ގދ. ފަރެސްމާތޮޑާ ފަޅުން ވެލި ނަގައިގެން ފުވައްމުލަކަށް ގެންދާތީ އެ ރަށު ކައުންސިލުން އެކަން ކުށްވެރިކޮށް، ކަންބޮޑުވުން ފާޅުކޮށްފި އެވެ.
24 އެޕްރީލް 2023
ގދ. ފަރެސްމާތޮޑާ ފަޅުން ވެލި ނަގައިގެން ފުވައްމުލަކަށް ގެންދާތީ އެ ރަށު ކައުންސިލުން އެކަން ކުށްވެރިކޮށް، ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނި ގޮތުގައި، އެކަން ކުރަމުން ދަނީ އެ ރަށު ފުޓްބޯޅަ ދަނޑު ރަނގަޅު ފެންވަރަކަށް ހެދުމަށް ބޭނުންވާ ވެލި، އެއާޕޯޓް މަޝްރޫއުގެ ތެރެއިން ގެންދިއުމަށް ޔޫތު މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީއާ ދެމެދު މަޝްވަރާކޮށް، ވެލި ނުލިބިގެން ކަމަށް ބުނެ އެ މަސައްކަތް ނުފެށި އޮއްވަ އެވެ.
ފަރެސްމާތޮޑާގެ ދެކުނު ފަރާތް ހިއްކުމަށް ބޭނުންވާ ވެލި ނެގުމަށް ކުރި ސާވޭގައި، އެ ރަށުގެ އެތެރެވަރީގެ ދެ ތިލައަކުން ވެލި ނަގަން ބުނެފައި އޮއްވައި، ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް އެ ތަންތަނުން ވެލި ނަގައިގެން ގެންދާ ކަމަށް ވެސް ކައުންސިލުން ބުންޏެވެ.
ކައުންސިލުން ބުނި ގޮތުގައި، ފަރެސްމާތޮޑާ ފަޅުން 45،000 ކޮޑިމީޓަރުގެ ވެލި ނަގައިގެން ފުވައްމުލަކަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ހިންގާ މަޝްރޫއަށް ބޭނުންވާ ވެލި ފަރެސްމާތޮޑާއާ ގުޅިފައިވާ ސަރަހައްދުގެ އެއްވެސް ހިސާބަކުން ކޮނެގެން ނަގަން އީޕީއޭ އިން ހުއްދަ ދީފައި ނުވާ ކަމަށާއި އެކަން ކުރަނީ ގަވާއިދާ ހިލާފަށް ކަމަށް ވެސް ކައުންސިލުން ތުހުމަތު ކުރެ އެވެ.
"...ގަވާއިދާ ހިލާފަށް ކޮންނަ ކޮނުން ކުށްވެރިކޮށް، ވަގުތުން ހުއްޓާލުމަށް ފަރެސްމާތޮޑާ ކައުންސިލުން ގޮވާލަމެވެ،" ބަޔާނުގައި ވެ އެވެ.
ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ޑެންމާކްގެ ހޯގާޑް ކުންފުންޏާ އެވެ. އެއީ މިހާރު ރާއްޖޭގެ ރަށެއްގައި ހިންގާ ގޮނޑުދޮށް ހިމާޔަތްކުރުމުގެ އެންމެ ބިޔަ ޕްރޮޖެކްޓެވެ. ދިވެހި ސަރުކާރާއި ނެދަލަންޑް އަދި ކުވެއިތު ސަރުކާރުން ފަންޑުކޮށްގެން ހިންގާ އެ މަޝްރޫއުއަށް 422 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ.
އެ މަޝްރޫއުގެ ދަށުން ފުވައްމުލަކު ބަނދަރުގެ އުތުރުން ފެށިގެން، ރަށުގެ އިރުމަތީ ފަރާތުގައި 2،650 މީޓަރުގެ ބޮޑުހިލައިގެ ތޮއްޓެއް ހަދަން ނިންމާފައިވެ އެވެ.
އީޕީއޭއިން އެޅި ފިޔަވަޅުތަކަށް މަޓީން މަރުހަބާ ކިޔައިފި
ބިންހިއްކުމާއި ފަޅު ފުންކުރުން މަޑުޖައްސާލަން އަންގައިފި
ވެލި ނެގުމުގެ ގަވައިދު ބަދަލުކުރީ 2014 ގައި
ވެލި ނެގުމަށް ހުއްދަ ދެވޭ ގޮތް ބަދަލުކޮށްފި
ފުވައްމުލަކުގެ 50 މަގެއްގައި ތާރު އަޅަން ފަށައިފި
ފަރަށް އެރުމުން ފިލި ބާޖު 100 މިލިއަނުން ޖޫރިމަނާ
އިހަވަންދޫގެ ބިން ހިއްކައި ނިންމާލައިފި
އެމްޓީސީސީއަށް 476 މިލިއަން ރުފިޔާގެ މަޝްރޫއު
ދުވާލަކު ހެކްޓަރެއް ހިއްކޭ ޑްރެޖަރު ރާއްޖެ އަތުވެއްޖެ
ފަރަށް ނާރައޭ ބުނެ އެމްއެމް އެކްސްޕޯޓުގެ ބާޖު ފިލައިފި