ޖުމްހޫރީ ޕާޓީ (ޖޭޕީ) އިސްވެ އޮވެ ރިޔާސީ އިންތިހާބަށް ހަދާ ކޯލިޝަންގެ ބައިވެރިއަކަށް ވުމަށް ދިން ދައުވަތާ ގުޅިގެން މިހާތަނަށް މަޝްވަރާއެއް ނުހިނގާ ކަމަށް އެމްއާރުއެމުން މިއަދު ބުނެފި އެވެ.
06 އެޕްރީލް 2023
ޖުމްހޫރީ ޕާޓީ (ޖޭޕީ) އިސްވެ އޮވެ ރިޔާސީ އިންތިހާބަށް ހަދާ ކޯލިޝަންގެ ބައިވެރިއަކަށް ވުމަށް ދިން ދައުވަތާ ގުޅިގެން މިހާތަނަށް މަޝްވަރާއެއް ނުހިނގާ ކަމަށް އެމްއާރުއެމުން މިއަދު ބުނެފި އެވެ.
މި ސަރުކާރު ކޯލިޝަންގައި ދެމިއޮތް ޖޭޕީގެ ނިންމުމަކީ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި، އެ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީ ބަލިކޮށް ވެރިކަން ހޯދުމެވެ. އިންތިހާބު ކާމިޔާބުވާން އޮތީ ކޯލިޝަނަކުން ކަމަށް ވާތީ އެ ދައުވަތު އެމްއާރުއެމްގެ އިތުރުން ޕީޕީއެމާއި އެމްއެންޕީ އާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ވަނީ ފޮނުވައިފަ އެވެ.
މިހާތަނަށް އެމްއާރުއެމް ފިޔަވައި އެންމެން ނިންމީ ޖޭޕީގެ ފަހަތަށް އަރައި އިއްތިހާދެއްގައި ބައިވެރި ނުވުމަށެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްއަލީމް ވިދާޅުވީ ޖޭޕީއާ އެކު ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މިހާތަނަށް ވަކި ގޮތެއް ނުނިންމާ ކަަމަށެވެ.
"އެމްއާރުއެމް އިން މަޝްވަރާ ނުކުރޭ އަދި. ނަމަވެސް ޕާޓީތަކުން އަންނަ ދައުވަތު ގަބޫލުކޮށް، ހުރިހާ ޕާޓީތަކަކާ ވެސް މަޝްވަރާކުރާ ގޮތަށް އޮތީ،" އަލީމް ވިދާޅުވި އެވެ.
އެމްއާރުއެމާ އެކު ދެވަނަ ދައުރަކަށް ކޯލިޝަން ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ ދައުވަތު ދެއްވައިފަ އެވެ. ފުރަތަމަ ބައްދަލުވުމުން ގޮތެއް ނުނިމެ އެވެ. އިތުރު ބައްދަލުވުމެއް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ބާއްވަން ނިންމާފައިވާ ކަަމަށް އެމްއާރުއެމުން ބުންޏެވެ.
ޖޭޕީން ބޮޑު ކޯލިޝަނެއް ހަދަން ބޭނުންވިޔަސް އެ ޕާޓީގެ ހުށަހެޅުމަށް މިހާތަނަށް ގޮތް ނުނިންމައި އޮތީ އެމްއާރުއެމުން އެކަންޏެވެ.
ޖޭޕީން ރިޔާސީ އިންތިހާބަށް މަސައްކަތް ފަށާފައިވާ އިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެ ޕާޓީގެ ތެރެއިން އުފައްދަވައިގެން އުޅުއްވާ "ފިކުރެއްގެ ދިރުން" ހަރަކާތާ އެކު އަންނަނީ އެ ޕާޓީއާ އެކު ބައްދަލުވުންތައް ބާއްވަމުންނެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމުން ބުނީ އެއްވެސް ޕާޓީއެއްގެ ފަހަތަށް އަރައި ކޯލިޝަން ހަދަން ބޭނުން ނުވާ ކަމަށެވެ. ކޯލިޝަން ސަރުކާރެއް ހިންގެވުމާ މުނައްވަރު ދެކޮޅެވެ. އުމަރު ނަސީރާއި އެމްއެންޕީގެ ނިންމުމަކީ ވެސް ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ނުހެދުމެވެ.
ކޯލިޝަން ހަދަން ގާސިމްގެ ފަހަތަށް އަރާނެ ބަޔަކު ނެތް؟
އިންތިހާބާ ގުޅޭގޮތުން މައުމޫނާއި ގާސިމް ބައްދަލުކުރަނީ
ކޯލިޝަންގެ ހަގީގަތާ ދުރުވެވޭކަށް ނެތް!
އެމްޑީޕީ ނުކުންނާނެ ގޮތް އަވަހަށް ނިންމަންޖެހޭ: އާޒިމް
ލޯކަލް އިންތިޚާބާ އެކު ކޯލިޝަންގެ "މޫނު" އަޅާނަން: ދޮންބިލެތް
ގޮނޑިތަކާ ބެހޭގޮތުން އެއްބަސްވުމެއް ނޯންނާނެ: ހަސަން
ޕާޓީ އުވާލަން ނިންމީ ގާނޫނާ ހިލާފަށް: އެމްއާރްއެމް
"ޕާޓީތަކުގެ މެދުގައި ކޯޅުން ހުއްޓުވޭނީ ގާސިމަށް"
އެމްއާރުއެމްގެ ރިޔާސީ ޕްރައިމަރީއަށް ހުޅުވާލައިފި
އިންތިހާބަށް ޖޭޕީ/އެމްއާރުއެމް އެކުވާން މަޝްވަރާކުރަނީ