02 މެއި 2023
ފެޝަންގެ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އިވެންޓް، މެޓް ގާލާ 2023 ގައި މި ފަހަރު ވެސް ތަފާތު ގިނަ ލުކްތަކެއް ފެނުނެވެ.
ފެޝަންގެ ދުނިޔޭގައި ބާއްވާ އެންމެ ބޮޑު އިވެންޓް، މެޓް ގާލާ 2023 ގައި މި ފަހަރު ވެސް ތަފާތު ގިނަ ލުކްތަކެއް ފެނުނެވެ.
މެޓް ގާލާ 2023: ޕްރިޔަންކާ އާއި ނިކް ޖޯނަސް (ވ) އަދި އާލިއާ ބަޓް
"ވޯގް" މެގަޒިން އިން އިންތިޒާމުކޮށްގެން އެމެރިކާގެ ނިއު ޔޯކުގައި ހުންނަ "ދަ މެޓްރޮޕޮލިޓަން މިއުޒިއަމް އޮފް އާޓް" ގައި މިއަދު ބޭއްވި މި އަހަރުގެ މެޓް ގާލާގެ ތީމަކީ "ކާލް ލެގަފެލްޑް: އަ ލައިން އޮފް ބިއުޓީ" އެވެ. ކާލް ލެގަފެލްޑް އަކީ ކުރީގެ ޖަރުމަން ފެޝަން ޑިޒައިނަރެކެވެ. މި ފަހަރުގެ ގާލާ ބޭއްވީ އޭނާގެ ހަނދާނުގަ އެވެ.
މި އަހަރުގެ އިވެންޓުގައި ބައިވެރިވި ގިނަ ތަރިންގެ ހެދުންތައް ޑިޒައިންކޮށްފައި ހުރީ ކާލްގެ ހަނދާންތަކާ ގުޅުވައިފަ އެވެ.
ބޮލީވުޑްގެ ބަތަލާ އާލިއާ ބަޓް ފުރަތަމަ ފަހަރަށް ބައިވެރިވާ މި މެޓް ގާލާ އަށް އޭނާ ގޮސް ހުރީ ހުދުކުލައިގެ ހެދުމެއްގަ އެވެ. އޭނާގެ ހެދުން ޑިޒައިންކޮށްފައި ވަނީ ނޭޕާލް-އެމެރިކާގެ ޑިޒައިނަރު ޕްރަބަލް ގުރުންގް އެވެ. "ވޯގް" މެގަޒިންގެ ލިޔުމުން އޭނާ ސިފަކުރަނީ "ޕްރިންސެސް" އެއްގެ ގޮތުގަ އެވެ.
މިއީ އާލިއާއަށް އެކަނި އާ ގާލާއެއް ނޫނެވެ. އެމެރިކާގެ މަޝްހޫރު އިންފްލުއެންސާ އަދި ވިޔަފާރިވެރިޔާ ޕެރިސް ހިލްޓަން ވެސް މެޓް ގާލާގައި ބައިވެރިވާ މިއީ ފުރަތަމަ ފަހަރެވެ. އޭނާ އިވެންޓަށް ދިޔައީ މަޝްހޫރު ޑިޒައިނަރު މާކް ޖޭކޮބްސްއާ އެކު އެވެ.
މިފަހަރު ނުފެނިދާނެ ކަމަށް ބުނި ކާޑޭޝިއަން-ޖެނާ އާއިލާގެ ތަރިން ވެސް ރެޑްކާޕެޓުން ފެނުނެވެ. މި އަހަަރުގެ އިވެންޓުގައި ކެންޑަލް ޖެނާ ލައިގެން ހުރީ މާކް ޖޭކޮބްސްގެ ޑިޒައިނެކެވެ. ޖޭޕީޖީ ހައިޑާ އޭކަމަންގެ ޑިޒައިނެއް ކައިލީ ލައިގެން ހުރި އިރު، ކިމް ލައިގެން ހުރީ ސްކަޕަރެލީގެ ޑިޒައިނެކެވެ.
ބޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްރާ އަދި ފިރިމީހާ ނިކް ޖޯނަސް ވެސް ކާލްގެ ހަނދާނުގައި ހުރީ ކަޅާއި ހުދުގެ ޑިޒައިނެއް ލައިގެންނެވެ. ޕްރިޔަންކާ އަޅައިގެން ހުރި 11.6 ކެރަޓްގެ ޑައިމަންޑުގެ ފަށަށް ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ.
މެޓް ގާލާ 2023: ޑޯޖާ ކެޓް
ފަހަކަށް އައިސް އޭނާ ލާ އާދަޔާހިލާފު ހެދުންތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދަމުން އަންނަ ލަވަކިޔުންތެރިޔާ ޑޯޖާ ކެޓް، މެޓް ގާލާ އަށް ދިޔައީ ބުޅަލެއް ގޮތަށް މޭކަޕް ކޮށްގެންނެވެ.
މެޓް ގާލާ 2023: ޖެރާޑް ލެޓޯ
ޑޯޖާގެ އިތުރުން އެކްޓަރު ޖެރާޑް ލެޓޯގެ ހެދުމުގެ އިންސްޕަރޭޝަން ނަގާފައި ވަނީ ބުޅަލަކުންނެވެ. ޑޯޖާއާ ހިލާފަށް، ލެޓޯ ލާފައި ވަނީ ބުޅަލެއްގެ ކޮސްޓިއުމެކެވެ.
މެޓް ގާލާ 2023: ރިއާނާ އާއި އޭސެޕް ރޮކީ
ލަވަކިޔުންތެރިޔާ ރިއާނާ އާއި ރެޕަރު އޭސެޕް ރޮކީ ވެސް ހުރީ ކަޅާއި ހުދުގެ ޑިޒައިނެއްގަ އެވެ. "ވެލެންޓީނޯ"ގެ ހެދުމެއް ލައިގެން ހުރި ރިއާނާ ބުނީ އެ ހެދުމުގައި ހަރުކޮށްފައި ހުރި ކޮންމެ މަލެއް ހަދަން 30 ގަޑިއިރު ހޭދަވި ކަމަށެވެ. އަދި އޭނާ ބަނޑުބޮޑުއިރު، މި އިވެންޓުގައި ބައިވެރިވާން ނިންމީ ވެސް އެ ހެދުން ރީތިވެގެން ކަމަށް ރިއާނާ ބުންޏެވެ.
އޭގެ އިތުރުން، ފަހަކަށް އައިސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ އެކްޓްރެސް، ޖެނާ އޯޓޭގާ ވެސް ވަނީ ގިނަ ބަޔަކު ހިތް ގަޔާވާ ފަދަ ގޮތަކަށް، އޭނާގެ "ވެނިސްޑޭ" ކެރެކްޓާއާ ގުޅޭ ފަަދަ ހެދުމެއް ލައިފަ އެވެ.
މިފަހަރުގެ މެޓް ގާލާ ގިނަ ބަޔަކު އެންމެ ދެކެން ބޭނުންވި ތަރި ބައިވެރިއެއް ނުވެ އެވެ. އެއީ އެމެރިކާގެ އެކްޓްރެސް ބްލޭކް ލައިވްލީ އެވެ. މެޓް ގާލާ އިން ފާއިތުވި 10 އަހަރު ގިނަ ބައެއްގެ ހިތްތައް އަތުލި ލައިވްލީ މި ފަހަރުގެ މެޓް ގާލާ ބަލަން ޖެހުނީ ގޭގައި އިނދެގެންނެވެ. ސަމާސާ ކުރަމުން އޭނާ ބުނީ މިފަހަރު މެޓް ގާލާގައި ބައިވެރިވާނީ މިދިޔަ އަހަރު ލީ ހެދުން ލައިގެން ސޯފާގައި އިނދެގެން ކަމަށެވެ.
މިދިޔަ އަހަރުގެ މެޓް ގާލާގައި ބްލޭކް ލީ ހެދުން.
އެހެން އަހަރުތަކެކޭ ވެސް އެއްފަދައިން މި އަހަރުގެ މެޓް ގާލާގައި ވެސް އެކްޓަރުންގެ އިތުރުން ޑިޒައިނަރުންނާއި ކުޅިވަރު ކުޅުންތެރިންނާއި މޮޑެލުން ބައިވެރިވި އެވެ. އަދި ރެޑް ކާޕެޓުން ފެނުނު ހެދުންތަކަށް ސޯޝަލް މީޑިއާގައި އަންނަނީ ގިނަ ބައެއްގެ ތަރުހީބު ލިބެމުންނެވެ.
މިފަހަރުގެ މެޓް ގާލާގައި ވިދާލީ ޒެންޑާޔާ އާއި ޖީޖީ
މިފަހަރު ވެސް މެޓް ގާލާގައި ވިދާލީ ބްލޭކް ލައިވްލީ
މެޓް ގާލާގެ ތީމަކީ ރީޖެންސީ އީރާގެ ހެދުންތައް
ރިއާނާ އަކީ ވެސް މިހާރު ބިލިއަނަރެއް
ރިއާނާ "ފެންޓީ" ގެ ދަށުން ސެންޓު އުފައްދަނީ
މާސްކްގެ ކްރެޑިޓް ނެގުމުން ޕަލްޓްރޯ އަށް ޖޯކްޖަހަނީ
ޕްރިޔަންކާގެ ހެއާކެއާ ބްރޭންޑެއް ލޯންޗްކުރަނީ
ބޮޓޮކްސް ޖަހާ ކަމަށް ބުނާތީ ޖޭލޯ ހިތްހަމަނުޖެހިއްޖެ
ޒުވާންކޮށް ފެންނަނީ ބޮޓޮކްސް ޖަހާތީއެއް ނޫން: ޖޭލޯ
ހޫގޯ ބޮސްގެ ގްލޯބަލް އެމްބެސެޑަރަކަށް ހެމްސްވޯތު