Roadha Mihaaru
ދިރާގު ކަސްޓަމަރުންނަށް 100ގެ ޑޭޓާ ޕެކްތަކެއް!

ދިރާގު ކަސްޓަމަރުންނަށް 100ގެ ޑޭޓާ ޕެކްތަކެއް!

17 މެއި 2023

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް 100 ޖީބީގެ ޑޭޓާ ޕެކްތަކެއް ތައާރަފްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް 100 ޖީބީގެ ޑޭޓާ ޕެކްތަކެއް ތައާރަފްކޮށްފި އެވެ.

ދިރާގު ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދިރާގުގެ މެނޭޖަރު ކަސްޓަމާ ވެލިއު މެނޭޖްމަންޓް އައިޝަތު އިޝާނާ ވިދާޅުވި ގޮތުގައި އީދަށް ނެރުނު ތިން ދުވަހުގެ 100 ޖީބީ ޕެކަކީ ކަސްޓަމަރުންގެ އެންމެ ބޮޑު ތަރުހީބެއް ލިބުނު އެއް ޕެކެވެ. އަދި 100 ޖީބީގެ ޕެކެއް ތިން ދުވަހަށް ވުރެ ދިގު މުއްދަތަކަށް ބޭނުންވެ ވަރަށް ގިނަ ކަސްޓަމަރުން އެކަމަށް އެދިފައިވާ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑުމެން ތައާރަފްކުރާ އޮފާތަކަކީ ކަސްޓަމަރުންގެ ރިކުއެސްޓުތައް އަޑުއެހުމަށް ފަހު ތައާރަފްކުރާ ޕެކްތަކެއް. ކަސްޓަމަރުންނަށް މިހާރު 20 ޖީބީ އަކީ މާ ބޮޑު އެއްޗަކަށް ނުވޭ. ސޯޝަލް މީޑިއާ އާއި ސްޓްރީމިން ޕްލެޓްފޯމްތަކުގެ ސަބަބުން ބޮޑެތި ޑޭޓާ ޕެކުތަކެއް ކަސްޓަމަރުން ބޭނުން ވަނީ. މި ޕެކު ތއާރަފް މި ކުރީ އެހެންވެ." އިޝާނާ ވިދާޅުވި އެވެ.

100 ޖީބީގެ ޕެކުތައް

މިއަދު ތައާރަފް ކުރި 100ޖީބީގެ ޕެކުތަކަކީ ފަސް ވެލިޑިޓީއެއްގެ ޕެކުތަކެކެވެ.

* 100ރ. އަށް ތިން ދުވަހަށް 100 ޖީބީގެ ޑޭޓާ ލިބޭ ޕެކް

* 225ރ. އަށް ހަތް ދުވަހަށް 100 ޖީބީގެ ޑޭޓާ ލިބޭ ޕެކް

* 400ރ. އަށް 14 ދުވަހަށް 100 ޖީބީގެ ޑޭޓާ ލިބޭ ޕެކް

* 550ރ. އަށް 21 ދުވަހަށް 100 ޖީބީގެ ޑޭޓާ ލިބޭ ޕެކް

* 750ރ. އަށް 30 ދުވަހަށް 100 ޖީބީގެ ޑޭޓާ ލިބޭ ޕެކް

ދިރާގުގެ އެސިސްޓަންޓް މެނޭޖަރު މާކެޓިން، ކޮމިއުނިކޭޝަންސް އެންޑް ޕަބްލިކް ރިލޭޝަން ފާތުމަތު ޖައިޝާން ހަމީދު ވިދާޅުވީ 1100ޖީބީގެ ޕެކުތަކަކީ އިންޓަނެޓު ބޭނުންކުރާ ހުރިހާ ކަމަކަށް ބޭނުން ކުރެވޭނެ ޕެކުތަކެއް ކަމަށެވެ.

"އަޅުގަނޑުމެން އާއްމުކޮށް ތައާރަފް ކުރަނީ ސްޓްރީމިން އަށް ހާއްސަ ނުވަތަ ސޯޝަލް މީޑިއާގެ ވަކި އެޕުތަކަކަށް ހާއްސަ ޑޭޓާ ޕެކުތަކެއް. އެކަމަކު މި ޕެކުތަކަކީ ހުރިހާ ސްޓްރީމިން ޕްލެޓްފޯމަކާއި، އެޕަކާއި ހުރިހާ ކަމަކަށް ވެސް ބޭނުން ކުރެވޭނެ ޑޭޓާ ޕެކްތަކެއް." ޖައިޝާން ވިދާޅުވި އެވެ.

ދިރާގު އެޕާއި އެސްއެމްއެސް މެދުވެރިކޮށް 100ޖީބީގެ ޑޭޓާ ޕެކުތައް މިހާރު އެކްޓިވޭޓު ކުރެވޭނެ އެވެ.