ރާއްޖޭގައި މިދުވަސްވަރު ޑެންގީހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަަދަދު އިތުރުވަމުންދާތީ ސަމާލުވާން އެޗްޕީއޭ އިން މިއަދު އިލްތިމާސްކޮށްފި އެވެ.
27 އެޕްރީލް 2022
ރާއްޖޭގައި މިދުވަސްވަރު ޑެންގީހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަަދަދު އިތުރުވަމުންދާތީ ސަމާލުވާން އެޗްޕީއޭ އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުރިއަށް އޮތް އީދު ޗުއްޓީގައި ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރާނެ ކަމަށް ލަފާކުރެވޭތީ ޑެންގީ ފަދަ މަދިރީގެ ޒަރިޔާއިން ފެތުރޭ ބަލިތައް ކޯންޓްރޯލް ކުރުމަށާއި އަދި ބަލި ޖެހިއްޖެ ނަމަ ރައްކާތެރިވުމުގެ ގޮތުން ކުރަން ޖެހޭ ކަންކަން ހާއްސަ ސަމާލުމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވައިވާ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން އަދި ރެޕެލެންޓް ބޭނުންކުރުމަށް އެ ބަޔާނުގައިވެ އެވެ.
- ޑެންގީ ފަތުރާ މަދިރިއަކީ ދުވާލުގެ ހުރިހާ ވަގުތެއްގައި ވެސް ހަފާ މަދިރިއަކަށް ވާތީ ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުން.
- ޑެންގީ މަދިރި އަލާވާ، ފެންހެދޭ ނުވަތަ ފެންހަރުލާ ތަންތަން ނައްތާލުން.
- ކުޑަކުދިންނާއި މާބަނޑުމީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި އަދި ބޮޑެތި ބަލިތައް ހުންނަ މީހުނަށް ނުރައްކާތެރި ބައްޔަކަށް ވާތީ ހާއްސަ ސަމާލުކަމެއް ދިނުން.
- ތިން ދުވަހަށް ވުރެ ގިނައިން ހުން އައިސް، ޑެންގީގެ ނުރައްކާތެރި އަލާމަތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދެއްކުން.
ޑެންގީގެ އިތުރުން، އަރިދަފުސް ރޯގާ އާއި ވައިރަލްހުން ފަދަ ބަލިތައް އިތުރުވުމުގެ ފުރުސަތު އޮތުމުން އެ ބަލިތަކުން ރައްކާތެރިވުމަށް ވެސް ސަމާލުކަން ދިނުން ވަރަށް މުހިންމު ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ޑެންގޫ ހުން ޖެހިގެން ފުރަތަމަ ހަތަރު ދުވަހު 40 ކޭސް
ކޮވިޑާއެކު، ޑެންގީ އާއި ރޯގާ ވެސް އިތުރުވަނީ!
ޑެންގީހުން ޖެހުނު މީހުން ތިން ގުނަ އިތުރުވެއްޖެ
ކޮވިޑާ އެކު އެހެން ބަަލިތައް މަދުވެއްޖެ
އަނެއްކާ ވެސް ޑެންގީ އިތުރުވެދާނެ ކަމުގެ އިންޒާރު
މިދިޔަ މަހު ރޯގާގެ 40،000 އަށްވުރެ ގިނަ ކޭސް
މެނިންގޯކޮކަލްގެ ކޮންޓެކްޓް ޓްރޭސިން ހަދައި، ބޭސް ދެނީ
ރޯގާތައް ފެތުރޭ އަދަދު ކޮންޓްރޯލް ނުވެ އިތުރުވަނީ
ފައިލޭރިއާ ޖެހިފައިވާ ތިން ބިދޭސީއަކު ކޫއްޑޫން ފެނިއްޖެ
ޗިކުންގުންޔާ ފެތުރޭ ވަރު ކޮންޓްރޯލެއް ނުވޭ!