Roadha Mihaaru
ފަސް ކިލޯގެ ޑްރަގް އެތެރެކުރަނިކޮށް އަތުލައިގެންފި

ފަސް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަނިކޮށް އަތުލައިގެންފި

13 އެޕްރީލް 2023

ރާއްޖެއަށް ފަސް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީއަކު އިއްޔެ އަތުލައިގެންފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖެއަށް ފަސް ކިލޯގެ މަސްތުވާތަކެތި އެތެރެކުރަން އުޅުނު ބިދޭސީއަކު އިއްޔެ އަތުލައިގެންފި އެވެ.

ކަސްޓަމްސްއިން ބުނީ ވައިގެ މަގުން އިތިއޯޕިއާއިން އިއްޔެ ރާއްޖެ އައި 56 އަހަރުގެ އިންޑިއާ އަންހެނެއްގެ އަތް ދަބަހުން 1.1 ކިލޯގެ ކޮކެއިން އާއި 4.2 ކިލޯގެ ހެރޮއިން ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ މަގުމަތީ އަގު ނުވަ މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނިގޮތުގައި އެ ތަކެތި އަތުލައިގަތީ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެ. އަތުލައިގަތް ޑްރަގާއި މަސްތުވާތަކެތި މިހާރު ފުލުހުންނާ ހަވާލު ކޮށްފައިވާ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީން އަތުން މަސްތުވާތަކެތި އަތުލުމަށްފަހު އެ މީހުން ގައުމަށް ފޮނުވާލާ ގޮތަށް އިމިގްރޭޝަނުން ދާދިފަހުން ވަނީ ގަވާއިދެއް ހަދައިފަ އެވެ. އެކަމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވިޔަސް، ސަރުކާރުން އެ ނިންމުން ވަނީ ދިފާއުކޮށްފަ އެވެ.