައް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
"އީދު ހުވަނދު ޕްރޮމޯޝަން"ގެ ދަށުން މޭކަޕް އަދި ސްކިންކެއާގެ ޕްރޮޑަކްޓުތަކުން 40 ޕަސެންޓާ ހަމައަށް ޑިސްކައުންޓު ލިބޭނެ އެވެ. އޭގެ ތެރޭގައި ލޯރިއެލް، މޭބަލިން، ގޯޝް އަދި ފްލޯމާ ފަދަ ބްރޭންޑްތަކުގެ އައިޓަމްތައް ހިމެނެ އެވެ.
މި ޕްރޮމޯޝަންގެ ދަށުން 2000ރ. އިން މަތީގެ ވިޔަފާރި ކުރާ ކޮންމެ ކަސްޓަމަރަކަށް ވެސް ލަކީޑްރޯގައި ބައިވެރިވެވޭނެ އެވެ. އެ ލަކީޑްރޯގެ އެއް ވަނައަށް ހުށަހަޅާފައި ވަނީ ކެފް އެމް500 ހައި-ފައި ހެޑްފޯނާއި ގުޑް ގާލް އަދި ގުޑްބޯއި އިން އެންމެ ފަހުން ނެރުނު ގުޑް ގާލް މިޑްނައިޓް އަދި ބޭޑް ބޯއި އެކްސްޓްރީމް ސެންޓުފުޅި އެކެވެ.
ލަކީޑްރޯގެ އެއް ވަނަ އަށް ހުށަހަޅާފައިވާ އިނާމު. -- ފޮޓޯ: ނިޝާން އަލީ | މިހާރު
ދެ ވަނައަށް ހުށަހަޅާފައި ވަނީ ސެންހެއިޒާ ހެޑްފޯނާއި އެސްކެޑާ ސަމާ ފެސްޓިވަލް ޓްރެވަލް ސެޓެކެވެ. ތިން ވަނަ އަށް ހުށަހަޅާފައި ވަނީ ލޯރިއެލް ސްކިންކެއާ ސެޓަކާއި ފްލޯމާ މޭކަޕް ޕައުޗަކާ އެކު ފުލް މޭކަޕް ކިޓެކެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އަންގާރަ ދުވަހުގެ ނިޔަލަށެވެ.
އީދަށް ލެކިއުޓްއިން އީދު ހަދިޔާ އާއި ޑިސްކައުންޓް
ލެކިއުޓަށް ފްލޯމާގެ އާ ޕްރޮޑަކްޓުތަކެއް
ކޮސްމެޓިކް ބްރޭންޑު "ފްލޯމާ"ގެ ފިހާރައެއް ހުޅުވައިފި
ލެކިއުޓުން މުޅި ރާއްޖެ އަށް ޑެލިވަރީގެ ހިދުމަތް ދެނީ
ލެކިއުޓުން އަންހެނުންނަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި
ލެކިއުޓްގެ "ސަޕްރައިޒް އަވާ"، ޑިސްކައުންޓާ އެކު
ލެކިއުޓުން ކާޓިއޭ ބްރޭންޑުގެ ސެންޓް ރާއްޖޭގެ ބާޒާރަށް
ބައިފާ އަޔުރްވެދާ:ލެކިއުޓްގެ އެންމެ ފަހުގެ ޕްރޮޑަކްޓް
ލެކިއުޓުން ބެލްރޯއި ބްރޭންޑް ވިއްކަން ފަށައިފި
ލެކިއުޓުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް