15 މެއި 2023
ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މިރެއަށް ތާވަލުކޮށްފި އެވެ.
ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އިސްތިއުނާފު މައްސަލައިގެ ހުކުމް އިއްވުން މިރެއަށް ތާވަލުކޮށްފި އެވެ.
އެ މައްސަލައިގެ ހުކުމް އިއްވުން އޮތީ މިރޭ 8:15ގަ އެވެ.
ވ. އާރަށް މައްސަލާގައި 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ޔާމީންގެ މައްޗަށް ފުއްގިރި މައްސަލާގައި ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅިގެން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވި އެވެ.
އެ މައްސަލާގައި ސުޕްރީމް ކޯޓުގައި އެންމެފަހުގެ އަޑުއެހުން ބޭއްވީ މިދިޔަ ހަފުތާގަ އެވެ.
ފުއްގިރީގެ މުއާމަލާތުގެ ބައެއް ލިޔުންތައް ހޯދަން ހުށަހެޅި ހުށަހެޅުންތަކާ މެދު ނިންމި ނިންމުން ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވި އެވެ. އެ ހުށަހެޅުމަށް ދެކޮޅު ހަދައި، ދައުލަތުން ބުނެފައި ވަނީ ޖިނާއީ އިޖުރައާތު ގާނޫނު އޮތްގޮތުން ދޭން ޖެހެނީ ޕީޖީ އޮފީހާއި ތަހުގީގީ އިދާރާތަކުގެ ބެލުމުގެ ދަށުގައި ލިޔުންތައް އެކަނި ކަމަށެވެ. އަދި ދައުލަތުގެ މާނައިގެ ތެރޭގައި ދައުލަތުގެ އެހެން މުއައްސަސާތައް ނުވަންނާނެ ކަމަށް ދައުލަތުން ބުންޏެވެ.
ރައްދުގައި ޔާމީން ވިދާޅުވެފައި ވަނީ ވަކި ބަޔަކަށް ފުއްގިރި ކުއްޔަށް ދިނުމުގައި އެމަނިކުފާނުގެ ދައުރެއް އޮތްތޯ ފުލުހުން ބަލާފައި އޮންނާނެ ކަމަށެވެ. އަދި އެ ލިޔުންތައް ދޭން ދައުލަތުން މިހާރު ދެކޮޅު ހަދަނީ ފުއްގިރި މައްސަލައާ އެމަނިކުފާނާ ގުޅުމެއް ނެތުމުން ކަމަށް ވިދާޅުވި އެވެ.
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައިނުގަތުމާ ޔާމީންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓަށް ހުށަހެޅުއްވި އެވެ.
އެއީ ހެއްކާބެހޭ ގާނޫނުގެ ދަށުން ހެކިބަސް ބަލައިނުގަތުމަށް އެދި އެވެ. އެކަމަކު ކްރިމިނަލް ކޯޓުން ނިންމާފައި އޮތީ މިހާރު އެ ފުރުސަތު ނުދިނުމަށެވެ. އަދި ހެކި ވަޒަން ކުރުމުގެ މަރުހަލާގައި އެކަންކަމާ މެދު ގޮތެއް ނިންމުމަށެވެ. އެ ނިންމުން ވެސް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފް ކުރެއްވި އެވެ.
އެ މައްސަލާގައި ރިޝްވަތު ގަބޫލު ކުރުމުގައި މެދުވެރިއަކަށްވުމުގެ ދައުވާ ލިބޭ ކްރިކް ރިޒާގެ ފަރާތުން ވެސް ބައެއް ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ. ކްރިކް ރިޒާގެ ފަރާތުން ހުށަހެޅީ އޭނާގެ މައްޗަށް ދައުވާކުރަން ޖެހޭނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ބަދަލުގައި ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށެވެ.
ދައުލަތުން ބުނީ ރިޝްވަތު ހިފުމުގައި މެދުވެރިއަކަށްވުމުގެ ކުށް ގާނޫނުލް އުގޫބާތުގައި ނޯންނާތީ އެ ގާނޫނުގެ ދަށުން ދައުވާ ނުކުރެވޭނެ ކަމަށެވެ.
ސުޕްރީމް ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސުއޫދެވެ.
ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލައިފި
ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް އިތުރު މައްސަލައެއް
ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
ފުއްގިރި ދައުވާ: ސުޕްރީމް ކޯޓުން ޔާމީނަށް ނާކާމިޔާބު
ފުއްގިރި މައްސަލަ މަޑުޖައްސާލަން އަންގައިފި
52 މިލިއަންގެ މައްސަލަ:ޕީޖީން ސުޕްރީމް ކޯޓަށް ނުދާނެ
ޔާމީންގެ ޖޫރިމަނާ ފަސްކޮށްދީފި
އެސްއޯއެފަށް ދައުވާ ނުކުރާނެ ކަމާއި ސަބަބު ބުނެފި
ފަނޑިޔާރަށް ޝުޖާއު އިންޒާރު ދިން މައްސަލަ ބަލަން ޖެހޭ
ކޮރަޕްޝަން އާންމުވީ މުއައްސަސާތައް ޕެރަލައިޒް ކޮށްލުމުން