Roadha Mihaaru
ހިއޮން ބިން އާއި ސޮން ޔޭ ޖިން ކައިވެނިކުރަނީ

ހިއޮން ބިން އާއި ސޮން ޔޭ ޖިން ކައިވެނިކުރަނީ

11 ފެބުރުއަރީ 2022

ރާއްޖޭގެ ކޭ-ޑްރާމާ ފޭނުންގެ ހިތުން ވެސް ވަރަށް ބޮޑު ޖާގައެއް ހޯދާފައިވާ، ކޮރެއާގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ހިއޮން ބިން އާއި ސޮން ޔޭ ޖިން ކައިވެނިކުރަން އުޅޭކަން އިއްޔެ އިއުލާންކޮށްފި އެވެ.

ރާއްޖޭގެ ކޭ-ޑްރާމާ ފޭނުންގެ ހިތުން ވެސް ވަރަށް ބޮޑު ޖާގައެއް ހޯދާފައިވާ، ކޮރެއާގެ މަޝްހޫރު އެކްޓަރުން ކަމަށްވާ ހިއޮން ބިން އާއި ސޮން ޔޭ ޖިން ކައިވެނިކުރަން އުޅޭކަން އިއްޔެ އިއުލާންކޮށްފި އެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން، އެ ދެ ތަރިން ފުރަތަމަ ޔަގީންކޮށްދިނީ ދެ މީހުން އެކުގައި ކުޅުނު ނެޓްފްލިކްސް ކޮރެއާ ޑްރާމާ "ކްރެޝް ލޭންޑިން އޮން ޔޫ" ނިމުމަށް ފަހު، ޑިސެމްބަރު 2020ގަ އެވެ. އެ އަހަރު ނެޓްފްލިކްސް އިން މި ޑްރާމާ ގެނެސްދިނުމާ އެކު އެ ދެ ތަރިން ވެފައި ވަނީ އޮން-ސްކްރީންގައި ވެސް އެންމެ ލޯބި ޖޯޑަށެވެ.

ކައިވެނިކުރަން އުޅޭކަން ސޮން ޔޭ ޖިން ކަށަވަރުކޮށްދިނީ އޭނާގެ އިންސްޓަގްރާމްގައި ކުރި ފޮޓޯއަކާ އެކު އެވެ. އެ ފޮޓޯގައި ފެންނަނީ ކޮނޑެއްގައި އަޅުވާފައި ހުރި ވެޑިން ޑްރެސްއެކެވެ. އަދި އެ ފޮޓޯގެ ކެޕްޝަންގައި އެ ދެމީހުންގެ ގުޅުން އިތުރު ހަރުފަތަކަށް ގެންދަން ތައްޔާރު ކަމަށް ބުނެފައިވެ އެވެ.

މި ދެ ތަރިން ދިމާވީ އެކުގައި މަސައްކަތް ކުރި ބައެއް ޕްރޮޖެކްޓުތަކުންނެވެ. އަދި ދެ ތަރިން އެކުގައި ކުޅުނު ޑްރާމާ އަށް ފަހު، އެމީހުންގެ މެދުގައި ލޯބީގެ ހާއްސަ ގުޅުމެއް އުފެދުނެވެ. އެއީ ނެޓްފްލިކްސް އިން މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު ކޮރެއާ ޑްރާމާތަކުގެ ލިސްޓުގެ ކުރީގައި އޮތް ޑްރާމާއެކެވެ.

އެ ޑްރާމާގައި ދެއްކީ ދެކުނު ކޮރެއާގެ ވިޔަފާރިވެރި އަންހެނަކު (ސޮން ޔޭ ޖިން) ޕެރަގްލައިޑިންއެއް އުދުއްސަނިކޮށް އެކްސިޑެންޓެއްވެ، އުތުރު ކޮރެއާގެ ފަސްގަނޑަށް ވެއްޓޭ ފަހުން ދިމާވާ ކަންތައްތަކެކެވެ. އެ ހިސާބުން އޭނާއާ ދިމާވާ އުތުރު ކޮރެއާގެ ސިފައިންގެ މީހަކު (ހިއޮން ބިން) ރައްކާތެރިކަމާ އެކު އޭނާ އަނބުރާ ގައުމަށް ފޮނުވާލުމަށް ކުރާ މަސައްކަތް ދައްކަ އެވެ.

ދެ ކޮރެއާގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައި އޮންނަ ހަމަނުޖެހުމުގެ ސަބަބުން އެ އަންހެން މީހާ ސިއްރުން އަނބުރާ ފޮނުވާލުން މާ ފަސޭހަ ކަމަކަށް ނުވެ އެވެ. މި ކަންތަކުގެ ތެރޭގައި އުޅެނިކޮށް އެ ދެމީހުނަށް، އެކަކު އަނެކަކު ދެކެ ލޯބި ވެސް ވެ އެވެ.