Roadha Mihaaru
ބީޓީއެސްގެ ޖޭހޯޕާއި ޝުގާގެ ޑޮކިއު ސިނަމާތަކަށް

ބީޓީއެސްގެ ޖޭހޯޕާއި ޝުގާގެ ޑޮކިއުމަންޓްރީތައް ސިނަމާތަކަށް އަންނަނީ!

15 މެއި 2023

ދެކުނު ކޮރެއާގެ ޕޮޕް ބޭންޑު ބީޓީއެސްގެ ޖޭހޯޕާއި ޝުގާގެ ހާއްސަ ދެ ޑޮކިއުމަންޓްރީ އަންނަ މަހު ސިނަމާތަކުގައި އަޅުވަން ނިންމައިފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ދެކުނު ކޮރެއާގެ ޕޮޕް ބޭންޑު ބީޓީއެސްގެ ޖޭހޯޕާއި ޝުގާގެ ހާއްސަ ދެ ޑޮކިއުމަންޓްރީ އަންނަ މަހު ސިނަމާތަކުގައި އަޅުވަން ނިންމައިފި އެވެ.

އެ ބޭންޑަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ޖޭހޯޕާއި ޝުގާގެ ސޯލޯ ޑޮކިއުމަންޓަރީ "ޖޭހޯޕް އިން ދަ ބޮކްސް" އަދި "ސުގާ: ރޯޑް ޓު ޑީ-ޑޭ" ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިއަޓްރިކަލް ރިލީޒްކުރުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ.

ބީޓީއެސްގެ ޖޭހޯޕް (ކ) އަދި ޝުގާ

ބީޓީއެސްގެ ޖޭހޯޕް (ކ) އަދި ޝުގާ

އެ ދެ ޑޮކިއުމަންޓްރީ އަކީ "ޑިޒްނީ ޕްލަސް" އަދި "ވީވާސް" އަސްލު ޕްރިމިއާ ކުރި ދެ ޑޮކިއުމަންޓްރީ އެވެ. ނަމަވެސް، އޭގެ ތިއެޓްރިކަލް ރިލީޒްކުރަން ނިންމީ ބީޓީއެސްގެ ފޭނުންނަށް އެ ދެ ޑޮކިއުމަންޓްރީ ބޮޑު ސްކްރީނުގައި ބަލައިލުމުގެ ފުރުސަތު ދިނުމާ އެކު 10 އަހަރު ފުރުން ފާހަގަކުރުމަށެވެ.

ޖޭ-ހޯޕްގެ އަދި ޝުގާގެ ޑޮކިއުމަންޓްރީގެ ކަވަ ފޮޓޯ

ޖޭ-ހޯޕްގެ އަދި ޝުގާގެ ޑޮކިއުމަންޓްރީގެ ކަވަ ފޮޓޯ

"ޖޭ-ހޯޕް އިން ދަ ބޮކްސް" ޑޮކިއުމަންޓްރީ އަކީ އޭނާގެ ސޯލޯ އަލްބަމް "ޖޭކް އިން ދަ ބޮކްސް" އުފެއްދި ދަތުރުގެ މަންޒަރު ދައްކައިދޭ ޑޮކިއުމަންޓްރީއެކެވެ. އަދި "ޝުގާ: ރޯޑް ޓު ޑީ-ޑޭ" ގައި ފެންނާނީ އޭނާގެ ސޯލޯ އަލްބަމް "ޑީ-ޑޭ" އަށް އިންސްޕަރޭޝަންތައް ހޯދުމަށް އެކި ގައުމުތަކަށް އޭނާ ކުރި ދަތުރުތަކުގެ މަންޒަރުތަކެވެ.

މި ޑޮކިއުމަންޓްރީތަކުން ޖޭހޯޕާއި ޝުގާގެ ބީޓީއެސްއާ ވަކިން އަމިއްލަ މިއުޒިކް އުފެއްދުމަށް ހޭދަކުރި ދަތުރުގެ މަންޒަރުތައް ފެންނާނެ އެވެ.