Roadha Mihaaru
"ވިނަރެސް" ހަވާލު ކުރުން އަންނަ މަހު ނިމޭނެ: އާތިފް

ވިނަރެސް ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް އަންނަ މަހު ނިންމާލެވޭނެ: އާތިފް

11 އެޕްރީލް 2023

ވިނަރެސް ފްލެޓްތަކުގެ ފައިނޭންޝަލް އިވެލުއޭޝަން ނިންމައި އަންނަ މަހު ފްލެޓްތައް ހަވާލު ކުރެވޭނެ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވިނަރެސް ފްލެޓްތަކުގެ ފައިނޭންޝަލް އިވެލުއޭޝަން ނިންމައި އަންނަ މަހު ފްލެޓްތައް ހަވާލު ކުރެވޭނެ ކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވެއްޖެ އެވެ.

"މިހާރު" އާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ފްލެޓްތަކަށް ކުރިމަތިލި މީހުންގެ ތެރެއިން މާލީ ގޮތުން ޝަރުތު ހަމަވޭތޯ ބެލުމުގެ މަސައްކަތުގެ ތެރެއިން އެޗްޑީއެފްސީ އާއި ބޭންކުތަކާ ގުޅިގެން ކުރަމުން އަންނަ ކަމަށެވެ.

"އެ އެޕްލިކޭޝަންތައް އިވެލުއޭޓް ކުރަން ކޮންމެވެސް ވަރަކަށް ވަގުތު ނަގާ ތަންކޮޅެއް ޑީޓެއިލް މަސައްކަތްތަކަކަށްވާތީ. އަޅުގަނޑުމެން އަވަސް ކުރެވެން ހުރި ގޮތްތަކެއް މި ބަލަނީ،" އޭނާ ވިދާޅުވި އެވެ.

އާތިފް ވިދާޅުވިގޮތުގައި، ވިނަރެސް އަކީ ސޯޝަލް ހައުސިންއާ ގުޅިފައިވާ ފްލެޓްތަކެއް ކަމުން، އެކަމާ ގުޅޭ ނިންމުންތައް ނިންމާނީ ޕްލޭނިން މިނިސްޓްރީއާ ގުޅިގެންނެވެ.

މިދިޔަ މަހު ފަހު ކޮޅު އާބަންކޯއިން ވަނީ ވިނަރެސް ފްލެޓް ގަންނަން ޝަރުތު ހަމަވި މީހުންގެ ތެރެއިން ޕޮއިންޓު އެއްވަރުވި މީހުން ތަރުތީބުކުރުމަށް ގުރު ނަގައިފަ އެވެ.

ވިނަރެސް ފްލެޓަކީ 13 ބުރީގެ 10 ޓަވަރު ހިމެނޭ ގޮތަށް ތިން ކޮޓަރީގެ 1،344 އެޕާޓްމަންޓް ހިމެނޭ މަޝްރޫއެކެވެ. އެ މަޝްރޫއަށް ފުރުސަތު ދީފައި ވަނީ މާލޭގެ ރައްޔިތުންނާއި މާލޭގައި އުޅޭތާ 15 އަހަރަށް ވުރެ ދުވަސްވެފައިވާ މީހުންނަށެވެ.

އެ ފްލެޓްތަކުގެ އަގު އުޅެނީ 2.5 މިލިއަނާއި 2.7 މިލިއަން ރުފިޔާއާ ދެމެދުގަ އެވެ.