Roadha Mihaaru
އަހަރީ ދުވަހު ލޭ ހަދިޔާކުރުމުގެ ކެމްޕެއިނެއް

ޓްރީ ޓޮޕްގެ އަހަރީ ދުވަހު ލޭ ހަދިޔާކުރުމުގެ ކެމްޕެއިނެއް

23 އެޕްރީލް 2024

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކާމިޔާބުކަމާ އެކު ލޭ ހަދިޔާކުރުމުގެ ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހަ ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ކާމިޔާބުކަމާ އެކު ލޭ ހަދިޔާކުރުމުގެ ކެމްޕެއިނެއް ކުރިއަށް ގެންގޮސްފައިވާ ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އެ ހޮސްޕިޓަލުން ބުނީ އާދިއްތަ ދުވަހާއި ހޯމަ ދުވަހު ކުރިއަށް ގެންދިޔަ މި ކެމްޕެއިން އަކީ ހޮސްޕިޓަލުން ފަރުވާ ހޯދާ ފަރާތްތަކަށާއި، މުޖުތަމައަށް ލޭހޯދުމަށް ހުންނަ ދަތިތަކަށް ލުއިކަމެއް ފޯރުކޮށްދިނުމަށް ހިންގި ހަރަކާތެއް ކަމަށެވެ. އެ ހޮސްޕިޓަލުގެ އިޖުތިމާއީ ޒިންމާގެ ދަށުން ހިންގި މި ހަރަކާތައް މެނޭޖުމަންޓާއި މުވައްޒަފުންގެ ބޮޑު ތަރުހީބެއް ލިބުނުކަން އެ ހޮސްޕިޓަލުން ފާހަގަކުރެ އެވެ.

ޓްރީ ޓޮޕުން ބުނީ އެ ކެމްޕެއިނުގައި އެ ހޮސްޕިޓަލަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ނަގާ ލޭ ނަގާފައިވާ ކަމަށާއި، ސިއްހީ ހިދުމަތްދޭ ތަންތަނަށް އެ ލޭ ހަދިޔާކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޓްރީ ޓޮޕް އަކީ އިޖުތިމާއީ ޒިންމާގެ ސަގާފަތެއް ކުރިއަރުވައި، މުޖުތަމައުއަށް ފައިދާކުރާނެ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް އަހަމިއްޔަތުކަމެއްދޭ ހޮސްޕިޓަލެއް ކަމަށް އެ ހޮސްޕިޓަލުން ބުންޏެވެ.