Roadha Mihaaru
ބިލެއްފަހީގެ ބޭރު ތޮށިލުމުގެ މަސައްކަތް ފަށައިފި

ބިލެއްފަހީގެ ބަނދަރުގެ ބޭރު ތޮށިލުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފި

28 ޖުލައި 2021

ށ. ބިލެއްފަހީގެ ބަނދަރުގެ އެއްގަމުތޮށިީގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ށ. ބިލެއްފަހީގެ ބަނދަރުގެ އެއްގަމުތޮށިީގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

އެ ކުންފުނިން މިއަދު ބުނީ އެ ރަށުގެ ބަނދަރު ސަރަހައްދުގައި ކޮންކްރީޓް ގާ އެތުރުމާއި އާ ހާބަރު ބޭސިން ފުންކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

ސަރުކާރުގެ ބަޖެޓުން 31.6 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހިންގާ މި މަސައްކަތުގައި 40,576 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުން ކުރާނެ އެވެ.

އެމްޓީސީސީން މިހާރު ވެސް އަންނަނީ ރާއްޖޭގެ އެކި ރަށްރަށުގެ ބަނދަރާއި ނަރުދަމާގެ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިދިޔަ ކުއާޓަރުގައި އެ ކުންފުނިން ވަނީ 86 މަޝްރޫއެއްގެ މަސައްކަތް ކުރިއަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ބަނދަރު ހެދުމުގެ 41 އަދި ބިން ހިއްކުމުގެ 15 މަޝްރޫއެއް ހިމެނެ އެވެ.

އެމްޓީސީސީ އަށް މިދިޔަ ކުއާޓަރުގައި 423.3 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަނީ ލިބިފަ އެވެ.