Roadha Mihaaru
ރިޗާޑް ބްރޭންސަންގެ "ވާޖިން އޯބިޓް" ބަނގުރޫޓުވެއްޖެ

ރިޗާޑް ބްރޭންސަންގެ ރޮކެޓް ކުންފުނި "ވާޖިން އޯބިޓް" ބަނގުރޫޓުވެއްޖެ

04 އެޕްރީލް 2023

އިނގިރޭސިވިލާތުގެ ބިލިއަނަރު ރިޗާޑް ބްރޭންސަންގެ ރޮކެޓް ކުންފުނި "ވާޖިން އޯބިޓް" ބަނގުރޫޓުވެއްޖެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

އިނގިރޭސިވިލާތުގެ ބިލިއަނަރު ރިޗާޑް ބްރޭންސަންގެ ރޮކެޓް ކުންފުނި "ވާޖިން އޯބިޓް" ބަނގުރޫޓުވެއްޖެ އެވެ.

ބީބީސީން ބުނި ގޮތުގައި، އާ އިންވެސްޓުމެންޓުތައް ނުލިބިގެން އެ ކުންފުނިން ވަނީ އެމެރިކާގައި ބޭންކްރަޕްޓްސީ އަށް ފައިލްކޮށްފަ އެވެ.

ސެޓެލައިޓް ލޯންޗުކުރަން ހާއްސަކޮށް 2017 ވަނަ އަހަރު އުފެއްދި އެ ކުންފުނީގެ އޮޕަރޭޝަންތައް، މީގެ ހަފްތާތަކެއްގެ ކުރިން ހުއްޓާލި ނަމަވެސް، އަދިވެސް އެ ކުންފުނިން އުންމީދުކުރަނީ ގަންނާނެ ބަޔަކު ވާނެ ކަމަށެވެ.

މި އަހަރުގެ ކުރީކޮޅު، އެ ކުންފުނިން ވަނީ އިނގިރޭސިވިލާތުން ފުރަތަމަ ފަހަރަށް ފޮނުވާލަން އުޅުނު ސެޓެލައިޓު ލޯންޗުކުރުން ފެއިލްވެފަ އެވެ.

"ވާޖިން އޯބިޓް" އާ ހަވާލުވެ ހުރި ޑޭން ހާޓް ބުނި ގޮތުގައި، މާލީ ރައްކާތެރިކަމަށް ކިތަންމެ ފިޔަވަޅުތަކެއް އެޅި ނަމަވެސް، ވިޔަފާރިއަށް ފައިދާވާނެ ނިންމުމެއް ކޮންމެވެސް ހިސާބަކުން ނިންމަންޖެހޭނެ އެވެ.

އެ ކުންފުނިން ޖައްވަށް ސެޓެލައިޓު ފޮނުވަން ރޮކެޓު ދޫކުރަނީ، ބޯއިންގެ 747 މަރުކާގެ މަތިންބޯޓު މެދުވެރިކޮށް.

އެ ކުންފުނިން ޖައްވަށް ސެޓެލައިޓު ފޮނުވަން ރޮކެޓު ދޫކުރަނީ، ބޯއިންގެ 747 މަރުކާގެ މަތިންބޯޓު މެދުވެރިކޮށް.

"ވާޖިން އޯބިޓްގެ މިހާރުގެ އަމާޒަކީ ކުންފުނި ގަންނާނެ ބަޔަކު ހޯދުން. އެއީ މުސްތަގުބަލުގަިއ މި ކުންފުނީގެ ކަސްޓަމަރުންނާއި، ވެންޑަރުން އަދި މުވައްޒަފުންނަށް ފަސޭހައަކަށް،" ހާޓް ބުންޏެވެ.

"ވާޖިން އޯބިޓް" އަކީ ސަ ރިޗާޑްގެ ސްޕޭސް ޓޫރިޒަމް ކުންފުނި "ވާޖިން ގެލެކްޓިކް"ގެ ސްޕިން އޮފެކެވެ. އެ ކުންފުނިން ޖައްވަށް ސެޓަލައިޓު ފޮނުވަން ރޮކެޓު ދޫކުރަނީ، ބޯއިންގެ 747 މަރުކާގެ މަތިންބޯޓު މެދުވެރިކޮށެވެ.

މައިގަނޑު ހިއްސާ ވާޖިން ގްރޫޕުގައި އޮންނަ އެ ކުންފުނިން އިނގިރޭސިވިލާތުގެ ސެޓެލައިޓު ލޯންޗިން ފެއިލްވި ފަހުން، ފަންޑު ހޯދުމަށް ވަނީ ދަތިތަކަކާ ކުރިމަތިލާން ޖެހިފަ އެވެ.

އެކަމަކު، "ވާޖިން އޯބިޓް" ގަންނާނެ ފަރާތެއް ހޯދުމުގެ މަސައްކަތައް، އެ ކުންފުނީގެ ސިސްޓަ ކުންފުނި "ވާޖިން އިންވެސްޓްމަންޓް" އިން ވަނީ 31.6 މިލިއަން އެމެެރިކާ ޑޮލަރު ދޭން ނިންމާފަ އެވެ.