Roadha Mihaaru
ހުޅުމާލެ ބީޗުގެ މޫދުކުޅިވަރުގެ ބިމުގެ ޖާގަ ބޮޑުކޮށްދީފި

ހުޅުމާލެ ބީޗުން ވޯޓާ ސްޕޯޓްސް އަށް ދޫކުރި ބިމުގެ ޖާގަ އިތުރުކޮށްދީފި

17 މެއި 2023

ހުޅުމާލޭގައި މޫދުކުޅިވަރުތައް ބާއްވަން ދޫކޮށްފައިވާ ސަރަހައްދުތަކުގެ ޖާގަ އާބަންކޯ އިން އިތުރުކޮށްދީފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ހުޅުމާލޭގައި މޫދުކުޅިވަރުތައް ބާއްވަން ދޫކޮށްފައިވާ ސަރަހައްދުތަކުގެ ޖާގަ އާބަންކޯ އިން އިތުރުކޮށްދީފި އެވެ.

ވޯޓާ ސްޕޯޓްސްގެ ބޭނުމަށް ހުޅުމާލެ 1 ގެ އިރުމައްޗާއި ހުޅަނގު ފަރާތުން 12 ބިމެއް ދޫކޮށްފައި ވެ އެވެ.

އާބަންކޯ އިން މިއަދު ބުނީ، މޫދު ކުޅިވަރުތައް ބާއްވަން އެ ކުންފުނިން ހުއްދަ ދީފައިވާ ސަރަހައްދަކުން 20 ފޫޓު މިހާރު އިތުރުކޮށްދީފައިވާ ކަމަށެވެ.

އެ ޖާގަ އިތުރުކޮށްދިނީ އެ ސަރަހައްދުތަކުން އާންމުންނަށް ދޭ ހިދުމަތްތައް އިތުރު ކޮށްދިނުމުގެ މަގްސަދުގައި ކަމަށް އެކުންފުނިން ބުންޏެވެ.

އޭގެ ތެރޭގައި އެ ސަރަހައްދަށްދާ މީހުންނަށް ވެސް ބޭނުން ކުރެވޭނެ އާންމު ފާހަނާތަކާއި އައުޓްޑޯ ޝަވަރެއް ގާއިމްކުރަން ޖެހޭނެ ކަމަށް އާބަންކޯ އިން ބުންޏެވެ.

ހުޅުމާލެ ބީޗްގައި ވޯޓާ ސްޕޯޓްގައި އުޅޭ ބައެއް.--

ހުޅުމާލެ ބީޗްގައި ވޯޓާ ސްޕޯޓްގައި އުޅޭ ބައެއް.--

"އެ ފަރާތްތަކަށް ދޫކޮށްފައިވާ ސަރަހައްދުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ސާފުކުރުމާއި މެއިންޓަނަންސް މަސައްކަތްތަކަކީ އެ ސަރަހައްދު ދޫކޮށްފައިވާ ފަރާތްތަކުގެ ޒިންމާއެކެވެ،" އާބަންކޯ އިން ބުންޏެވެ.

އެ ކުންފުނިން މީގެ ކުރިން ވަނީ ވޯޓާ ސްޕޯޓްސް ހިންގާ މީހުންނަށް ޓޭކްއަވޭ ހިދުމަތްދިނުމުގެ ހުއްދަ ވެސް ދީފަ އެވެ.

މާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ މީހުން ހަފްތާ ބަންދާއި އެކި ޗުއްޓީތަކުގައި ހުޅުމާލެ ގޮސް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި އުޅެމުން އަންނައިރު، ހުޅުމާލޭގެ ހުރިހާ ސަރަހައްދަކީ ވެސް މުޖުތަމައުގެ ގުޅުން ބަދަހިކޮށް، އާއިލާތަކާއި ރަހްމަތްތެރިންނަށް ވެސް ބޭނުންކުރެވޭނެ ފަދަ މާހައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.