ރާއްޖޭގައި ފުރަތަމަ ފަހަރަށް، އައިވީއެފްގެ ހިދުމަތް ރަސްމީކޮށް ފަށަން ތައްޔާރުވާ، ޓްރީ ޓޮޕް ހޮސްޕިޓަލުން އެ ހިދުމަތް ފެށުމުގެ ކުރިން ސްކްރީން ޕްރޮގްރާމެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފި އެވެ.
03 މެއި 2023
ރާއްޖޭގައި ފުރަތަމަ ފަހަރަށް، އައިވީއެފްގެ ހިދުމަތް ރަސްމީކޮށް ފަށަން ތައްޔާރުވާ، ޓްރީ ޓޮޕް ހޮސްޕިޓަލުން އެ ހިދުމަތް ފެށުމުގެ ކުރިން ސްކްރީން ޕްރޮގްރާމެއް ކުރިއަށް ގެންދާ ގޮތަށް ހަމަޖައްސައިފި އެވެ.
އަންނަ މަހު އައިވީއެފްގެ ހިދުމަތް ފެށުމުގެ ކުރިން ޓްރީ ޓޮޕުން ފަށާ ސްކްރީން ޕްރޮގްރާމް އޮންނާނީ އަންނަ ހޮނިހިރާއި އާދިއްތަ ދުވަހުގެ މެންދުރު 1 އިން ރޭގަނޑު 10 އަށެވެ. މި ސްކްރީންގެ ކޮންސަލްޓޭޝަން ފީ އޮންނާނީ ހިލެ އެވެ.
އައިވީއެފްގެ ހިދުމަތް ފެށުމަށް ޓަކައި، އެ ހޮސްޕިޓަލުން މިހާރު ވަނީ ވަރަށް ބޮޑަށް ތައްޔާރުވެ، އެކަމަށް ބޭނުންވާ ސާމާނު ގެނެސް، އެކަމަށް ހާއްސަ ސެންޓަރެއް ވެސް ހަދައިފަ އެވެ. ޓްރީ ޓޮޕްގެ ތިން ވަނަ ފްލޯގައި ގާއިމުކޮށްފައިވާ އައިވީއެފް ސެންޓަރަށް ޒަމާނީ ޓެކްނޮލޮޖީ އާއި މެޝިނަރީ ގެނެސް، ސެޓަޕް ހަދައި ހިދުމަތް ފެށޭ ވަރަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ. ޓްރީ ޓޮޕުން ބުނީ މި މަހުގެ ފަހުކޮޅު ސެންޓަރު ރަސްމީކޮށް ހުޅުވާނެ ކަމަށެވެ.
އައިވީއެފް ސެންޓަރުގެ ލެބޯޓަރީ އާއި ސްޓޯރޭޖް ފެސިލިޓީ އާއި ސާމަޕްލް އާއި އެމްބްރިއޯ ކަލެކްޝަން އަދި ޓްރާންސްފާ ޔުނިޓާއި ތިއޭޓަރު ވެސް އެ ހޮސްޕިޓަލުން އިއްޔެ ވަނީ "މިހާރު"ގެ ނޫސްވެރިންނަށް ދައްކައިލައިފަ އެވެ.
ޓްރީ ޓޮޕް އޮފިޝަލުން ވިދާޅުވީ އެތަނަކީ ސާމްޕަލް ކަލެކްޝަނާއި އެމްބްރިއޯ ޓްރާންސްފާގައި ސަލާމަތީ ގޮތުން ރައްކާތެރިކަން ކަށަވަރު ކުރެވޭ ފެންވަރަށް ގާއިމުކޮށްފައި ފެސިލިޓީތަކެއް ކަމަށެވެ. އަދި އެ ފެސިލިޓީތަކަކީ "ސްޓޭޓް އޮފް ދި އާޓް ސްޓޭންޑަޑަށް" ފެތޭ ގޮތަށް ގާއިިމުކޮށްފައިވާ ވަސީލަތްތަކެއް ކަމަށް ވެސް އޮފިޝަލުން ވިދާޅުވި އެވެ.
އައިވީއެފް ހިދުމަތް ފެށުމުގެ ކުރިން، ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ޓީމަކާ އެކު ޓްރީ ޓޮޕްގެ މެނޭޖުމެންޓުން ވަނީ އިންޑިއާގެ ބައެއް އައިވީއެފް ސެންޓަރުތަކަށް ޒިޔާރަތްކޮށް އެ ތަންތަނުގެ ފެންވަރާއި ރައްކާތެރި ކަމުގެ ފިޔަވަޅުތައް ހުރި ގޮތް ބަލައި ދިރާސާ ވެސް ކޮށްފަ އެވެ.
ޓްރީޓޮޕްގެ އައިވީއެފްގެ ހިދުމަތް ދިނުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ހޯދުމުގައި އިންޑިއާގެ އައިވީއެފް ސެންޓަރަކާ، ޓްރީޓޮޕުން ވަނީ އެފިލިއޭޓް ވެފަ އެވެ.
ޓްރީ ޓޮޕްގައި އައިވީއެފް ހިދުމަތް ފޯރުކޮށްދިނުމަށް އެންމެ އިސްކޮށް ހަރަކާތްތެރި ވާނީ ބޭރުގެ ތަޖުރިބާކާރަކާއި ރާއްޖޭގައި މި ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރު ޒާކިޔާ އަހުމަދެވެ. ކުރިން ގައިނޮލޮޖިސްޓެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ޒާކިޔާ މިހާރު ވަނީ އައިވީއެފްގެ ދާއިރާއިން ސްޕެޝަލައިޒް ވެވަޑައިގެންފަ އެވެ.
ޓްރީ ޓޮޕުން ބުނީ، އައިވީއެފްގެ ހިދުމަތުގެ އަގުތަކާއި އިތުރު މައުލޫމާތުތައް ކުރިއަށް އޮތްތާނގައި ހާމަކުރާނެ ކަމަށެވެ.
ސްކްރީން ޕްރޮގްރާމްގެ ރެޖިސްޓްރޭޝަން ލިންކް: https://www.treetophospital.com/fertility-contact
އަހަރުގެ ފުރަތަމަ "ނާޗާ" ޕްރޮގްރާމް ބާއްވައިފި
އައިވީއެފްގެ ފުރަތަމަ ދަރިފުޅު: އުފަލާއި ހިތާމަ!
ރާއްޖޭގައި އައިވީއެފް ހެދި ފުރަތަމަ ދަރިފުޅު ވިހައިފި
ޓްރީޓޮޕްގެ ފުރަތަމަ 10 އައިވީއެފުން 6 ކާމިޔާބު
ފެންވަރު ދަށް ބޭހުން ހަފުސްވިޔަސް ކަމަކަށް ނުވޭ!
މި ސަރަހައްދުން ބޭސް އެތެރެކުރާތީ ނަޒީރުގެ ކަންބޮޑުވުން
ތާރީހީ ދުވަހެއް، ރާއްޖޭގައި އައިވީއެފް ހަދަން ފަށައިފި
އުއްމީދުގެ ހުޅުކޮޅު، ރާއްޖޭން އައިވީއެފް!
އައިވީއެފް ފެށުން 29 ގައި، ސްކްރީނަށް 250 މީހުން
ގައިޑްލައިން ފުރިހަމަވުމުން އައިވީއެފަށް ހުއްދަ ދެނީ