ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި ފުރަތަމަ ބުރުގައި އެ ޕާޓީއާ އެކު ކޯލިޝަން ހަދަން ދައުވަތު ދީފައި ވިޔަސް ޖޭޕީގެ ފަހަތަށް އަރައި ކޯލިޝަނަށް ދިއުމުގެ ވިސްނުމެއް އަދި ނެތް ކަން ޕީޕީއެމާއި އެމްއެންޕީ އާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހާމަކުރައްވައިފި އެވެ.
04 އެޕްރީލް 2023
ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އިންތިހާބުގައި ވާދަކުރައްވަން ނިންމަވައި ފުރަތަމަ ބުރުގައި އެ ޕާޓީއާ އެކު ކޯލިޝަން ހަދަން ދައުވަތު ދީފައި ވިޔަސް ޖޭޕީގެ ފަހަތަށް އަރައި ކޯލިޝަނަށް ދިއުމުގެ ވިސްނުމެއް އަދި ނެތް ކަން ޕީޕީއެމާއި އެމްއެންޕީ އާއި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ހާމަކުރައްވައިފި އެވެ.
މި ސަރުކާރު ކޯލިޝަންގައި އޮތް ޖޭޕީން އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައި، ސިޔާސީ ޕާޓީތަކަށާއި އިންތިހާބަށް ވަކިން ނުކުންނަވާ ސިޔާސީ ލީޑަރުންނަށް ވަނީ ކޯލިޝަން ހެދުމުގެ ދައުވަތު ފޮނުވައިފަ އެވެ. އޭގެތެރޭގައި ޕީޕީއެމާއި އެމްއެންޕީ އާއި އެމްއާރުއެމް އާއި ޑރ. މުނައްވަރުގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހިމެނިވަޑައިގަންނަވަ އެވެ.
އެންމެ ބޮޑު އިދިކޮޅު ޕާޓީ ޕީޕީއެމުން ބުނީ އެއްވެސް ޕާޓީއެއްގެ ފަހަތަށް އަރައި ކޯލިޝަން ހަދަން ބޭނުން ނުވާ ކަމަށެވެ. އެހެން ޕާޓީތަކުން އަންނަން ޖެހޭނީ އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ތާއީދުކޮށްގެން ކޯލިޝަން ހެދުމަށް ކަަމަށް ޕީޕީއެމްގެ ލީޑަޝިޕްގެ ބޭފުޅުން ވިދާޅުވި އެވެ.
އަޅުގަނޑުގެ ވިސްނުމެއް ނެތް ސަރުކާރު ބައިކުރުމުގައި ބައިވެރިވާކަށް. -- މުނައްވަރު
އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ޑރ. މުހައްމަދު މުނައްވަރު ވިދާޅުވީ ޖޭޕީއާ އެކު ވެސް ކޯލިޝަން ހެދުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އޭނާ އިންތިހާބަށް ނުކުންނަވަނީ ވެސް ޕާޓީތަކުން އިއްތިހާދުވެ ސަރުކާރު ބައިކޮށް ފޮތިފޮތިކުރަމުންދާތީ ގައުމަށް ލިބޭ ގެއްލުމުން ސަލާމަތް ކުރަން ކަމަށެވެ.
"އަޅުގަނޑު މި އަންނަނީ ޕްރެސް ކޮންފަރެންސްތަކުގައި ވެސް ދަންނަވަމުން، ވަކި އަދަދަކަށް ސަރުކާރުން ގޮނޑި ބަހައި ސަރުކާރު އެކުލަވާލުމަކީ ރައްޔިތުންނަށް އެންމެ މަންފާ ހުރި ގޮތް ކަމަކަށް ނުދެކެމޭ. އަޅުގަނޑުގެ ވިސްނުމެއް ނެތް ސަރުކާރު ބައިކުރުމުގައި ބައިވެރިވާކަށް،" މުނައްވަރު ވިދާޅުވި އެވެ.
"އަޅުގަނޑުގެ ވިސްނުމަކީ ރައްޔިތުންނާ އެކު ކޯލިޝަނެއް ހެދުން."
ކޯލިޝަނަކާ ނުލައި އެކަނި ވާދަކޮށްގެން އިންތިހާބު ކާމިޔާބުކުރުމުގެ ވިސްނުމުގައި ތިބި އެމްއެންޕީން ބުނީ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ނިންމުން އެ ޕާޓީގެ ބަދަލު ނުވާ ކަމަށެވެ. ރިޔާސީ ކެންޑިޑޭޓް، މުހައްމަދު ނާޒިމަށް ރިޔާސީ ޓިކެޓް އެރުވުމުގެ ޖަލްސާ ވެސް އަންނަ މަހު އޮންނާނެ ކަމަށެވެ.
އެ ޕާޓީގެ ޑެޕިއުޓީ ލީޑަރު، ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ޕާޓީން ނިންމާފައި އޮތީ ރިޔާސީ އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓަކު ވާދަކުރަން ކަމަށެވެ. އެ ނިންމުން އެބައޮތް ކަމަށާއި ސިޔާސީ ޕާޓީއަކުން ދައުވަތެއް ލިބިއްޖެ ނަމަ އެކަމާ ގޮތް ނިންމާނީ ޕާޓީގެ އެގްޒެކެޓިވް ކައުންސިލްގެ މަޝްވަރާއަށް ފަހުގައި ކަން ފާހަގަކުރެއްވި އެވެ.
"އެ ސިޓީއަށް އަޅުގަނޑުމެން މަޝްވަރާކޮށްފައި ޖަވާބެއް ދޭނީ،" ރިޔާޒް ވިދާޅުވި އެވެ.
އެމްއެންޕީން އަންނަނީ ޖަލްސާތަކުގައި، ރިޔާސީ އިންތިހާބަށް އެ ޕާޓީގެ ވައުދުތައް ވެސް އިއުލާންކުރަމުންނެވެ.
ޖޭޕީގެ ދައުވަތަށް އެމްއެންޕީގެ ކައުންސިލްގެ ބައެއް މެމްބަރުން ގެންދަވަނީ ފާޅުގައި ދެކޮޅު ހައްދަވަމުންނެވެ.
އެމްއެންޕީގެ ނައިބު ރައީސް އަހްމަދު ޝަރީފް (ސައިރިކްސް ޝަރީފް)ގެ އަމިއްލަ ވިސްނުން ހާމަކުރައްވަމުން ވިދާޅުވީ އެމްއެންޕީން އޮތީ އެއްވެސް ބައެއްގެ ފަހަތަށް ނާރައި އިންތިހާބުގައި ވާދަކުރަން ނިންމައިފަ އެވެ. މިއީ ކައުންސިލްގައި އެންޑޯސްކޮށްފައި އޮތް ނިންމުމެއް ކަމަށް ވިދާޅުވި އެވެ.
"އެމްއެންޕީގެ ފަހަތަށް އަރާ ބަޔަކަށް އަޅުގަނޑުމެން މަރުހަބާ ކިޔާނަން. މައްސަލައަކީ ކޯލިޝަންގެ ވެރިކަންތައް ފެނިއްޖެ، ހުރިހާ ދައުރެއްގައި ވެސް ކޯލިޝަން ހެދި، އޭގައި ގާސިމް ވެސް ބައިވެރިވެވަޑައިގަންނަވާ. އެކަމަކު ވަކި ހިސާބަކުން އަމިއްލައަށް ނުކުންނަވަނީ ވެސް، އެކަން ފެނިފައި ވަނިކޮށް އެފަދަ ލީޑަޝިޕެއްގެ ފަހަތަށް ދިއުމަކީ އަޅުގަނޑު އެދޭނެ ކަމެއް ނޫން،"ޝަރީފް ކުރެއްވި ޓުވީޓް ތަފްސީލްކޮށްދެއްވައި ވިދާޅުވި އެވެ.
ޖޭޕީގެ ދައުވަތާ ގުޅިގެން، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނިސްބަތްވެވަޑައިގަންނަވާ އެމްއާރުއެމް އިން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެ ޕާޓީން އަންނަނީ ސިޔާސީ ޕާޓީތަކާ އެކު ކޯލިޝަން ހެދުމާ ގުޅޭ ގޮތުން މަޝްވަރާކުރަމުންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދެ ވަނަ ދައުރަކަށް ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ބައްދަލުވުމެއް ބާއްވައި އިތުރު ބައްދަލުވުމެއް އެމްޑީޕީއާ އެކު ކުރިއަށް ގެންދަން އޮތީ ނިންމައިފަ އެވެ. ކޯލިޝަން ހެދުމާ ގުޅޭ ގޮތުން ޖުމްހޫރީ ޕާޓީއާ އެކު ވެސް މަޝްވަރާކުރި އެވެ.
ގާސިމް އިންތިހާބުގައި ވާދަކުރައްވާނެ ކަން ފަހު ވަގުތު އިއުލާންކުރައްވައި އިއްތިހާދަކުން އިންތިހާބު ކާމިޔާބު ކުރުމުގެ މަސައްކަތް ފެއްޓެވީ، މި ސަރުކާރު ހިންގާ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ޖޭޕީ އޮވެ އެވެ. ދެ ވަނަ ދައުރަކަށް އެމްޑީޕީއާ އެކު ކޯލިޝަން ހަދަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދެއްވި ދައުވަތު ގާސިމް ގަބޫލު ނުކުރެއްވީ އެވެ.
ގާސިމް ވިދާޅުވާ ގޮތުގައި ހިތްހަމަނުޖެހުމަކީ ފަސް އަހަރުގެ ވެރިކަމަކަށް އެކުލަވާލީ ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް ވެރިކަން ނުހިންގެވުމެވެ. ވައުދުވި ގޮތަށް ސަރުކާރުގެ އަމަލުތަކެއް ނުފެނުނު ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެސް ވިސްނުންފުޅަކީ ކޯލިޝަނަކުން އިންތިހާބުގައި ވާދަކުރެއްވުމެވެ. އެމަނިކުފާނާ އެކު އިއްތިހާދުވާން މިހާތަނަށް ނިންމާފައި ވަނީ އަދާލަތު ޕާޓީ އާއި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމްގެ އެމްޑީއޭ އެވެ.
ގާސިމް، ކޯލިޝަންގެ ދައުވަތު ޔާމީނާއި ނާޒިމަށް!
ގާސިމާއި ނާޒިމަށް ލަދުވެތި ނަތީޖާއެއް!
އެއް ކެންޑިޑޭޓަކު ނެރެން ތިން ޕާޓީން އެއްބަސްވެއްޖެ
ގާސިމާއި ނަޝީދާއި ނާޒިމް މިއަދު ބައްދަލުކުރައްވަނީ
އިންތިހާބަށް ޖޭޕީ އާއި އެމްއެންޕީން ފޯމިއުލާއެއް ހޯދަނީ
ނާޒިމްގެ ރައްދު ގާސިމަށް: އިހުސާސަކީ އިހުތިރާމް
އެމްއާރުއެމް އެކަނިވެސް އިންތިހާބަށް ނުކުންނަން ތައްޔާރު: ފާރިސް
އިންތިހާބާ ގުޅޭގޮތުން މައުމޫނާއި ގާސިމް ބައްދަލުކުރަނީ
ޖޭޕީ އިން ބުނަނީ ކޯލިޝަނެއް މިހާރު ނެތޭ!
ކެމްޕޭންގައި މިއުޅެނީ ރައީސަށް ވުރެ ފަހަތުގައި: ގާސިމް