Roadha Mihaaru

ޓްރީ ޓޮޕްގެ ހިދުމަތްތައް މާދަމާ އާއްމު ޝެޑިއުލްގައި ފަށާނެ

ހިދުމަތްތައް ދޭ ގަޑިތަކަށް ރޯދަ މަހު ގެނައި ބަދަލަށް ފަހު، ކުރިއެކޭ އެއްގޮތަށް މާދަމާއިން ފެށިގެން ހިދުމަތްތައް ފައްޓާނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފި އެވެ.

ޓްރީ ޓޮޕްގެ ހިދުމަތްތައް މާދަމާ އާއްމު ޝެޑިއުލަށް
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

21 އެޕްރީލް 2023

ހިދުމަތްތައް ދޭ ގަޑިތަކަށް ރޯދަ މަހު ގެނައި ބަދަލަށް ފަހު، ކުރިއެކޭ އެއްގޮތަށް މާދަމާއިން ފެށިގެން ހިދުމަތްތައް ފައްޓާނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނީ ފިތުރު އީދާ ގުޅިގެން މިއަދު އޯޕީޑީ، ޓީޓީއެޗް ކްލިނިކް، އަދި ފެމިލީ ކްލިނިކް ބަންދުވާނެ ކަމަށެވެ. އެ ހޮސްޕިޓަލުން މިއަދު ލިބޭނީ އިން-ޕޭޝަންޓް ޑިޕާޓްމަންޓުގެ ހިދުމަތާއި 24 ގަޑިއިރު ލިބޭ އިމަޖެންސީ ޑިޕާޓްމަންޓުގެ ހިދުމަތެވެ.

ހޮނިހިރު ދުވަހުން ފެށިގެން އޯޕީޑީ، ޓީޓީއެޗް ކްލިނިކް، އަދި ފެމިލީ ކްލިނިކުގެ ހިދުމަތް ހެނދުނު 8 އިން ރޭގަނޑު 10އަށް ލިބޭނެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުގައި އެކި ބަލިތަކަށް ހާއްސަ ގިނަ ޑިޕާޓުމަންޓުތަކުން ހިދުމަތް ދެ އެވެ. މި ހޮސްޕިޓަލުން ފަރުވާ ހޯދަން 3351610 އަށް ގުޅައިގެން އެޕޮއިންޓުމަންޓު ހެއްދޭނެ އެވެ. އަދި ހޮސްޕިޓަލުގެ އެޕް މެދުވެރިކޮށް އޮންލައިންކޮށް ވެސް އެޕޮއިންޓްމަންޓް ހެއްދޭނެ އެވެ.