Roadha Mihaaru
ރަޔަން ގޮޒްލިންއަކީ ނީލް އާމްސްޓްރޯންގް

ރަޔަން ގޮޒްލިންއަކީ އެންމެ ފުރަތަމަ ހަނދަށް ދިޔަ ނީލް އާމްސްޓްރޯންގް

10 ޖޫން 2018

އެންމެ ފުރަތަމަ ހަނދުގައި ހިނގި މީހާގެ ގޮތުގައި މުޅި ދުނިޔެ އަށް މަޝްހޫރުވި އެމެރިކާގެ އެސްޓްރޮނޯޓް ނީލް އާމްސްޓްރޯންގެ ވާހަކަ ކިޔައިދޭ ފިލްމް "ފަސްޓް މޭން" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެންމެ ފުރަތަމަ ހަނދުގައި ހިނގި މީހާގެ ގޮތުގައި މުޅި ދުނިޔެ އަށް މަޝްހޫރުވި އެމެރިކާގެ އެސްޓްރޮނޯޓް ނީލް އާމްސްޓްރޯންގެ ވާހަކަ ކިޔައިދޭ ފިލްމް "ފަސްޓް މޭން" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

މި ފިލްމްގައި ނީލްގެ ރޯލް ކުޅެފައި ވަނީ 2016 ވަނަ އަހަރު "ލާ ލާ ލޭންޑް" އިން އެންމެ މޮޅު އެކްޓަރުގެ އޮސްކާ އަށް ވާދަކުރި ރަޔަން ގޮޒްލިން އެވެ. މިއީ އެ ފިލްމްގެ ބޮޑު ކާމިޔާބީ އަށް ފަހު ރަޔަން އާއި ޑައިރެކްޓަރު ޑެމިއެން ޗެޒެލް އެކުގައި މަސައްކަތްކުރި ފުރަތަމަ ފިލްމެވެ.

"ފަސްޓް މޭން" އަކީ މޮޅު ފިލްމަކަށް ވާނެ ކަމަށް ޓްރެއިލާ އިން ވެސް ސާބިތުކޮށްދެ އެވެ. ގިނަ ބަޔަކު ފާހަގަކޮށްފައިވާ ގޮތުގައި ރަަޔަންގެ އެކްޓިން މި ފަހަރު ވެސް ވަަރަށް މޮޅެވެ. އަދި ނީލްގެ ކެރެކްޓާ އަށް އޭނާ ހަމަ ވަރަށް ފައްކަލެވެ.

ކާސްޓުންގެ ތެރޭގައި ކްލެއާ ފޯއި، ޕަބްލޯ ޝްރެއިބާ، ކައިލް ޝެންޑްލާ އަދި ޖޭޒަން ކްލާކް ވެސް މުހިއްމު ރޯލްތަކުން ފެނިގެންދާ "ފަސްޓް މޭން" ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު 12 ގަ އެވެ.

މީގެ ވާހަކަ ބިނާކޮށްފައި ވަނީ ޖޭމްސް އާރް ހެންޒެން ލިޔުނު "ފަސްޓް މޭން: ދަ ލައިފް އޮފް ނީލް އޭ އާމްސްޓްރޯންގް" އަށެވެ. ފިލްމްގެ ވާހަކަ ބޮޑު ސްކްރީނަށް ފެއްތީ ޖޯޝް ސިންގާ އެވެ.

"ފަސްޓް މޭން" ގައި ޖައްވީ އުޅަނދު އެޕޯލޯ 11 ގައި ނީލް އާމްސްޓްރޯންގެ ހަނދަށް 1969 ގައި ކުރި ތާރީހާއި ދަތުރާއި އޭގެ ފަހުން އޭނާގެ ހަޔާތް ބަދަލުވެގެން ދިޔަ ގޮތް ދައްކުވައި ދޭނެ އެވެ. ނީލް އުމުރުން 82 އަހަރުގައި މަރުވީ 2012 ގަ އެވެ.