Roadha Mihaaru

ފުވައްމުލަކު ބަންޑާރަ ކިޅީގައި ރޯވެ އަނދައިފި

ފުވައްމުލަކު ބަންޑާރަ ކިޅީގެ ބޮޑު ސަރަހައްދެއްގައި މިއަދު އަލިފާން ރޯވެ އަނދައިފި އެވެ.

ފުވައްމުލަކު ބަންޑާރަ ކިޅީގައި ރޯވެ އަނދައިފި
ފަޒީނާ އަހުމަދު
ފަޒީނާ އަހުމަދު

29 ޖޫން 2017

ފުވައްމުލަކު ބަންޑާރަ ކިޅީގެ ބޮޑު ސަރަހައްދެއްގައި މިއަދު އަލިފާން ރޯވެ އަނދައިފި އެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ބޯކޮށް ގަސް ހެދިފައިވާ އެ ސަރަހައްދުގައި ރޯވި ކަމުގެ ރިޕޯޓް ލިބުނީ މިއަދު 2:00 ގަ އެވެ. ފުވައްމުލަކުގައި ތިބި ފަޔަ އެންޑް ރެސްކިއު ޓީމުން މިހާރު އަންނަނީ އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންނެވެ.

އެމްޑީއެފުން ބުނި ގޮތުގައި އަލިފާން ރޯވި ސަރައްދުގެ ގާތްގަނޑަކަށް 70 ޕަސެންޓް މިހާރު ވަނީ ނިއްވާލައިފަ އެވެ. މުޅިން ނުނިވި ލަސްވަނީ، ވައި ހުރި ގޮތުން ކަމަށް ވެސް އެތަނުން ބުންޏެވެ.

ބަންޑާރަ ކިޅީގައި ރޯވި ސަބަބެއް އަދި ނޭނގެ އެވެ. އެތަނުގައި ދޭތެރެ ދޭތެރެ އިން ރޯވެ އަނދަ އެވެ.