Roadha Mihaaru
ޓްރީ ޓޮޕްއިން އެސިންކްރޮނަސް ޓްވިން ޑެލިވަރީ ހަދައިފި

ޓްރީ ޓޮޕްއިން އެސިންކްރޮނަސް ޓްވިން ޑެލިވަރީ ހަދައިފި

08 ނޮވެމްބަރ 2023

އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިނދެ، ދެ ކުދިން ދެ ވަގުތެއްގައި ވިހެއުމުގެ ޕްރޮސީޖާ އެސިންކްރޮނަސް ޓްވިން ޑެލިވަރީ (އޭޓީޑީ) ޓްރީ ޓޮޕް ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް ހަދައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އެއްމާބަނޑު ދެ ކުދިންނަށް ބަލިވެ އިނދެ، ދެ ކުދިން ދެ ވަގުތެއްގައި ވިހެއުމުގެ ޕްރޮސީޖާ އެސިންކްރޮނަސް ޓްވިން ޑެލިވަރީ (އޭޓީޑީ) ޓްރީ ޓޮޕް ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް ހަދައިފި އެވެ.

އެސިންކްރޮޮނައިޒް ޓުވިން ޑެލިވަރީ އަކީ އެއްމާބަނޑު ދެ ކުދިން ދެ ވަގުތެއްގައި ވިހެއުމުގެ ޕްރޮސީޖަރެކެވެ. ޓްރީ ޓޮޕްއިން މި ޕްރޮސީޖަރު ހަދާފައި ވަނީ ފުރަތަމަ ޓުވިން ބައިގެން ދިޔަތާ 98 ދުވަހަށް ފަހު އެވެ.

މި ޕްރޮސީޖާ ކާމިޔާބުކޮށް ދެ ވަނަ ޓުވިންގެ ޑެލިވަރީ ކުރުމުގެ ގޮތުން މައިމީހާ އާއި ދަރިފުޅުގެ ހުރިހާކަމެއް ވިހެއުމާ ހަމައަށް އަދި ވިހެއުމުގެ ފަހުން ވެސް އެ ހޮސްޕިޓަލުން ވަރަށް ގާތުން، ވަރަށް ފުރިހަމައަށް މޮނީޓާ ކޮށްފައިވާނެ ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ. އަދި މި ޕްރޮސީޖަރަކީ ރިސްކު ބޮޑު ޕްރޮސީޖަރަކަށްވުމުން މައިމީހާ އާއި ދަރިފުޅުގެ ފުރާނަ ސަލާމަތްކޮށް ޕްރޮސީޖާ ކާމިޔާބުކުރުމަށް ޕްރެގްނެންސީ މުއްދަތު އިތުރުކުރުމަށް މަސައްކަތް ކުރި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ޓްރީ ޓޮޕް އިން ބުނީ ވިހެއުމުގެ ކުރިންނާއި ފަހުން މައިމީހާ އާއި ދަރިފުޅަށް ބޭނުންވާ ހުރިހާ ފަރުވާއެއް އެ ހޮސްޕިޓަލުން ފުރިހަމަކޮށްފައި ވާނެ ކަމަށެވެ.

މި ޕްރޮސީޖާ ފުރިހަމަކުރުމަށް އެ ހޮސްޕިޓަލުގެ އޮބްސްޓެޓްރިކް އަދި ގައިނެކޮލޮޖިކަލް ޑޮކްޓަރުންގެ ޓީމުން ވަނީ ސްވިފްޓް އެމަޖެންސީ ސިޒޭރިއަން ހަދައިފަ އެވެ. އަދި ވިހެއުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމާ ހަމައަށް ތުއްތު ދަރިފުޅަށް ބޭނުންވާ ފަރުވާ ދިނުމަށްޓަކައި ޓްރީ ޓޮޕް ކުޑަކުދިންގެ ޑޮކްޓަރުން ވަނީ އެންމެ އެކަށޭނަ ފަރުވާ ނިއޯނޭޓަލް އިންޓެންސިވް ކެއާ ޔުނިޓް (އެން.އައި.ސީޔޫ) ގައި ފޯރުކޮށްދީފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ މި ޕްރޮސީޖާ އަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ވެސް މަދުން ހަދާ ޕްރޮސީޖަރަކަށްވުމުން ޓްރީ ޓޮޕް ހޮސްޕިޓަލުން ކާމިޔާބުކަމާ އެކު މި ޕްރޮސީޖާ ފުރިހަމަކުރުމަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.

މި ޕްރޮސީޖަރު ހެދުމުގައި އިސްކޮށް އުޅުއްވީ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީގެ ކޮންސަލްޓަންޓް ޑރ. މާރިއާ ކްރިސްޓީނާ އަލްމޮންޓޭ އާއި އޭނާގެ ޓީމެވެ. އަދި ނިއޯނެޓޮލޮޖިސްޓު ޑރ. އިންގްރިޑް، ޑރ. ބިޕިން، ޑރ. މުސްތަފާ އަދި ކުޑަކުދިންގެ ޑޮކްޓަރު ޑރ. އެލެސަންދްރާ އަދި ޑރ. ސުބިން ވެސް މި ޓީމުގައި ހިމެނެ އެވެ.