މިހާރު އަތުން ފައިން މަސައްކަތް ކޮށް، ހެލިފެލިވެ ނޫޅުނަސް އާމިނަތު އިބްރާހިމްގެ ޒުވާން ދުވަސްވަރު ދުއްވާލީ މުޅިން ވެސް ބުރަ މަސައްކަތުގަ އެވެ. ދެ ވަނަ ބޮޑު ހަނގުރާމައިގެ ތަދުތަކުން ސަލާމަތް ވާން އޭނާގެ އުފަން ރަށް، މި އަތޮޅުގެ ދަރަނބޫދޫގައި އިންދި ބޮޑެތި ގަސްތަކާއި ދަނޑުތައް ބަލަހައްޓަން ރެއާއި ދުވާލު ގިނަ ވަގުތެއް ހޭދަކުރި އެވެ.
05 އެޕްރީލް 2023
މިހާރު އަތުން ފައިން މަސައްކަތް ކޮށް، ހެލިފެލިވެ ނޫޅުނަސް އާމިނަތު އިބްރާހިމްގެ ޒުވާން ދުވަސްވަރު ދުއްވާލީ މުޅިން ވެސް ބުރަ މަސައްކަތުގަ އެވެ. ދެ ވަނަ ބޮޑު ހަނގުރާމައިގެ ތަދުތަކުން ސަލާމަތް ވާން އޭނާގެ އުފަން ރަށް، މި އަތޮޅުގެ ދަރަނބޫދޫގައި އިންދި ބޮޑެތި ގަސްތަކާއި ދަނޑުތައް ބަލަހައްޓަން ރެއާއި ދުވާލު ގިނަ ވަގުތެއް ހޭދަކުރި އެވެ.
ރަނގަޅަށް ވާހަކަ ދައްކައި، ކުރީގެ ހަނދާންތައް ތާޒާކަމާ އެކު އޭނާގެ ސިކުނޑީގައި އެބަހުއްޓެވެ. އަދި ލޭ މައްޗަށް ދިއުން ފިޔަވައި ސިއްހީ އިތުރު މައްސަލައެއް ނެތީ، އޭނާގެ ޅަ އުމުރު ނިކަން ހެލިފެލިވެ އުޅެވުމުން ކަމަށް އާމިނަތު ގަބޫލުކުރެ އެވެ. އޭނާގެ އުމުރުން 104 ވެއްޖެ ކަމަށް ބުނެފިއްޔާ އެކަން ގަބޫލުކުރަން ވެސް ބައެއް މީހުން ޖެހިލުން ވާނީ އޭނާގެ އުޅުން ހުރި ގޮތް މިހާރު ވެސް ހުންނަ ހަލުއިކަމުންނެވެ.
ނަމަވެސް، ގިނަ ދުވަހު، ރަނގަޅު ސިއްހަތެއްގައި ހުރެވެނީ ޒުވާން ދުވަސްވަރު ވަރަށް މަސައްކަތްކޮށް، މިހާރު ރަނގަޅަށް ކައި ހިތްހަމަޖެހިގެން އުޅޭތީ ކަމަށް، އަހަރުތަކެއް ކުރިން މަގޫދުއަށް ބަދަލުވެ، އެ ރަށުގައި ވަޒަންވެރިވެގެން އުޅޭ އާމިނަތު ބުންޏެވެ.
"ވަރަށް މަސައްކަތްކުރިން އިނގޭ. ވަރަށް މަސައްކަތްކުރިން. ދަނޑު ލިން... ހުރިހާ ކަމެއް ވެސް ކުރާނީ އަހަރެމެން. ހަމަ އަންހެން ކުދިން." އޭނާ ބުންޏެވެ.
އާމިނަތު "މިހާރު" އަށް އިންޓަވިއުދެނީ.-- ފޮޓޯ: އިސްމާއިލް ނަސީރު/ މިހާރު
"ބައްޕަ ފުރައިގެން ދިޔައީމަ ކޮންމެ ދުވަހަކު ވެސް ކާންދީ، ދަނޑުން ބިންބި ކަނޑައިގެން، ހާދަ ބައިވަރެކޭ ނެގުނީ ދަނޑަށް ލައިގެން. ހާދަ ބައިވަރެކޭ. އެ ހުރިހާ އެއްޗެއް ވެސް މީހުންނަށް ބަހާލީ. ރެއަކާއި ދުވާލު ކާޑުގެ މަގުން ހަތަރު ކާޑު. އެގޮތަށް ކައިގެން ހުސްކުރީ. ވަރަށް މަސައްކަތްކުރިން."
ބޮޑު ހަނގުރާމައިގެ ތަދުތައް އިއްޔެވީ ކަމެއްހެން ހަނދާން އެބަހުއްޓެވެ. އެގޮތަށް، ދަރަނބޫދޫގައި ހުއްޓައި ކުރީގެ ރައީސް މުހައްމަދު އަމީން އެ ރަށަށް ވަޑައިގެންނެވި އެވެ. މަގޫފަތް ނޫނީ ކާނެ އެއްޗެއް ނުފެނުނު ކަމަށް އަމީން އޭރު ވިދާޅުވި ކަމަށް އާމިނަތު ބުންޏެވެ. އެކަމަކު، އެ ފަތް ކެއްކިއަސް މަޑެއް ވެސް އަދި ހިތި ރަހަ ވެސް ނުފިލާތީ އެ ކެވޭ ކަމަކަށް ނުވި އެވެ.
"އެއްބައި ދުވަސް ދުވަހު ހުސް ފަތްކޮޅެއް ކާލައިގެން އުޅުނު. އަނެއް ބައި ދުވަސް ދުވަހު، ކުޑަ ކުރުނބާ ކޮޅެއް ބޮއިލައިގެން."
ދުނިޔޭގައި މި އުޅުނު އަހަރުތަކުގައި އެތައް ރަސްކަލުންނަކާއި ހުރިހާ ރައީސުންނެއް އާމިނަތަށް ފެނިއްޖެ އެވެ. އެންމެ ހިތްހަމަޖެހޭ ބަދަލަކީ، އޭނާ ބުނާގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުމުރުން ދުވަސްވީ މީހުންނަށް އެލަވަންސް ދޭން ފެށުމެވެ.
ތިން މީހުންނާ، ފަސް ކައިވެންޏެއް ކުރި އާމިނަތަށް ހަތް ދަރިން ލިބުނެވެ. އެންމެ ދޮށީ ދަރިއަށް ވެސް 80 ވަރަކަށް އަހަރުވެއްޖެ އެވެ. މާމަ ކިޔާ 37 ދަރިން އެބަތިއްބެވެ.
އާމިނަތު، އޭނާގެ ފިރިމީހައާއެކު.
ފިރިމީހާ މީގެ 19 އަހަރުކުރިން، 2004 ގައި ނިޔާވިއިރު އާމިނަތުގެ އުމުރުން 85 އަހަރެވެ. އެކަމަކު، އެ ހުރިހާ ދަތިތަކާ އެކު ވެސް އޭނާގެ ދަރިންގެ އަޅާލުމާއި ލިބޭ ލޯތްބަކީ އާމިނަތަށް ލިބޭ ރަހުމަތެވެ.
"ވަރަށް އުފާވޭ ގިނަ ދުވަހު އުޅެވުނީމަ. ދުނިޔޭގައި އުޅުނުއިރު ކުރެވުނު ކަންތައްތަކާ މެދު ހިތަށް އަރާފައި ހިތަށް އަރާ ރަނގަޅުވާނެ އޭ." އޭނާ ބުންޏެވެ.
ދަނޑިގަނޑެއްގެ އެހީގައި ހިނގާބިނގާވެ އުޅޭ އާމިނަތަށް އަމިއްލައަށް ފެންވަރައި، ކައިބޮއި އުޅެވެ އެވެ. ދަތް ނެތުމުން އޭނާއަށް ދަރިން ކާން ދެނީ މުގުރައިފަ އެވެ.
"ހުރިހާ އެއްޗެއް ވެސް ކަން. ވަކި މޮޅު އެއްޗެއް ނުކަން."
އޭނާގެ އެއްބަނޑުއެއްބަފާ ނުވަ މީހުން ތިއްބަސް، މިހާރު އޭގެ ތެރެއިން ދުނިޔޭގައި ތިބީ ތިން މީހުންނެވެ.
އާމިނަތު ބުނީ އޭނާ އެންމެ އުފާވީ އަލަތު ދަރިފުޅު ލިބުނު ދުވަހެވެ. އަދި ވެސް އެންމެ ހިތާމަވެރި ދުވަސް ވަރަކީ ކާޑު ދަތިވެގެން އުޅުނު ހާލެވެ. އެކަމަކު، ވަކި ހިސާބަކުން އެ ގޭގައި 12 ކަށިކެޔޮ ގަހާއި 16 ރުއް އިންދުމުން ވަކި ހިސާބަކުން އެ ގަހުން ކާ އެއްޗެހި ލިބެން ފެށި އެވެ.
އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި އޭނާ ދެކެނީ ބިންބި ދަނޑު ހައްދައިގެން ގިނައިން ބިންބި ނެގުމެވެ. ދަރިން ނުލިބޭއިރު ހެއްދި ބިންބި ދަނޑުން، ބިންބި ލިބުމަކީ ބޮޑު ކާމިޔާބީއެކެވެ.
"ޑެއިޒީ" ފަރިކުރި ތިން ބެއިން!
ވަރަށް ނުފެންނަ ބައްޔެއްގައި ހަޔާތް ހުއްޓި މާޔޫސް
ބަށީގެ ރާނީ: "އެ ފޯރި އާއި ދިރުން ގެއްލުވާލައިފި"!
ސުޖުއާން: ޑިސްކަވަރީ ތެރެއަށް ގެއްލި ބޭރުގެ ރާޑަރަށް
ހިޔާލުތަކާ ދުރަށް ދަނީ މި ދޯނިތަކުގައި
މުހައްމަދު: އެންމެ އަލިގަދަ ތަރިއަކީ މިއީ!
އެތައް ކުއްޖަކަށް "އަގުބޮޑު" މަންމަން ކޯޗު
މުސްކުޅިވީ ދުވަހު ހަތަރު ކުދިންގެ "މަންމަ"އަކަށް!
ސަތޭކައިގެ ދަރިވަރު: އޭނާގެ ދިރިއުޅުން ބަދަލުވެއްޖެ
ލަތީފާ: ހިލޭސާބަހަށް ގުރުއާން ކިޔަވައިދިނުމުގައި 50!