ހުޅުމާލެ އަށް އިތުރުކުރާ 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ. އެކަމަކު ޕްރޮޖެކްޓްގެ އަގާއި އެ ބިން އެއްކޮށް ހިއްކައި ނިމޭނެ ތާރީހެއް އާބަންކޯ އިން އަދި ނުބުނެ އެވެ.
22 ސެޕްޓެމްބަރ 2023
ހުޅުމާލެ އަށް އިތުރުކުރާ 63 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް މިއަދު ފަށައިފި އެވެ. އެކަމަކު ޕްރޮޖެކްޓްގެ އަގާއި އެ ބިން އެއްކޮށް ހިއްކައި ނިމޭނެ ތާރީހެއް އާބަންކޯ އިން އަދި ނުބުނެ އެވެ.
ހުޅުމާލޭގެ ހުރިހާ ކަމެއް ބަލަހައްޓާ ކުންފުނި، އާބަންކޯ އިން ނެރުނު ބަޔާނެއްގައި ބުނީ ހުޅުމާލެ ފޭސް 3 ހިއްކައި ނިމުމުން ހުޅުމާލޭގައި މިހާރު ތަރައްގީ ކުރަމުންދާ ފޭސްތަކާ އެއްގޮތަށް އާ ބިމުގައި ވެސް ލުއިފަސޭހަ ވާނެހެން ގިނަ ހިދުމަތްތައް ދޭނެ ކަމަށެވެ.
ފޭސް ތިނެއްގައި ވެސް ބްރިޖާއި ޕާކުތަކާއި ކުޅިވަރާއި މުނިފޫހިފިލުވުމަށް ފުރުސަތުތައް ހުޅުވާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ހުޅުމާލެ އިން އިތުރަށް ހިއްކަނީ ހުޅުމާލޭގެ ދެ ފޭސް ގުޅުވާލާ ބްރިޖުތައް ހުންނަ ޓަނަލުގެ ހުޅަނގު އުތުރުކޮޅަށް ނިމޭ ހިސާބުން ފެށިގެން އުތުރަށް އޮތް މުޅި ފަޅެވެ.
އާބަންކޯގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފޭސް ތިނެއް ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ފޭސް ތަކަކަށް ބަހާލައިގެން ކަމަށެވެ. ފުރަތަމަ ފޭސްގެ މަސައްކަތް ކުރިއަށް އޮތް ދެ ތިން ހަފުތާގެ ތެރޭ ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހިއްކަން ހަމަޖެހިފައިވާ ސަރަހައްދުގައި އުޅަނދުތަކެއް އަޅާފައި. ---ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އެކަމަކު، ފޭސް 3 ގެ ތަފުސީލީ ޕްލޭނެއް އަދި އާބަންކޯ އިން އާންމެއް ނުކުރެ އެވެ.
ހުޅުމާލެ ފޭސް ތިނެއްގެ މަސައްކަތްތައް އާބަންކޯ އިން ހަވާލު ކޮށްފައި ވަނީ ކެޕިޓަލް މެރީން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ލިމިޓަޑް (ސީއެމްސީ) ކުންފުނިންނެވެ. ބިން ހިއްކުމުގެ މަސައްކަތް ކުރަނީ ބޮސްކާލިސް ކުންފުނިންނެވެ.
މި ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން 19،000 އަށް ވުރެ ގިނަ މީހުންނަށް ގޯތި ދޭން ނިންމި އިރު ހުޅުމާލެއިން 1،400 ގޯތި ދޫކުރާނެ އެވެ. އޭގެ ތެރޭގައި މިއަދު ހިއްކަން ފެށި ހުޅުމާލެ ފޭސް 3 ވެސް ހިމެނެ އެވެ.
ހުޅުމާލެ ހިއްކަން ފެށީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ 1997 ގަ އެވެ. އޭރު ފުރަތަމަ ފިޔަވަހި ހިއްކުމަށް ފަހު، ދެވަނަ ފިޔަވަހި ހިއްކީ އެ މަނިކުފާނުގެ ކޮއްކޯފުޅު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2014 ވަނަ އަހަރު އެވެ.
ހުޅުމާލެ ފޭސް 3 އަންނަ މަހު ހިއްކަން ފަށަނީ
ހުޅުމާލެ އިތުރަށް ހިއްކަން މަޝްވަރާކުރަނީ
ހުޅުމާލެ ހިއްކަން އުޅަނދުތައް ނަގަން އަލުން އަންގައިފި
ހުޅުމާލެ ތިނަކުން 15 ހެކްޓަރުގެ ބިން ހިއްކައިފި
އެޗްޑީސީ އަށް އާބަންކޯ ކިޔުން ހުއްޓާލަނީ!
ހުޅުމާލޭގައި ކޮމާޝަލް 7 އިމާރާތެއް ޗައިނާއިން އަޅަނީ
ހުޅުމާލެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލަށް!
ހުޅުމާލެ2 ގެ ބިންތަކުން ހަޓްތައް ނަގަން އަންގައިފި
ބިންތަކެއް ދިނުމުގެ ތަހުގީގަށް އޭސީސީން އާބަންކޯއަށް
ވިނަރެސް ޕޯޓަލަށް ނުވަދެވި، އެތައް ބަޔަކަށް ހުރަސް!