ރާއްޖޭގައި ފުޅާދާއިރާއެއްގައި ކަންނެލި ޕްރޮސެސް ކުރާ އެއް ކުންފުނި، ބިގް ފިޝް މޯލްޑިވްސް އިން އަލްޓްރާ - ލޯ ޓެމްޕަރޭޗާ (ޔޫއެލްޓީ) ގަނޑުކުރި މަހުގެ އާ އުފެއްދުމެއް ތައާރަފްކޮށްފި އެވެ.
26 އެޕްރީލް 2023
ރާއްޖޭގައި ފުޅާދާއިރާއެއްގައި ކަންނެލި ޕްރޮސެސް ކުރާ އެއް ކުންފުނި، ބިގް ފިޝް މޯލްޑިވްސް އިން އަލްޓްރާ - ލޯ ޓެމްޕަރޭޗާ (ޔޫއެލްޓީ) ގަނޑުކުރި މަހުގެ އާ އުފެއްދުމެއް ތައާރަފްކޮށްފި އެވެ.
އެ ކުންފުނިން މި އުފެއްދުން ތައާރަފްކުރީ މިހާރު ބާސެލޯނާގައި ކުރިއަށްދާ ސީފުޑް އެކްސްޕޯގަ އެވެ.
ބިގް ފިޝް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ލަތީފު ވިދާޅުވީ، އެ އުފެއްދުމުގެ އެންމެ ހާއްސަ ކަމަކީ މައިނަސް 60 ޑިގްރީ ސެލްސިއަސްގައި ގަނޑުކުރި މަސް، މަހުގެ ތާޒާކަމަށާއި މަހުގެ ޓެކްސްޗާއަށް ބަދަލެއް ނައިސް ސަޝީމީ ކޮލިޓީގައި ވިއްކުމުގެ ފުރުސަތު ލިބުން ކަމަށެވެ.
އެކަމަށް ހާއްސަ ފްރީޒިން ފެސިލިޓީ މިހާރު އަންނަނީ ތައްޔާރު ކުރަމުންނެވެ. އަދި އޮގަސްޓް މަހުން ފެށިގެން އެ ޕްރޮޑަކްޓު މާކެޓަށް ނެރޭނެ އެވެ.
ލަތީފު ވިދާޅުވީ، މީގެ ކުރިން "ފްރެޝް" މަހުގެ ގޮތުގައި އެއާ ފްރައިޓު ނުކުރެވޭ ހާލަތްތަކުގައި ޖެހެނީ މައިނަސް 20 ޑިގްރީގައި މަސް ގަނޑު ކުރަން ކަމަށެވެ. ނަމަވެސް އޭރުން މަހަށް ލިބޭ އަގު ވަރަށް ބޮޑަށް ދައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. ސަބަބަކީ މަހުގެ ކޮލިޓީ އާއި ޓެކްސްޗާއަށް ބަދަލު އައުމެވެ.
ކަނޑުމަސް. ކަނޑުގެ މަހުގެ ބާވަތްތައް މައިނަސް 60 ޑިގްރީގައި ފިނުކުރުމަށް ހާއްސަ ފެސިލިޓީއެއް ބިގް ފިޝް އިން އަންނަނީ ހަދަމުން-- ފޮޓޯ: ބިގް ފިޝް
"މައިނަސް 60 ޑިގްރީގައި ސެލްސިއަސްގައި ބަހައްޓާ މަސް، ޑީފްރީޒް ކުރުމުން ވެސް ހަމަ އެންމެ ފްރެޝް ކޮލިޓީ މަހުގެ ގޮތުގައި ބޭނުން ކުރެވޭނެ." އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގިނަ ދުވަހު ތާޒާ ކަންމަތީ މި އުފެއްދުން ބެހެއްޓެނީ ވަރަށް އަވަސް ސްޕީޑެއްގައި މައިނަސް 60 ޑިގްރީއާ ހަމައަށް ގަނޑުކުރެވޭތީ އެވެ. އެހެންކަމުން، މަސް ތިޔާގިވާ ދުވަސްވަރުގައި ވެސް، މަހުގެ އަގު މާބޮޑަށް ދަށް ނުކޮށް މަސްވެރިންގެ އަތުން ރަނގަޅު އަގެއްގައި މަސް ގަނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއީ އެ މިންގަނޑުގައި ރާއްޖޭގައި މަސް ގަނޑުކުރާ ފުރަތަމަ ފަހަރެވެ. މައިނަސް 60 ޑިގްރީ ގައި ބަހައްޓާ ކަންނެލި ކޮލިޓީގެ ގޮތުންނާއި ތިމާވެއްޓާ ރައްޓެހި މިންގަނޑުގެ ގޮތުން މުޅިން އާ ބެންޗް މާކެއް އުފެއްދޭނެ ކަމަށް ބިފް ފިޝް އިން ބުންޏެވެ.
ބިގް ފިޝް އިން އެ މިންގަނޑުގައި ގަނޑު ކުރާ މަހުގެ ބާވަތްތައް ވިއްކާނީ އީޔޫގެ ގައުމުތަކަށާއި އިނގިރޭސިވިލާތަށެވެ. އެކުންފުނިން އާންމުކޮށް އެކްސްޕޯޓު ކުރަނީ ކަންނެލީގެ ބާވަތްތަކެވެ.
ރާއްޖޭގައި އާންމުކޮށް ގަނޑުކުރި މަހުގެ ފިނި މިންގަނޑު ހިފަހެއްޓިފައި ހުންނަނީ މައިނަސް 20 ޑިގްރީ ސެލްސިއަސްގަ އެވެ. އެ މިންގަނޑުގައި މަސް ގަނޑު ކުރުމުން މަހުގެ ތާޒާކަން ގެއްލި، ޓެކްސްޗާއަށް ބަދަލު އާދެ އެވެ. މިހެންވުމުން އެބާވަތުގެ މަސް ވިއްކޭ އަގު ވަރަށް ބޮޑަށް ދަށްވެ އެވެ.
މައިނަސް 60 ޑިގްރީ ސެލްސިއަސްގައި މަސް ގަނޑު ކުރުމުން، ރަނގަޅު ކޮލިޓީގެ މަސް ކުރިން 20 ޑިގްރީގައި ގަނޑުކުރި މަހަށް ލިބޭ އަގަށް ވުރެ ގާތްގަނޑަކަށް 150 ޕަސެންޓު މަތީ އަގެއްގައި ބޭރުގެ މާކެޓުގައި ވިއްކޭނެ ކަމަށް ބިގް ފިޝް މޯލްޑިވްސް އިން ބުންޏެވެ.
މަހުގެ އެކްސްޕޯޓް 50 ޕަސެންޓް ދަށަށް
ޔޫކޭއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއް ހަދަނީ
ހޯމަ ދުވަހުގެ ނިޔަލަށް މަސްދަޅު ކޭސް ބަހައި ނިންމަނީ
މާލޭގައި 40،000 މަސްދަޅު ކޭސް ބަހައިފި
މަސްދަޅު ކޭސް ޓޯކަން މިއަދު 6 ޖަހާއިރު ދޫކުރަނީ
މާލެ ސަރަހައްދުގައި މަސްދަޅު ދޫކުރަން ޓޯކަން ނިޒާމެއް
އެފްޓީއޭގެ ދަށުން އެންސިސްގެ އުފެއްދުންތައް ޗައިނާއަށް
މާލެ ސަރަހައްދަށް މަސްދަޅު ބަހަން ފެށުން މާދަމާ މެންދުރު 2:30 ގައި
މާލޭގައި މަސްދަޅު ކޭސް ބަހާނީ މި މަހުގެ 20-28އަށް
ސަރުކާރުން ދޭ މަސްދަޅު ރަށްރަށުގައި ބަހަން ފަށައިފި