Roadha Mihaaru

ބޯޓުގައި ރޯވެ ހާލު ބޮޑުވި މީހާ މަރުވެއްޖެ

މާލެ އިން ފުރައިގެން ދ. ވާނީ އަށް ދަތުރުކުރި ފުވައްމުލަކު ބޯޓެއްގައި ރޭ ފަތިހު ރޯވެ، އޭގައި ތިބި 16 މީހުންގެ ތެރެއިން ހާލު ބޮޑުވި މީހާ މަރުވެއްޖެ އެވެ.

ބޯޓުގައި ރޯވެ ހާލު ބޮޑުވި މީހާ މަރުވެއްޖެ

މާލެ އިން ފުރައިގެން ދ. ވާނީ އަށް ދަތުރުކުރި ފުވައްމުލަކު ބޯޓެއްގައި ރޭ ފަތިހު ރޯވެ، އޭގައި ތިބި 16 މީހުންގެ ތެރެއިން ހާލު ބޮޑުވި މީހާ މަރުވެއްޖެ އެވެ.

ފުލުހުން ބުނީ، ފުވައްމުލަކު ކިނބިދޫގޭ މުހައްމަދު އަހުމަދު، 62 މަރުވީ ފ. ނިލަންދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން އަންނަނިކޮށް ކަމަށެވެ. ސީ އެމްބިއުލާންސްގައި އެ މީހާ ނިލަންދު އަށް ގެންދިޔައިރު ވެސް ހޭނެތިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި "ރަވާނާ" ބޯޓު އެއްކޮށް ވަނީ އަނދައި ހުލިވެ، އަޑިއަށް ގޮސްފަ އެވެ. މުދާ އުފުލާ މި ބޯޓަކީ ފުވައްމުލަކުގައި ބޭނުންކުރާ އެންމެ ބޯޓު ކަމަށް ވެ އެވެ.

ރަވާނާ ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވައިލުމަށް ފަޔާމަނުން ހަރަކާތްތެރިވަނީ.---ފޮޓޯ: ޕޮލިސް

ރަވާނާ ބޯޓުގައި ރޯވި އަލިފާންގަނޑު ނިއްވައިލުމަށް ފަޔާމަނުން ހަރަކާތްތެރިވަނީ.---ފޮޓޯ: ޕޮލިސް

މި އަލިފާނުގެ ހާދިސާގައި މަރުވި މީހާ ފިޔަވައި އެހެން މީހުން ސީ އެމްބިއުލާންސްގައި ދ. ހުޅުދެއްޔަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އަލިފާން ރޯވިއިރު ބޯޓުގައި ތިބީ ހަތް ދިވެހިންނާއި ނުވަ ބިދޭސީން ކަމަށް ފުލުހުން ބުންޏެވެ.

ރަވާނާ ބޯޓު ރޯވި އިރު އޮތް ތަން. -- ފޮލޯމީ.އެމްވީ

ރަވާނާ ބޯޓު ރޯވި އިރު އޮތް ތަން. -- ފޮލޯމީ.އެމްވީ

ފުލުހުން ބުނިގޮތުގައި އަލިފާން ރޯވުމާ އެކު، ބޯޓުގައި ތިބި މީހުން ވަނީ މޫދަށް ފުންމާލައިފަ އެވެ. އަދި އެ ވަގުތު އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ 'ދަންޑެހެލު' ނަމަކަށް ކިޔާ ދޯންޏަކަށް އެ މީހުން ނެގި ކަމަށް ފުލުހުން ބުނެ އެވެ. އެހެންވެ، އެއްވެސް މީހަކު ފިހިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.