ގައުމީ އެއާލައިން، މޯލްޑިވިއަންގެ ތިން ވަނަ އޭޓީއާރު މަތިންދާބޯޓު މިއަދު ރާއްޖެ ގެނެސްފި އެވެ.
02 އެޕްރީލް 2023
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ތިން ވަނަ އޭޓީއާރު މަތިންދާބޯޓު މިއަދު ރާއްޖެ ގެނެސްފި އެވެ.
ފްރާންސުން ފުރައިގެން މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އައި މި ބޯޓަކީ އޭޓީއާރު 42 މަރުކާގެ ބޯޓެކެވެ. މި ބޯޓުގައި 42 މީހުންގެ ޖާގަ އޮންނާނެ އެވެ. މި ބޯޓާއެކު ގައުމީ އެއާލައިންގެ ފްލީޓް 15 ބޯޓަށް މިހާރު ވަނީ އިތުރުވެފަ އެވެ.
މޯލްޑިވިއަން އިން ބޭނުންކުރަމުން އަންނަ ޑޭޝް މަރުކާގެ ބޯޓުތަކުގެ ބަދަލުގައި އޭޓީއާރުގެ ތިން ބޯޓް ގެނައުމަށް އެއްބަސްވުމުގައި ސޮއިކުރީ ޖެނުއަރީ 2021 ގަ އެވެ. އެ އެއްބަސްވުމުގެ ދަށުން ފުރަތަމަ ދެ ބޯޓު ވަނީ މިދިޔަ ޖެނުއަރީ މަހު ގެނެސްފަ އެވެ. އެއީ އޭޓީއާރު 72 މަރުކާގެ ދެ ބޯޓެވެ. އަދި ހަމަ އެ މަހު ފަހުކޮޅު އެ ދެ ބޯޓުން ވަނީ ކޮމާޝަލް ދަތުރުތައް ފަށައިފަ އެވެ.
މޯލްޑިވިއަން އިން އޭޓީއާރްގެ ދެ ބޯޓު ގެނެސްފި https://t.co/7SYBdhP0cR
— Mihaaru (@Mihaarunews) January 4, 2023
އާ މަތިންދާބޯޓުތަކެއް ގެންނަން ނިންމީ މޯލްޑިވިއަން އިން މިހާރު ގެންގުޅޭ ޑޭޝް މަރުކާގެ ބޯޓުތައް ބާވެ، އޭގެ މެއިންޓަނެންސްގެ ގިނަ މައްސަލަތަކެއް ދިމާވެ، ފްލައިޓުތަކުގެ ޝެޑިއުލްއަށް ވެސް ބުރޫއަރާތީ އެވެ. މި އާ ބޯޓުތަކާއެކު ޓެކްނިކަލް މައްސަލަ ޖެހިގެން ފްލައިޓް ޝެޑިއުލްތަކަށް ބުރޫ އެރުމުގެ ފުރުސަތު ކުޑަވާނެ ކަމަށް އެ އެއާލައިނުން ބުނެ އެވެ.
މޯލްޑިވިއަންގެ ޑޭޝް މަރުކާގެ ނުވަ ބޯޓު ވިއްކާލަން ނިންމައި، އެ ގަންނާނެ ބަޔަކު ހޯދަން އޮތީ އިއުލާން ވެސް ކޮށްފަ އެވެ.
މޯލްޑިވިއަން އިން އޭޓީއާރުގެ އިތުރު ދެ ބޯޓު ގެންނަނީ
ފްލައިޓެއް ޖައްސަނިކޮށް ލޭޒާ އެޅުވި މައްސަލައެއް ބަލަނީ
ރަންވޭ މަރާމާތުކުރާތީ ދަތުރުތަކަށް ބުރޫއަރައިފި
މޯލްޑިވިއަންގެ ބުކިން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ
އާމްދަނީ ތިން ބިލިއަނަށް އަރުވައި، ބޮޑު ބަދަލަކަށް
މޯލްޑިވިއަންގެ ފުރަތަމަ ވައިޑް-ބޮޑީ ބޯޓު ގެނެސްފި
ވައިޑް ބޮޑީގެ ދެވަނަ ބޯޓުގެ ދަތުރުތައް އޮކްޓޫބަރުގައި
ވީއައިއޭގެ އެރައިވަލްސް 3ވަނައަށް އެންމެ މަތިވި ދުވަސް
ޗުއްޓީއަށް މޯލްޑިވިއަނުން 98 ފްލައިޓް އިތުރުކޮށްފި
ޑޮމެސްޓިކް ފަސިންޖަރުންނަށް ވެސް ލައުންޖު އެކްސެސް