17 އެޕްރީލް 2023
އުދިނޭޒީ 3-0 އިން ބަލިކޮށް ރޯމާ އިން އިޓާލިއަން ލީގުގެ ތިން ވަނަ މަގާމަށް އެރިއިރު ސަސުއޮލޯ އަތުން 1-0 އިން ބަލިވެ ޔުވެންޓަސް ހަތް ވަނައިގައި ތާށިވެއްޖެ އެވެ.
އުދިނޭޒީ 3-0 އިން ބަލިކޮށް ރޯމާ އިން އިޓާލިއަން ލީގުގެ ތިން ވަނަ މަގާމަށް އެރިއިރު ސަސުއޮލޯ އަތުން 1-0 އިން ބަލިވެ ޔުވެންޓަސް ހަތް ވަނައިގައި ތާށިވެއްޖެ އެވެ.
ލީގުގެ އެއް ވަނައިގައި 75 ޕޮއިންޓާ އެކު އޮތީ ނަޕޯލީ އެވެ. ތާވަލުގެ ދެ ވަނައިގައި އޮތީ 61 ޕޮއިންޓާ އެކު ލާޒިއޯ އެވެ. މި ދެ ޓީމަށް ވަނީ ގާތްގަނޑަކަށް ގަދަ ހަތަރެއް ކަށަވަރުވެފަ އެވެ.
ރޯމާ ތިން ވަނަ އަށް އެރީ 56 ޕޮއިންޓް ހަމަކޮށްގެންނެވެ. ކުރިން ތިން ވަނައިގައި، 53 ޕޮއިންޓާ އެކު އޮތް އޭސީ މިލާން ވަނީ ހަތަރު ވަނަ ވެއްޓިފަ އެވެ. ރޯމާ އަށް މިލާނުގެ މައްޗަށް ކުރި އެރޭ ގޮތްވީ، އެ ޓީމު ހޮނިހިރު ދުވަހު ބޮލޯނިއާއާ 1-1 އިން އެއްވަރުވުމުންނެވެ.
ޔުވެންޓަސް ހަތް ވަނައިގައި އޮތީ 44 ޕޮއިންޓާ އެކު އެވެ. ޔުވެންޓަސް މިހާ ދަށަށް ވެއްޓުނު ސަބަބަކީ އެ ޓީމަށް ޑިސިޕްލިނަރީ މައްސަލައެއްގެ ސަބަބުން 15 ޕޮއިންޓް އުނިކުރުމުންނެވެ.
އަމިއްލަ ދަނޑުގައި އުދިނޭޒީ އަތުން ރޯމާ މޮޅުވި މެޗުގައި ފުރަތަމަ ގޯލް 37 ވަނަ މިނެޓުގައި ޖެހީ ޕެނަލްޓީއަކުން އެޑޮއާޑޯ ބޯވް އެވެ. ދެ ވަނަ ގޯލް 55 ވަނަ މިނެޓުގައި ޖެހީ ލޮރެންޒޯ ޕެލެގްރިނީ އެވެ. އަދި ފަހު ލަނޑު އިތުރު ވަގުތުގެ ތެރޭ ޖެހީ ޓެމީ އަބްރަހަމް އެވެ.
ސަސުއޮލޯ އިން އަމިއްލަ ދަނޑުގައި ޔުވެންޓަސް އަތުން މޮޅުވީ 64 ވަނަ މިނެޓުގައި ގްރެގޮއިރޭ ޑެފްރެލް ޖެހި ގޯލުންނެވެ. މި ގޯލް ވަނީ ޔުވެންޓަސްގެ ޒުވާން މިޑްފީލްޑަރު ނިކޯލޯ ފަގިއޯލީ އަށް ހެދުނު ގޯހަކުންނެވެ. ޔުވެންޓަސްގެ ކޯޗު މެކްސް އެލެގްރީ ވަނީ އޭނާ އެ ހިސާބުން ބަދަލުކޮށްފަ އެވެ. އެކަމާ މާޔޫސްވެ ފަގިއޯލީ ބެންޗުގައި ހުރެ ވަރަށް ގަދަޔަށް ރުޔެވެ.
ރޯމާ އިން ގޮވާލުމުން ރަނިއޭރީ އަށް ގެޔަކު ނޯވެވުނު
އިޓަލީގެ ގަދަ ހަތަރު ކްލަބަށް ވަރުގަދަ ތުހުމަތެއް
ފަހުވަގުތު ރޯމާ މޮޅުވުމުން މޮރީނިއޯއަށް ތަފާތު އުފަލެއް
"ވާހަކައެއް ނުދައްކާނަން، ޖަވާބު ދޭނީ ދަނޑުމަތިން"
އިތުރު ވަގުތުގެ ގޯލުތަކުން ރޯމާ އާއި މިލާން އެއްވަރު
ނަޕޯލީ އަށް ހުއްޓުމެއް ނެތް، އިންޓަ ސޮއްސާލައިފި
ކްރެމޮނީސޭ ފުރަތަމަ މޮޅު ހޯދިއިރު މޮރީނިއޯއަށް ރަތެއް
ސެމްޑޯރިއާ ބަލިކޮށް ރޯމާ ހަތަރުވަނަ މަގާމަށް ޖެހިލައިފި
ޗެމްޕިއަން މިލާން ބަލިކޮށް ނަޕޯލީ އެއް ވަނައިގައި
އާ ސީޒަނުގެ ފުރަތަމަ މެޗުގައި ރޯމާ އަށް ހަނި މޮޅެއް