Roadha Mihaaru

ހިޔާ ފްލެޓެއްގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް

ހުޅުމާލެ 2 ގެ ހިޔާ ފްލެޓްގައި މިރޭ ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

ހިޔާ ފްލެޓެއްގައި އަނެއްކާވެސް އަލިފާނުގެ ހާދިސާއެއް

ހުޅުމާލެ 2 ގެ ހިޔާ ފްލެޓްގައި މިރޭ ވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މިރޭ 8: 30 ހާއިރު ރޯވެފައި ވަނީ 7 ވަނަ ޓަވަރުގެ ފުރަތަމަ ފްލޯގައި ހުރި ތަނެއްގައި ކަމަށް ސޯޝަލް މީިޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން އެނގެ އެވެ.

ފްލެޓްތައް ބަލަހައްޓާ އާބަންކޯ އިން ބުނީ ރޯވި އަލިފާން ނިއްވާލާފައިވާ ކަމަށާއި މި ހާދިސާ ހިނގާފައިވާ ގޮތް ބަލަމުން އަންނަ ކަމަށެވެ. އެނގިފައިވާ ގޮތުގައި މިރޭ ވެސް ރޯވެފައި ވަނީ އެހެން އެޕާޓްމަންޓަކުން ވައްޓާލި ސިނގިރެޓް ފިލްޓަރެއްގެ ސަބަބުންނެވެ.

މި ހާދިސާގައި މީހަކަށް އަނިޔާއެއް ވި ކަމުގެ ރިޕޯޓެއް ނެތެވެ. އަދި ރޯވި ތަނަށް ލިބުނު ގެއްލުމުގެ ތަފްސީލެއް ނުލިބެ އެވެ.

މި މަހު ކުރީކޮޅު ކުރިން ވެސް ވަނީ ޓަވަރު 5 ގެ 17 ވަނަ ބުރީގައި ހުރި އެޕާޓްމަންޓެއްގެ ބެލްކަނީގައި ރޯވެ ގެއްލުން ވެފައިވެ އެވެ. ރޭގަނޑުގެ ވަގުތެއްގައި އެ ހާދިސާ ވެސް ހިނގީ އެހެން އެޕާޓްމަންޓެއްގެ ބެލްކަނިން ވައްޓާލި ސިނގިރެޓް ފިލްޓަރެއްގެ ސަބަބުންނެވެ.

ސިނގިރެޓް ފިލްޓަރުގެ ސަބަބުން ހިޔާ ޓަވަރުތަކުގައި އަލިފާނުގެ ހާދިސާތައް ކުރިން ވެސް ހިނގާފައިވެ އެވެ.