ހުޅުމާލެ އިތުރަށް ހިއްކަން މަޝްވަރާކުރަމުން އަންނަ ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.
10 މެއި 2023
ހުޅުމާލެ އިތުރަށް ހިއްކަން މަޝްވަރާކުރަމުން އަންނަ ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.
މާކެޓިން އަދި ޕަބްލިކް ރިލޭޝަން ޑިރެކްޓަރު ނިއުޝާދު ޝަރީފް "މިހާރު" އަށް ވިދާޅުވި ގޮތުގައި، ހުޅުމާލެ އިތުރަށް ހިއްކުމުގެ މަޝްވަރާތަކެއް އެ ކުންފުޏާއި ސަރުކާރުން އަންނަނީ ކުރަމުންނެވެ. ނަމަވެސް، އެކަމުގައި ވަކި ގޮތެއް އަދި ނިންމާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
އިތުރު ތަފުސީލެއް އޭނާ ނުދެއްވަ އެވެ.
އެނގިފައިވާ ގޮތުގައި، ހުޅުމާލެއިން އިތުރަށް ހިއްކަން އުޅެނީ ހުޅުމާލޭގެ ދެ ފޭސް ގުޅުވާލާ ބްރިޖުތައް ހުންނަ ޓަނަލުގެ ހުޅަނގު އުތުރުކޮޅަށް ނިމޭ ހިސާބުން ފެށިގެން އުތުރަށް އޮތް މުޅި ފަޅެވެ. އޭރުން މުޅި ފަރުކޮޅުފުށި ވެސް ދާނީ ހިއްކާ ހިސާބުގެ ތެރެއަށެވެ.
ހުޅުމާލެ ފަޅުން ހިއްކަން ޕްލޭންކުރާ ސަރަހައްދު: އެ ސަރަހައްދު ހިއްކުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް އާބަންކޯ އިން ބުނޭ.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ހުޅުމާލޭގެ މާސްޓަޕްލޭންގައިވާ ގޮތުން ކުރިން އެ ފަޅުގައި ހަދަން އުޅުނީ ދުނިޔޭގެ ފެންވަރު ކްރޫޒް ޓާމިނަލެކެވެ. އެ ޓާމިނަލް ހަދައިދޭނެ ބަޔަކު ހޯދަން އިއުލާންކުރުމުން އެކަމުގެ ތަޖުރިބާ ހުރި ބޮޑެތި ބައެއް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށް އާބަންކޯއިން 2021 ވަނަ އަހަރު ބުނެފައިވެ އެވެ.
އެއީ "އޯޝަން ފްރޮންޓް" ލަގްޒަރީ އެޕާޓްމަންޓްތައް ވެސް ހަދަން ޕްލޭންކޮށްފައި އޮތް ސަރަހައްދެވެ. އެ މަސައްކަތް މިދިޔަ އަހަރު ބަޔަކާ ހަވާލުކޮށްފައި ވެސް ވެ އެވެ.
މާލޭ މީހުންނަށް ހުޅުމާލެ ދެވަނަ ފިޔަވަހިން ހިލޭ ގޯތި ދޭން މި ސަރުކާރުން އޮތީ ވައުދުވެފަ އެވެ. އެކަމަށް ބޭނުންވާ ބިން ކަނޑައަޅާ ސަރަހައްދު މީގެ ކުރިން އާބަންކޯ އިން ވަނީ ނޫސްވެރިންނަށް ދައްކާލައިފަ އެވެ.
މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމާއި ބޯހިޔާވަހިކަމުގެ އިތުރު މަޝްރޫއުތަކުގެ ދަށުން ވެސް ހުޅުމާލޭގައި އިމާރާތްކުރުމަށް އިތުރު ބިން ބޭނުންވެ އެވެ.
ހުޅުމާލެއަށް އިތުރުކުރާ 63 ހެކްޓަރު ހިއްކަން ފަށައިފި
ހުޅުމާލެ ހިއްކަން އުޅަނދުތައް ނަގަން އަލުން އަންގައިފި
ހުޅުމާލެ ތިނަކުން 15 ހެކްޓަރުގެ ބިން ހިއްކައިފި
އެޗްޑީސީ އަށް އާބަންކޯ ކިޔުން ހުއްޓާލަނީ!
ހުޅުމާލޭގައި ކޮމާޝަލް 7 އިމާރާތެއް ޗައިނާއިން އަޅަނީ
ހުޅުމާލެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް!
ހުޅުމާލެ2 ގެ ބިންތަކުން ހަޓްތައް ނަގަން އަންގައިފި
ބިންތަކެއް ދިނުމުގެ ތަހުގީގަށް އޭސީސީން އާބަންކޯއަށް
ވިނަރެސް ޕޯޓަލަށް ނުވަދެވި، އެތައް ބަޔަކަށް ހުރަސް!
ތިލަފުށި 2ގެ ފުރަތަމަ ބައި ހިއްކާ ނިންމައިފި