ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިން މިއަދު އެރި ކަމަށް ބުނެ ކުރި ރިޕޯޓެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
31 ޖެނުއަރީ 2024
ރާއްޖޭގެ އިގުތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރަމުން ދިޔަ ދިވެހި މަސްދޯންޏަކަށް ބޭރުގެ ސިފައިން މިއަދު އެރި ކަމަށް ބުނެ ކުރި ރިޕޯޓެއްގެ މައްސަލަ ބަލަމުން އަންނަ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
އެމްއެންޑީއެފުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ރާއްޖޭގެ ހާއްސަ އިގުތިސާދީ ސަރަހައްދުގައި ވަނިކޮށް ދިވެހި މަަސްދޯންޏަަކަށް ބޭރުގެ އަސްކަރިއްޔާއަކަށް ނިސްބަތްވާ އުޅަނދެއްގެ ބޯޑިން ޓީމަކުން އަރާފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ވާތީ އެކަން ބަލަމުން އަންނަ ކަމަށެވެ. އެކަމަކު އެއީ ކޮން ގައުމެއްގެ ސިފައިން ކަމެއް އެމްއެންޑީއެފުން އަދި ހާމައެއް ނުކުރެ އެވެ.
އިންޑިއާގެ ނޫސްވެރިއެއް ކަމަށްވާ ސިދާންތު ސިބާލް އިންޑިއާގެ ކަނޑުގެ ސިފައިންނާ ހަވާލާދީ ކޮށްފައިވާ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގެ ދޯންޏަށް ބޭރުގެ ސިފައިންގެ ބަޔަކު އެރި ކަމަށްބުނާ ރާއްޖޭގެ އިގްތިސާދީ ހާއްސަ ސަރަހައްދު ތެރޭ އިންޑިއާ ސިފައިންގެ އުޅަނދެއް ނެތް ކަމަށެވެ.
ރާއްޖޭގެ އެންމެ އުތުރުން ދޯންޏަށް ބޭރުގެ ސިފައިން އެރި ސަރަހައްދަށް އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދެއް މިހާރު ދަތުރުކުރަމުން ދާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވާ ބައެއް ޕޯސްޓުތަކުގައިވާ ގޮތުގައި އެއީ އދ. މަހިބަދޫގެ މަސްދޯންޏެއް ކަމަށްވާ "އަސުރުމާ 3" އެވެ. އަދި އެ ދޯންޏަށް އެރީ އިންޑިއާގެ ނޭވީ ސިފައިން ކަމަށް އެ ޕޯސްޓުތަކުގައިވެ އެވެ.
ބޭރުގެ ސިފައިން ދޯންޏަށް އަރައި ފަޅުވެރިންނާ ސުވާލުކުރި
އިންޑިއާ ސިފައިން ތިބީ ގަޔަށް ބަޑިދިއްކޮށްގެން: ކައްޕި
މަސްވެރިންގެ ފޯނުތައް އަތުލައި ހެކި ނައްތާލި
ނަޝީދަށް އިންޑިއާގެ ސިފައިން ގޯހެއް ނުވި!
އައްޑޫގައި ތިބި އިންޑިއާ ސިފައިން ފައިބައިފި
ސިފައިން އެރި މައްސަލާގައި ފިޔަވަޅުތައް އަޅާނެ: ތޯރިގު
ބޮޑު ހަތިޔާރު ނަގައިގެން ބޯޑަރު ނުބެލެހެއްޓޭނެ: އީވާ
"ދޯނިތަކަށް އިންޑިއާ ސިފައިން އެރީ ގާނޫނާ ހިލާފަށް"
އިންޑިއާސިފައިން ދޯނިތަކަށް އެރި ސަބަބު ހޯދަން އެދިއްޖެ
ދޯނިތަކަށް އެރި އިންޑިއާގެސިފައިންގެ ވީޑިއޯ އާންމުކޮށްފި