Roadha Mihaaru

ފުވައްމުލަކު ބަނދަރުގެ މަސައްކަތްކުރާ ކުންފުނީގެ ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ފުވައްމުލަކު ބަނދަރު މަސައްކަތް ކުރާ އެމްޓީ ހޯގާޑް މޯލްޑިވްސް ޕްރައިވެޓް ކުންފުނީގެ ސައިޓުގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފި އެވެ.

ފުވައްމުލަކު ބަނދަރުހަދާ ކުންފުނީގެ ސައިޓުގައި ރޯވެއްޖެ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

18 އެޕްރީލް 2023

ފުވައްމުލަކު ބަނދަރު މަސައްކަތް ކުރާ އެމްޓީ ހޯގާޑް މޯލްޑިވްސް ޕްރައިވެޓް ކުންފުނީގެ ސައިޓުގައި ހުރި އިމާރާތެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގައިފި އެވެ.

އަލިފާން ރޯވީ އެ ކުންފުނީގެ ބައްދަލުވުންތައް ބޭއްވުމަށާއި ބައެއް ތަކެތި ބެހެއްޓުމަށް ބޭނުންކުރާ އިމާރާތެއްގަ އެވެ. އެއީ ފުވައްމުލަކު، މާލެގަން އަވަށުގައި ހުންނަ ސައިޓެކެވެ.

އެމްއެންޑީއެފުން ބުނީ އެ ހާދިސާ ހިނގީ މިއަދު ހެނދުނު ކަމަށެވެ. މިހާރު އަލިފާން ނިއްވާލާފައިވާއިރު، މީހަކަށް އަނިޔާއެއް ނުލިބޭ ކަމަށް އެމްއެންޑީއެފުން ބުންޏެވެ. ނަމަވެސް އެތަނުން އަދިވެސް ދުން އަރަމުންދާތީ އެތަން މޮނިޓާ ކުރަމުން އަންނަ ކަމަށް ސިފައިން ބުންޏެވެ.

ފުވައްމުލަކު ކައުންސިލް މެމްބަރު މުހައްމަދު ނާޖިހު "މިހާރު" އަށް ވިދާޅުވީ ލިބުނީ ކިހާ ވަރެއްގެ ގެއްލުމެއްކަން އަދި ނޭނގޭ ކަމަށެވެ.

ސޯޝަލް މީޑިއާގައި މީހަކު ހިއްސާކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެ އިމާރާތުގައި އެއްކޮށް ވަނީ ރޯވެފަ އެވެ. އަދި އަލިފާން ނިއްވުމުގެ މަސައްކަތުގައި ބަޔަކު އުޅެ އެވެ.

ޑެންމާކްގެ ހޯގާޑް ކުންފުނިން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ބަނދަރާއި ރިވެޓްމެންޓްގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ އިތުރުން ބިން ހިއްކުމުގެ މަސައްކަތް ކުރެ އެވެ.

ފުވައްމުލަކުގައި ބަނދަރު ހެދުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރު އެވެ.