Roadha Mihaaru
"ބާބީ" ޓްރެއިލާ 2: މާގޮޓާ އެކު ވަރުގަދަ ކާސްޓެއް

"ބާބީ" ޓްރެއިލާ 2: މާގޮޓް ރޮބީއާ އެކު ވަރުގަދަ ކާސްޓެއް

06 އެޕްރީލް 2023

ހޮލީވުޑްގެ ބަތަލާ މާގޮޓް ރޮބީ ލީޑް ރޯލުން ފެންނަ "ބާބީ" ފިލްމުގެ ދެ ވަނަ ޓީސާ ޓްރެއިލާ ނެރެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ހޮލީވުޑްގެ ބަތަލާ މާގޮޓް ރޮބީ ލީޑް ރޯލުން ފެންނަ "ބާބީ" ފިލްމުގެ ދެ ވަނަ ޓީސާ ޓްރެއިލާ ނެރެފި އެވެ.

އިއްޔެ ނެރުނު ޓްރެއިލާގައި ވަނީ އެ ފިލްމުގައި ފެންނަ ގިނަ ކެރެކްޓާއިން ދައްކާލައިފަ އެވެ.

"މެޓަލްސް" ގެ "ބާބީ" ވާހަކަ އަށް ބިނާކޮށް ގްރެޓާ ގާވިގް ޑައިރެކްޓުކޮށްފައިވާ އެ ފިލްމުގައި ބާބީގެ ރޯލުން މާގޮޓް ފެންނައިރު، ކެންގެ ރޯލު ކުޅެފައިވަނީ މަޝްހޫރު އެކްޓަރު ރާޔަން ގޮސްލިން އެވެ.

"ބާބީ" ޓްރެއިލާ 2 ގެ މަންޒަރެއް: ވިލް ފެރެލް އާއި ކޮނޯ ސްވިންޑެލްސް

"ބާބީ" ޓްރެއިލާ 2 ގެ މަންޒަރެއް: ވިލް ފެރެލް އާއި ކޮނޯ ސްވިންޑެލްސް

މި ފިލްމުގެ ކާސްޓުގައި ވަރަށް ގިނަ އޭ-ލިސްޓް ތަރިން ހިމެނެ އެވެ. އޭގެ ތެރޭގައި، ވިލް ފެރެލް އާއި އެމާ މެކީ އާއި އެމެރިކާ ފެރޭރާ އާއި ކޭޓް މެކްކިނޮން އާއި މައިކަލް ސެރާ އާއި ކޮނޯ ސްވިންޑެލްސް އާއި ދާދި ފަހުން މާވެލްގެ "ޝާންގް-ޗީ" ފިލްމުން ވިދާލި ސިމޫ ލިއޫގެ އިތުރުން ލަވަކިޔުންތެރިޔާ ޑުއާ ލީޕާ ވެސް ހިމެނެ އެވެ.

"ބާބީ" ޓްރެއިލާ 2 ގެ މަންޒަރެއް

"ބާބީ" ޓްރެއިލާ 2 ގެ މަންޒަރެއް

މެޓެލް ފިލްމްސް، ހޭޑޭ ފިލްމް އަދި ލަކީޗެޕް އެންޓަޓެއިންމެންޓު ގުޅިގެން ޕްރޮޑިއުސްކުރާ މި ފިލްމުގެ ސްކްރިޕްޓު ލިޔެފައި ވަނީ ގާވިގް އާއި އޭނާގެ ފިރިމީހާ ނޮއާ ބޯމްބެކް އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު މަސައްކަތް ފެށި "ބާބީ" ފިލްމުގެ ފުރަތަމަ ޓީސާ ނެރެފައި ވަނީ މިދިޔަ ޑިސެމްބަރު މަހު އެވެ. އެ ޓީސާގައި ބޮޑަށް ސަމާލުކަން ދީފައިވަނީ މާގޮޓްގެ ބާބީގެ ތައާރަފަށެވެ.

ކުދި ބޮޑު ގިނަބަޔަކު އިންތިޒާރު ކުރާ މި ފިލްމު ސިނަމާތަކުގައި އަޅުވަން ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 21 ވަނަ ދުވަހު އެވެ.