Roadha Mihaaru
ތިލަފުށި ފަޅުތެރޭ އޮތް އުޅަނދުތަކެއްގެ ވެރިޔަކު ހޯދަނީ

ތިލަފުށި ފަޅުތެރެއަށް އަޑިއަށް ގޮސްފައި އޮތް ދެ އުޅަނދުގެ ވެރިފަރާތް ހޯދަނީ

09 އެޕްރީލް 2023

ތިލަފުށީގެ ފަޅުތެރެއަށް އަޑިއަށް ގޮސްފައި އޮތް ދެ އުޅަނދު އެތަނުން ނަގަން، އޭގެ ވެރިފަރާތް ހޯދަން އާބަަންކޯ އިން މިއަދު އިއުލާންކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތިލަފުށީގެ ފަޅުތެރެއަށް އަޑިއަށް ގޮސްފައި އޮތް ދެ އުޅަނދު އެތަނުން ނަގަން، އޭގެ ވެރިފަރާތް ހޯދަން އާބަަންކޯ އިން މިއަދު އިއުލާންކޮށްފި އެވެ.

އާބަންކޯގެ އިއުލާނުގައި ބުނީ ތިލަފުށީގެ އެންވަޔަރުމެންޓް މިނިސްޓްރީގެ ސައިޓްގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓަކަށް އެ ސަރަހައްދުގެ ފަޅުތެރެ ހުސްކުރަން ބޭނުންވާތީ، އެތަނުގައި ހުރި އުޅަނދުތަކުގެ ތެރެއިން އަޑިއަށް ގޮސްފައިވާ ދެ އުޅަނދެއް ނަގަން ބޭނުންވާ ކަމަށެވެ. އެ އުޅަނދުތަކުގެ ވެރިފަރާތް ނޭނގޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެއީ 37 ފޫޓް ލޯންޗަކާއި 65 ފޫޓް ދޯންޏެކެވެ. އަދި އެ އުޅަނދުތައް އަޑިއަށް ގޮސްފައިވާ އޮތް ސަރަހައްދު ފެންނަ ފޮޓޯތަކެއް ވެސް އާބަންކޯ އިން އާންމުކުރި އެވެ.

މި އުޅަނދުތަކުގެ ވެރިފަރާތެއްވާ ނަމަ، އެ ކުންފުނީގެ ކޯލް ސެންޓަރުގެ ހޮޓްލައިން 1516 އަށް ގުޅައި މައުލޫމާތު ސާފުކުރުމަށް ފަހު، 30 ދުވަހުގެ ތެރޭގައި އެ އުޅަނދުތައް އެތަނުން ނެގުމަށް އާބަންކޯގެ އިއުލާނުގައި ވަނީ ބުނެފަ އެވެ.

އެ މުއްދަތުގެ ތެރޭގައި މި އުޅަނދުތައް ނުނަގައިފި ނަމަ، ތިލަފުއްޓާއި ކ. ގުޅިފަޅުގެ ފަޅުތެރެއަށް ދޫކޮށްލާފައިވާ އުޅަނދުފަހަރާއި ތަކެއްޗާއި މެދު އަމަލުކުރުމުގައި އެ ކުންފުނިން ގެންގުޅޭ އުސޫލުގެ ދަށުން އެ ދެ އުޅަނދާ މެދު އަމަލުކުރެވޭނެ ކަމަށް ވެސް ބުންޏެވެ.

އާބަންކޯ އިން ބަލަހައްޓަމުން އަންނަ ތިލަފުށީގެ ވަޅުތެރޭގައި ގަވާއިދާ ހިލާފަށް އަޅާފައި އޮތް އުޅަނދުތައް ނަގަން، މިފަހުން އެކި ފަހަރު މަތިން އެ ކުންފުނިން އިއުލާންކޮށްފައިވެ އެވެ.