މި ދުވަސްވަރު މާލެ އާއި އެކި ރަށްރަށުގައި ޑެންގީ ފެތުރެމުން ދާތީ، އެކަމާ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
24 ޖެނުއަރީ 2017
މި ދުވަސްވަރު މާލެ އާއި އެކި ރަށްރަށުގައި ޑެންގީ ފެތުރެމުން ދާތީ، އެކަމާ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭން ބުނީ މިދިޔަ އަހަރު ގިނަ ބަޔަކަށް ޑެންގީ ޖެހިފައިވާތީ މި އަހަރު ވެސް މި ހުން ފެތުރިދާނެކަމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންވެ، އެކަމަށް ސަމާލުވެ މަދިރިން ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އެތަނުން ވަނީ އެދިފަ އެވެ.
މިދިޔަ އަހަރު ދެހާހެއްހާ މީހުންނަށް ޑެންގީ ޖެހުނު އިރު ހަތަރު މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ. ހުން ޖެހުނު މީހުންގެ އަދަދު 2015 އަހަރު މިއަށްވުރެ މަދު ނަމަވެސް އެ އަހަރު ހަ މީހަކު މަރުވި އެވެ.
އެޗްޕީއޭން ބުނިގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައިފި ނަމަ މި އަހަރު ވެސް މި ހުން ވަރަށް ބޮޑަށް ފެތުރިދާނެ އެވެ.
- ގެ އާއި ގޯތި ތެރޭގައި ހުންނަ، ފެން ހަރުލާ ތަންތަނާއި ތަކެތި ހަފުތާއަކު އެއް ފަހަރު ނައްތާލުން ނުވަތަ ހުސްކުރުން
- މަގުމައްޗާއި ގޯތިތެރެ އާއި ވައިގޮޅި ފަދަ ތަންތަނަށް ކުނި ނޭޅުން، ޑަސްބިން ފަދަ ތަކެތި މަތި ބަންދުކޮށްފައި ބެހެއްޓުން
- މަދިރިން ރައްކާތެރިވުމަށް ހަށިގަނޑު ރަނގަޅަށް ނިވާކުރުމާއި މަދިރި ލޯޝަނާއި ސްޕްރޭ ފަދަ ތަކެތި ބޭނުން ކުރުން
- ގެއަށް މަދިރި ވަނަ ނުދިނުމަށް، އިރުއޮއްސޭ ވަގުތާއި އިރުއަރާވަގުތު ދޮރުތައް ލައްޕާފައި ބެހެއްޓުން
އެޗްޕީއޭން ވަނީ ތިން ދުވަހަށް ވުރެ ގިނައިން ހުން އަންނަ ނަމަ، ނުވަތަ ޑެންގީގެ ނުރައްކާތެރި އަލާމާތްތައް ކަމުގައިވާ ކުޑަކަމުދެވޭ މިންވަރު މަދުވުމާއި އާދަޔާހިލާފަށް ވަރުބަލިވާ ނަމަ ނުވަތަ ހަށިގަނޑުގެ އެއްވެސް ތާކުން ލޭ އަންނަ ނަމަ ވީހާ ވެސް އަވަހަކަށް ޑޮކްޓަރަށް ދެއްކުމަށް އެދިފަ އެވެ.
ޑެންގޫ ހުން ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 40 ކޭސް
ކޮވިޑާއެކު، ޑެންގީ އާއި ރޯގާ ވެސް އިތުރުވަނީ!
ޑެންގީހުން ޖެހުނު މީހުން ތިން ގުނަ އިތުރުވެއްޖެ
ޑެންގީހުން އިތުރުވާތީ ސަމާލުވާން އެދެފި
ކޮވިޑާ އެކު އެހެން ބަަލިތައް މަދުވެއްޖެ
މި ދުވަސްވަރު ޗިކުންގުންޔާ ދަނީ ފެތުރެމުން: އެޗްޕީއޭ
ޑެންގީ ފެތުރޭ ނިސްބަތް މިހާރު ދަނީ ދަށަށް: އެޗުޕީއޭ
މިދިޔަ މަހު ރޯގާގެ 40،000 އަށްވުރެ ގިނަ ކޭސް
މެނިންގޯކޮކަލްގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ބޭސް ދެނީ
ރޯގާތައް ފެތުރޭ އަދަދު ކޮންޓްރޯލް ނުވެ އިތުރުވަނީ