ރާއްޖޭގެ ކަނޑުގެ އަސްކަރިއްޔާގެ އެންމެ ބޮޑު އުޅަނދު ކޯސްޓްގާޑް "ހުރަވީ"ގެ ބަދަލުގައި އިންޑިއާއިން ހަދިޔާކުރި ކަނޑުގެ އަސްކަރީ އެހެން އުޅަނދެއް މާލެ އަތުވެއްޖެ އެވެ.
17 އެޕްރީލް 2023
ރާއްޖޭގެ ކަނޑުގެ އަސްކަރިއްޔާގެ އެންމެ ބޮޑު އުޅަނދު ކޯސްޓްގާޑް "ހުރަވީ"ގެ ބަދަލުގައި އިންޑިއާއިން ހަދިޔާކުރި ކަނޑުގެ އަސްކަރީ އެހެން އުޅަނދެއް މާލެ އަތުވެއްޖެ އެވެ.
ދިވެހި ކަނޑުގެ ސިފައިންގެ އެންމެ ބާރުގަދަ އުޅަނދު ކަމަށްވާ "ހުރަވީ" އަކީ ވެސް 2006 ވަނަ އަހަރު އިންޑިއާ އިން ހަދިޔާކުރި އުޅަނދެކެވެ.
އެމްއެންޑީއެފުން ބުނީ އޭގެ ފަހުން ކޮންމެ ދެ އަހަރަކުން އެ އުޅަނދު މަރާމާތު ކުރުމުގެ މަސައްކަތް އިންޑިއާ އިން ހިލޭ ކޮށްދޭ ކަމަށެވެ. އިންޑިއާގެ ނޭވަލް ޑޮކްޔާޑްގައި މުޅި އުޅަނދު ހަ ފަހަރެއްގެ މަތިން މަރާމާތުކޮށްދީފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
"ހުރަވީ" ބޭނުންކުރާތާ މިހާރު ގިނަ ދުވަސްވެފައި ވުމުން އެ އުޅަނދުގެ ބަދަލުގައި އިތުރު އުޅަނދުފަހަރު ހޯދައި އެމްއެންޑީއެފްގެ ކަނޑުގެ އަސްކަރީ ގާބިލުކަން އިތުރު ކުރުމަށް ސަރުކާރުން އިސްކަން ދޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ އިންޑިއާއިން އަލަށް ހަދިޔާ ކުރި އުޅަނދު މާލެ އައީ މިދިޔަ ހޮނިހިރު ދުވަހު ކަމަށާއި އެއީ "ހުރަވީ" އަށް ވުރެ ބޮޑު އަދި ގާބިލުކަން އިތުރު، ފަހުގެ އުޅަނދެއް ކަމަށެވެ. މިހާރު ކުރިއަށް ދަނީ އެ އުޅަނދު އެމްއެންޑީއެފާ ހަވާލު ކުރުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ މަސައްކަތްތެކެވެ.
"މިގޮތުން މިއަންނަ މެއި މަހުގެ ތެރޭގައި މިއުޅަނދު ރަސްމީކޮށް ހަވާލުކުރުމަށް ފުރިހަމަކުރަން ޖެހޭ ލިޔެކިޔުންތަކާއި އަދި މިއުޅަނދަށް އައްޔަންކުރެވޭ ކޯސްޓްގާޑްގެ ސިފައިން، އުޅަނދުގައި ބޭނުންކުރާ މުހިއްމު މެޝިނަރީ އަދި އިކްއިޕްމެންޓްތަކާއި އޮޕަރޭޓިން ޕްރޮސީޖާސްތަކަށް އަހުލުވެރިވުމަށް ކޮންމެހެން ބޭނުންވާ ތަމްރީން ޕްރޮގްރާމްދަނީ ހިންގަމުންނެވެ." އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މި އުޅަނދު މާލެ ގެނައުމުގައި ހަރަކާތްތެރިވި އިންޑިއާގެ ކުރޫ ރާއްޖެއިން ފުރާނީ އެ އުޅަނދުގައި މަސައްކަތްކުރާ އެމްއެންޑީއެފްގެ އޮފިސަރުން ތަމްރީން ކުރުމަށް ހިންގާ ދެ ހަފުތާގެ ތަމްރީން ޕްރޮގްރާމަކަށް ފަހު ރަސްމީކޮށް އުޅަނދު ހަވާލުކުރުމުގެ ކަންކަން ނިމުމުންނެވެ.
މި އުޅަނދު ހަދިޔާ ކުރުމުން، ހުރަވީ ބޭނުން ކުރުން ހުއްޓާލާނެ އެވެ.
މީގެ ކުރިން 2019 ގައި ވެސް އިންޑިއާއިން ވަނީ ރާއްޖެ އަށް ކަނޑުގެ އަސްކަރީ އުޅަނދެއް ހަދިޔާކޮށްފަ އެވެ. އެ އުޅަނދަށް އެމްއެންޑީއެފުން ނަން ދީފައި ވަނީ ކޯސްޓްގާޑް "ކާމިޔާބު" ގެ ނަމުންނެވެ. ސިފައިން އަންނަނީ އިންޑިއާ އިން ހަދިޔާކުރި ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ވެސް ބޭނުންކުރަމުންނެވެ.
އިންޑިއާ ސިފައިން ތިބީ ގަޔަށް ބަޑިދިއްކޮށްގެން: ކައްޕި
ނަޝީދަށް އިންޑިއާގެ ސިފައިން ގޯހެއް ނުވި!
ބޭރުގެ ސިފައިން ދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކުރި
ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިން އެރި މައްސަލައެއް
އިންޑިއާ އިން ހިފެހެއްޓި ދޯނި ދޫކޮށްލައިފި
އިންޑިއާގެ ސަރަހައްދުން ދިވެހި މަސް ދޯންޏެއް އަތުލައިފި
އިންޑިއާ މަސްވެރިންގެ ސަބަބުން ނުރައްކަލެއް ނެތް
ގެއްލުނު މަސްވެރިން ހޯދަން އިންޑިއާ ސިފައިން ރާއްޖޭގައި
އައްޑޫގައި ތިބި އިންޑިއާ ސިފައިން ފައިބައިފި
ސިފައިން އެރި މައްސަލާގައި ފިޔަވަޅުތައް އަޅާނެ: ތޯރިގު