18 މެއި 2023
މެންޗެސްޓާ (މެއި 18) - ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި އެންމެ ކާމިޔާބު ރެއާލް މެޑްރިޑް 0-4 އިން ބަލިކޮށް މެންޗެސްޓާ ސިޓީ ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކޮށްފި އެވެ.
މެންޗެސްޓާ (މެއި 18) - ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި އެންމެ ކާމިޔާބު ރެއާލް މެޑްރިޑް 0-4 އިން ބަލިކޮށް މެންޗެސްޓާ ސިޓީ ޔޫއެފާ ޗެމްޕިއަންސް ލީގު ފައިނަލަށް ދަތުރުކޮށްފި އެވެ.
މި ދެ ޓީމު ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގްގެ މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ދެ ލެގުގެ އެގްރިގޭޓުން ސިޓީ މޮޅުވީ 1-5 އިންނެވެ.
ސިޓީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރުކުރި މިއީ ދެ ވަނަ ފަހަރެވެ. 2021 ވަނަ އަހަރު ޗެމްޕިއަންސް ލީގު ފައިނަލުގައި ސިޓީ ވަނީ 1-0 އިން ޗެލްސީ އަތުން ބަލިވެފަ އެވެ. ސިޓީގެ ތާރީހުގައި ޔޫރަޕްގެ މުބާރާތެއް ކާމިޔާބު ކުރެވުނީ 1970 ވަނަ އަހަރު އެވެ. އެ އަހަރު އެޓީމުން ވަނީ ޔޫރަޕިއަން ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފަ އެވެ.
މެޗު ފަށައިގެން ސިޓީ އިން ވަނީ މުޅި ޓީމު ކުރިއަށް ޖެހިގެން ކުޅެ ރެއާލްގެ ޑިފެންސަށް ބާރުބޮޑު ކޮށްފަ އެވެ. މި ހާފުގެ ކުރީކޮޅު ސިޓީ އިން ފޮނުވާލި ހަމަލާތަކުގެ ތެރެއިން އާލިން ބްރައުޓް ހާލަންޑް ގޯލާ އަމާޒުކުރި ދެ ހަމަލާއެއް ރެއާލްގެ ގޯލްކީޕަރު ތިބައު ކޯޓުއާ ވަނީ ހުށިޔާރުކަމާ އެކު މަތަކޮށްފަ އެވެ.
ރެއާލްގެ ވިނީޝިއަސް ޖޫނިއާ، މެޗުގެ ރެފްރީ ގާތުގައި މައްސަލަ ޖައްސަނީ.-- ފޮޓޯ: އޭއެފްޕީ
ސިޓީގެ ފުރަތަމަ ގޯލު 23 ވަނަ މިނިޓުގައި ޖެހީ ބެނާޑޯ ސިލްވާ އެވެ. ކެވިން ޑި ބްރޭނާ ދިން ބޯޅަ ހޯދުމަށް ފަހު ސިލްވާ ވައްދާލީ ގޯލުގެ އަރިމަތީ ކަނަށެވެ. ސިޓީގެ ދެ ވަނަ ގޯލު 37 ވަނަ މިނެޓުގައި ޖެހީ ވެސް ސިލްވާ އެވެ. އިލްކާއީ ގުންޑޮއާން ފޮނުވާލި ބޯޅައެއް ރެއާލްގެ ކުޅުންތެރިއެއްގެ ގައިގައި ޖެހިފައި ލިބުނު ބޯޅަ ސިލްވާ ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.
ދެ ވަނަ ހާފުގައި ރެއާލް ބޮޑަށް ކުޅުނީ ކުރިއަށް ޖެހިގެންނެވެ. ރެއާލް ކުޅުންތެރިން އަތުން ގެއްލޭ ބޯޅަތަކުގައި ސިޓީގެ ކުޅުންތެރިން ދިޔައީ ކައުންޓަ އެޓޭކުގައި ނުރައްކާ ކުރަމުންނެވެ. އެ ހާފުގައި ވެސް ހާލަންޑް ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ކޯޓުއާ މަތަކުރި އެވެ.
މެޗުގެ ތިން ވަނަ ގޯލަކީ 76 ވަނަ މިނެޓުގައި ރެއާލްގެ އެޑާ މިލިޓާއޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. ޑި ބްރޭނާ ނަގައިދިން ޖެހުމެއް ސިޓީގެ މަނުއެލް އަކާންޖީ ބޮލުން ފޮނުވާލުމުން މިލިޓާއޯ ފައިގައި ޖެހިފައި ވަނީ ގޯލަށެވެ.
ރެއާލްގެ ފަހު ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ ހޫލިއަން އަލްވަރޭޒް އެވެ. އަލްވަރޭޒް ކުޅެން ނުކުތީ ވެސް 89 ވަނަ މިނިޓުގައި ހާލަންޑްގެ ބަދަލަށެވެ. ފިލް ފޮޑެން ހުސްކޮށްލާފައި އަލްވަރޭޒަށް ދިން ބޯޅަ އޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ.
ރެއާލް އަތުން ސިޓީ ހޯދި މޮޅަކީ އެޓީމަށް ލިބުނު ފުރިހަމަ ބަދަލުހިފުމެކެވެ. މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގައި ސިޓީ ބަލިވީ ފަހު ވަގުތު ރެއާލުން ޖެހި ގޯލުތަކާ އެކު އެވެ. އެކަމަކު މިފަހަރުގެ ސެމީ ދެ ލެގްގައި ވެސް ސިޓީ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.
ރެއާލް އަކީ 14 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، މުބާރާތުގެ އެންމެ ކާމިޔާބު ޓީމެވެ.
ފައިނަލުގައި ސިޓީ ނުކުންނާނީ އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށެވެ. އިންޓަ ފައިނަލުގެ ޖާގައެއް ކަށަވަރުކުރީ ފުރަތަމަ ސެމީގައި ދެ ލެގްގެ އެގްރިގޭޓުން އޭސީ މިލާން 0-3 އިން ބަލިކޮށްގެންނެވެ.
ޗެމްޕިއަންސް ލީގު ފައިނަލުން ސިޓީ ޖާގަ ހޯދިއިރު އެ ޓީމު އަންނަނީ މި ސީޒަނުގައި ތިން ތައްޓަށް ވާދަކުރަމުންނެވެ. އެފްއޭ ކަޕްގެ ފައިނަލުން މިހާރު ޖާގަ ހޯދާފައިވާއިރު އަންނަ އާދީއްތަ ދުވަހު ޗެލްސީ ބަލިކޮށްގެން ސިޓީ އަށް ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ.
ޗެމްޕިއަންސް ލީގު ފައިނަލް ޖޫން 10 ވަނަ ދުވަހު އޮންނާނީ ތުރުކީގެ އިސްތަންބޫލްގަ އެވެ.
ސިޓީ އާއި އާސެނަލް ކަޓުވާލައި ބެޔާނާއި ރެއާލް ސެމީއަށް
ސިޓީ އާއި ރެއާލްގެ ކޯޗު ވެސް ހިތްހަމަ ޖެހިފައި
ޕެރޭޒް މެންޗެސްޓާއަށް ދަނީ އެއްދޮނުގައި ދެ ބުޅި ޖަހަން
އާސެނަލަށް ބެޔާން، ރެއާލަށް ސިޓީ، ބާސާއަށް ޕީއެސްޖީ
މިއީ ކަންކަން ކުރެވޭނެކަން ގަބޫލުކުރާ ޓީމެއް: ގާޑިއޯލާ
ރެއާލް މެޗުގެ ކޮންޓްރޯލް އޮތީ ސިޓީ އަތުގައި: ގާޑިއޯލާ
ބެންޗުޓީމާއެކު މޮޅުވެ ސިޓީ މެޗަށް ރެއާލް ތައްޔާރުވެއްޖެ
ގާޑިއޯލާ ބުނިގޮތަށް ގޮތް ނިންމުން ސިޓީގެ ދަނޑުގައި
"ސިޓީ ނުކުންނާނީ ރެއާލް ކިބައިން ބަދަލުހިފާކަށް ނޫން"
ކުއާޓާގައި ރެއާލް-ޗެލްސީ އަދި ބަޔާން-ސިޓީ