ބ. ހިތާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ވ. ތިނަދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
11 އެޕްރީލް 2023
ބ. ހިތާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި ވ. ތިނަދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.
ޕްލޭނިން މިނިސްޓްރީން ބުނީ މިއަދު މެންދުރު ފަހު އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއޯއެފް ޝާހިދު ހުސެއިން މޫސާ އެވެ.
• ރަށުގެ އިރުމަތީ ފަރާތުން ގިރާ ސަރަހައްދުގައި 200 މީޓަރު ބޮޑުހިލައިގެ ފަސް ގްރޮއިން ލުން އަދި 30 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިންއެއް ލުން.
• ރަށުގެ ދެކުނާއި ހުޅަނގު ފަރާތުން ގިރާ ސަރަހައްދުގައި 350 މީޓަރު އަދި 260 މީޓަރުގެ ޖިއޯ-ބޭގް ރިވެޓްމަންޓް ޖެހުން.
• މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 18.3 މިލިއަން ރުފިޔާ ހަރަދުކުރޭ.
• މި މަސައްކަތް ނިންމަން ދިނީ ހަ މަސް ދުވަސް.
ބ. ހިތާދޫ ގޮނޑުދޮށް ހިމާޔާތްކުރުމާއި ވ. ތިނަދޫ ބަނދަރު ބޮޑުކުރުމަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތު.-- ފޮޓޯ: ޕްލޭނިން މިނިސްޓްރީ
• ބަނދަރަށް އިތުރުކުރާ ބައި ފުން ކުރުމާއި ނެރު ފުން ކުރުން.
• 71 މީޓަރުގެ ބޮޑުހިލައިގެ ބޭރު ތޮށި ލުން.
• މި މަޝްރޫއަށް ދައުލަތުގެ ބަޖެޓުން 43.8 މިލިއަން ރުފިޔާ ހަރަދުކުރޭ.
• މި މަސައްކަތް ނިންމަން ދިނީ އެއް އަހަރު.
ތިނަދޫ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރުގައި ރިވެޓްމަންޓް ޖެހުމާއި ސަބްމާޖް ބްރޭކްވޯޓާ ހެދުމާއި އެއްގަމު ތޮށި ލުމާއި ސްކޯރިން އޭޕްރޮން ޖެހުމާއި މޫރިން ރިންގް ހަރުކުރުމާއި ބޮއި ހަރުކުރުމާއި ކޮންކްރީޓް ބްރިޖެއް އެޅުމާއި ރޭޕެއް އެޅުމާއި ޕޭވްމަންޓް ހެދުމާ އަދި މަގުބައްތި ޖެހުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.
އެމްޓީސީސީން މިހާރު ވެސް އަންނަނީ ވަރަށް ގިނަ ރަށްރަށުގެ ބަނދަރު ބޮޑުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ނިލަންދު އާއި ބިލެއްދޫގެ ބަނދަރު ހެދުން އެމްޓީސީސީއަށް
ތިން ރަށެއްގެ ބަނދަރުހަދަން އެމްޓީސީސީއާ ހަވާލުކޮށްފި
ބިލެއްފަހީގެ ބޭރު ތޮށިލުމުގެ މަސައްކަތް ފަށައިފި
އެމްޓީސީސީ ޕްރޮޖެކްޓުތަކުގެ ރިއަލް-ޓައިމް އަޕްޑޭޓް ދެނީ
ކުރިނބީ ރައްޔިތުން ނިކުމެ ޖެޓީ ސަރަހައްދު ކޮނެފި
ސާމާނު ލިބުމުން ފާލަމުގެ މަސައްކަތް އަވަސްވާނެ
މަސައްކަތް ފަށާފައިވާ އެއްވެސް މަޝްރޫއެއް ނުހުއްޓާނެ
މަގޫދޫ އެއާޕޯޓުގެ މަސައްކަތް އަނެއްކާވެސް ފަށައިފި
"މަޝްރޫއުތައް ފެށީ ފައިސާ ނެތި ސިޔާސީ ބޭނުމަށް"
އެމްޓީސީސީ ފަދަ އިތުރު ކުންފުންޏެއް އުފައްދަނީ