މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމް އިތުރަށް ހަރުދަނާ ކުރަން ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރަށް ތާއީދު ކުރައްވައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.
03 އެޕްރީލް 2023
މަސްތުވާތަކެތީގެ ފަރުވާގެ ނިޒާމް އިތުރަށް ހަރުދަނާ ކުރަން ގޮވާލައި މަޖިލީހަށް ހުށަހެޅި ގަރާރަށް ތާއީދު ކުރައްވައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސަރުކާރަށް ފާޑު ވިދާޅުވެއްޖެ އެވެ.
މަސްތުވާތަކެއްޗާ ބެހޭ މައްސަލަތަކާ ގުޅޭ ގަރާރެއް މަޖިލީހަށް ހުށަހަޅާފައި ވަނީ ހެންވޭރު ހުޅަނގުު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.
އެ ގަރާރަށް ބަހުސް ކުރައްވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަންގެ މެންބަރުންނާއި އިދިކޮޅު ޕީޕީއެމްގެ މެންބަރުން އަދި އެމްއެންޕީގެ ރައީސް، ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވަނީ އެ މައްސަލަތައް ހައްލުކުރަން ސަރުކާރު ވަރަށް ބޮޑަށް ފެއިލް ވެފައިވާ ކަމަށް ވިދާޅުވެފަ އެވެ.
މި ސަރުކާރު ދަމަހައްޓަން ހެދި ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ޖޭޕީގެ ރައީސް ގާސިމް ވިދާޅުވީ ނާޒިމް އާއި ސަރުކާރާ އިދިކޮޅު އެހެނިހެން މެންބަރުން ދެއްކެވި ވާހަކަ އަށް ތާއީދު ކުރައްވާ ކަމަށެވެ.
ދައުލަތުން ކަމެއް ކުރަން ޝައުގުވެރިކަން ހުރެއްޖެ ނަމަ އަމަލު ކުރާ ގޮތަށް މަސްތުވާތަކެތީގެ މައްސަލަ އާ މެދު އަމަލު ނުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
"ބަޔަކަށް ފެނަކަ އާއި ރޯޑް ކޯޕަރޭޝަނުން ވަޒީފާތައް އެތުރެމުން އަރައިގަންނަގޮތް ފެނޭ. އެހެން ނަމަވެސް ޑްރަގުގެ ދާއިރާގައި ފަރުވާ ދޭނެ ޑޮކްޓަރުންނާއި އެކްސްޕާޓުން ނެތިގެން ދާ ދިޔުން، އޭގެން މި ފެންނަނީ ގައުމުގެ ޝައުގުވެރިކަން ހުންނަ މިންވަރު،" ގާސިމް ވިދާޅުވި އެވެ.
ސަރުކާރުގެ މެނިފެސްޓޯގައި އެ މައްސަލަތައް ހައްލު ކުރަން ގިނަ ކަންކަން ފާހަގަ ކޮށްފައިވާ ކަމަށާއި ނަމަވެސް ކަން ދިމާކުރި ގޮތުން ޖުމްހޫރީ ޕާޓީއަށް އެ ދާއިރާ އާ ގުޅޭ އެއްވެސް މަގާމެއް ނުލިބޭ ކަމަށް ގާސިމް ވިދާޅުވި އެވެ.
އޭނާ ސަރުކާރަށް ފާޑުވިދާޅުވި އިރު، ކޯލިޝަންގައި އަދި ތިއްބަސް މި ސަރުކާރާ ދެކޮޅަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ވަނީ ނިންމަވައިފަ އެވެ.
ގާސިމް ވިދާޅުވި ގޮތުގައި ޑްރަގް ހިފައިގެން އަންނަ މީހުން ޓްރާންސިޓް ވެގެން ދެވޭ ގޮތަށް އޮންނަ ނަމަ ދުވަހަކު ވެސް އެ މައްސަލަ ހައްލެއް ނުވާނެ އެވެ. އެ މައްސަލާގައި ސިންގަޕޫރު ފަދަ ގައުމުތަކުގައި ގެންގުޅޭ އުސޫލުތަކަށް ރާއްޖެއިން ވެސް އަމާޒު ހިފާނަމަ މައްސަލަ ހައްލު ވާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
"މަޖިލިސް މެންބަރުންނަކީ މި ބާވަތުގެ ކަންކަމުގައި ސަރުކާރު ޒިންމާދާރު ކުރުވަން ތިބި ބޭފުޅުން ކަމަށްވާއިރު މިއީ އެއް ގޮތަކަށްވެސް ވަކި ބޭފުޅަކާ ޒާތީ ގޮތުން ދިމާ ކުރަން ދައްކަ ވާހަކައެއް ނޫން،" ގާސިމް ވިދާޅުވި އެވެ.
ގާސިމް އިންތިހާބުގައި ވާދަކުރައްވަން ނިންމެވުމާ ގުޅިގެން ޖުމްހޫރީ ޕާޓީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާ އޮތް ގުޅުން ވަނީ ގޯސްވެފަ އެވެ. ރައީސް ފަޅީގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވަނީ، ޖޭޕީގެ ސްލޮޓްތަކުގައި ކެބިނެޓުގައި ތިއްބެވި މިނިސްޓަރުންގެ އިތުބާރު ނެތް މައްސަލައެއް ނަގަން ވެސް ގޮވާލައިފަ އެވެ.
ޑްރަގާއެކުއައި މީހާ ފޮނުވާލުމުން ގާސިމްގެ ފާޑުކިޔުން!
ކާޑެއްދޫ އެއާޕޯޓު ހަވާލުކުރަން ދެކޮޅުނުހަދާނަން: ގާސިމް
ހަރަދު ކުޑަކުރަން މުސާރަތަކާ ކުޅެން ކޮމިޓީން ދެކޮޅު
"ގައުމު މި ހާލަތަށް ވައްޓާލީ ކުރީގެ ސަރުކާރުތަކުން"
ޔުނިފޯމްއެޅި މުއައްސަސާތަކަށް އިތުބާރުކޮށްގެން ނުތިބެވޭނެ
މުރައިދޫގޭ މުވައްޒަފުންގެ އަދަދު ސިއްރުކުރަން ފާސްކޮށްފި
ދައުރުގެ ފުރަތަމަ ޖަލްސާ ބައިގަޑިއިރުތެރޭ ނިންމާލައިފި
ރައީސަށް އެއްބާރުލުން ދިނުން ނޫން ގޮތެއް ނެތް: ގާސިމް
ގާސިމްގެ ރުޅިގަނޑު މިއަދު ވެސް ކޮންޓްރޯލެއް ނުވި!
ބިދޭސީންގެ ފީތައް ބޮޑުކުރާތީ ގާސިމްގެ ނުރުހުން!