Roadha Mihaaru
މެރުއާނާ ގަސް ހައްދައިގެން އުޅުނު މީހަކު ހައްޔަރުކޮށްފި

މާލޭގައި މެރުއާނާ ގަސްތަކެއް ހައްދައިގެން އުޅުނު މީހަކު ހައްޔަރުކޮށްފި

15 މެއި 2023

މަސްތުވާ ބާވަތެއް ކަމަށްވާ މެރުއާނާ ގަސްތަކެއް މާލޭގެ ގެއެއްގައި ހައްދައިގެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މަސްތުވާ ބާވަތެއް ކަމަށްވާ މެރުއާނާ ގަސްތަކެއް މާލޭގެ ގެއެއްގައި ހައްދައިގެން އުޅުނު ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލާގައި ހައްޔަރުކުރީ ނ. ކެނދިކުޅުދޫ، ކެނދިކޮޅު، އަހުމަދު ޔާސިހު، 29 އެވެ. އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ޔާސިހް ހައްޔަރުކޮށް، ނެރުނު ބަންދު އަމުރުގައި ބުނެފައި ވަނީ އެ ގަސްތައް ހައްދާފައި ހުއްޓާ ފެނުނީ ގަލޮޅުގެ ގެއެއްގައި ކަމަށެވެ. އެއީ އޭނާ ހެއްދި ގަހެއް ކަމަށް އެއްބަސްވި ކަމަށް ފުލުހުން ކޯޓުގައި ބުންޏެވެ.

އެ ގޭގެ ބެލްކަނީގައި ވެސް މެރުއާނާ ގަސްތައް ހުންނާނެ ކަމަށް ވެސް އޭނާ ބުނި ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އެ ގެ ބަލާ ފާސް ކުރުމަށް ތަހުގީގަށް އެއްބާރުލުން ދޭނަންތޯ އޭނާ ކައިރީ އެހުމުން ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދޭނެ ކަމަށް ބުނެ، ސޮއިކޮށް ފޯމްގައި އިނގިލީގެ ނިޝާން ޖެހި ނަމަވެސް ފަހުން ކޯޓުގައި އޭނާ ވަނީ ބަލައި ފާސްކުރަން ހުއްދަ ނުދޭ ކަމަށް ބުނެފަ އެވެ.

ޔާސިހު ކޯޓުގައި ބުނެފައި ވަނީ ފުލުހުން އޭނާ އަށް އަނިޔާ ކުރި ކަމަށާއި ބަލައި ފާސްކުރި ތަނުގައި ހުރި ތަކެއްޗަށް ވެސް ގެއްލުން ދީފައިވާ ކަމަށެވެ.

ފުލުހުން ކޯޓަށް ހުށަހެޅި ހެކިތަކަށް ބިނާކޮށް ފަނޑިޔާރު ވަނީ ޔާސިހު ހައްޔަރުކުރީ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށް ނިންމައިފަ އެވެ.