Roadha Mihaaru
ޖައްވީ ޓޫރިޒަމަށް ބޭނުންކުރާނެ އުޅަނދު ދައްކާލައިފި

ޖައްވީ ޓޫރިޒަމަށް ވާޖިން ގެލޭކްޓިކުން ބޭނުންކުރާނެ އުޅަނދުގެ އެތެރެ ދައްކާލައިފި

30 ޖުލައި 2020

ޖައްވީ ޓޫރިސްޓް ދަތުރުތަކަށް ހާއްސަކޮށްގެން އިނގިރޭސިވިލާތުގެ ވާޖިން ގްރޫޕްގެ ދަށުން ހިންގާ ވާޖިން ގެލޭކްޓިކުން ބަންނަ އުޅަނދުފަހަރުގެ އެތެރެ ހުންނާނެ ގޮތް އެ ކުންފުނިން ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޖައްވީ ޓޫރިސްޓް ދަތުރުތަކަށް ހާއްސަކޮށްގެން އިނގިރޭސިވިލާތުގެ ވާޖިން ގްރޫޕްގެ ދަށުން ހިންގާ ވާޖިން ގެލޭކްޓިކުން ބަންނަ އުޅަނދުފަހަރުގެ އެތެރެ ހުންނާނެ ގޮތް އެ ކުންފުނިން ދައްކާލައިފި އެވެ.

މަހުޖަނު ރިޗަޑް ބްރޭންޒަންގެ ކުންފުނިން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން ބަންނަ ޖައްވީ އުޅަނދަށް ދީފައިވާ ނަމަކީ "ވީއެސްއެސް ޔުނިޓީ" އެވެ.

ވާޖިން ގެލޭކްޓިކް ބުނިގޮތުގައި ޓޫރިސްޓުންގެ ގޮތުގައި ޖައްވަށް މީހުން އުފުލާނެ އުޅަނދު ފަރުމާކޮށްފައި ވަނީ އާންމުކޮށް ވައިގެ ދަތުރުތަކަށް ބޭނުން ކުރާ އުޅަނދު ފަހަރުގައި ބޭނުންކޮށްފައި ހުންނަ ޓެކްނޮލޮޖީތަކުގެ ތެރެއަށް އެންމެ މި ޒަމާނުގެ ޓެކްނޮލޮޖީ ވެސް ހިމަނައިގެން ދަތުރުވެރިންނަށް ރައްކާތެރިކަން ލިބޭނެ ހުރިހާ ކަމަކަށް ބަލައިގެންނެވެ. އެހެންވެ "ވީއެސްއެސް ޔުނިޓީ" އަކީ ހުރިހާ ގޮތަކުން ފަސޭހަވެފައި އަރާމު އެއްޗަކަށްވާނެ ކަމަށް ބުންޏެވެ.

ވާޖިން ގެލޭކްޓިކުން ބުނީ މި އުޅަނދުފަހަރުގެ ސީޓްތައް ވެސް ހުންނާނީ ދަތުރުވެރިންގެ ހަށިގަނޑު ކޮންމެ އެންގަލުން ވެސް ވަރަށް ރަނގަޅަށް ބެލެންސްކޮށްދޭ ގޮތަށެވެ. އަދި ބޭރު ވެސް ފަސޭހައިން ބަލައިލެވޭނެ ގޮތްތައް ވަރަށް ފުރިހަމަކޮށް ހުންނާނެ ކަމަށް ބުންޏެވެ. އެގޮތުން ބޭރު ބަލައިލަން ހާއްސަ 12 ކެބިން ވިންޑޯ އާއި ބޭރުގެ މަންޒަރުތައް ކެޕްޗާކުރަން 16 ކެމެރާ ވެސް އުޅަނދުގައި ހުންނާނެ އެވެ.

"އުޅަނދުގެ ތެރޭގައި ވަރަށް ފަސޭހޮށް އުޅެވޭނެ ގޮތްތައް ބަލައިގެން މި ފަރުމާކޮށްފައި ހުންނާނީ،" ގެލޭކްޓިކުން ބުންޏެވެ.

ޖައްވީ ޓޫރިޒަމަށް ވާޖިން ގެލޭކްޓިކުން ތައްޔާރުވަމުން އަންނަތާ ދުވަސްތަކެއްވެފައިވާ އިރު، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ދަތުރުތަކުގައި ޕެސެންޖަރުން ބޭނުންކުރާނެ ސޫޓް ވެސް ދައްކާލައިފަ އެވެ.

ވާޖިން ގެލޭޓިކުން ކުރިން ބުނެފައިވާ ގޮތުގައި މި އަހަރުގެ ތެރޭގައި ސްޕޭސް ޓޫރިޒަމް ޕްރޮގްރާމް ފެށޭނެ ކަމަށް ބެލެވެ އެވެ. ޖައްވީ ދަތުރަކަށް ޓޫރިސްޓުންގެ އަތުން ފީއަކަށް ނަގަން ހަމަޖެހިފައި ވަނީ 250،000 ޑޮލަރު (385،0000ރ.) އެވެ.

ވާޖިން ގެލޭކްޓިކުން ބުނީ މިހާރު ވެސް 600 އެއްހާ މީހުން ދަރުތުރަކަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. ނަމަވެސް ޖައްވީ ދަތުރަކަށް ނުކުމެވޭނީ ވަރަށް ގިނަ ޓްރޭނިންތަކެއް ގިނަ ދުވަސްތަކެއް ވަންދެން ހެދުމަށް ފަހު އެވެ. މިކަން ވާޖިން ގެލޭކްޓިކުން ސިފަކުރަނީ "ފިއުޗާ އެސްޓްރޮނޯޓުން" އުފެއްދުމުގެ ގޮތުގަ އެވެ.