Roadha Mihaaru
މިއީ ކަންކަން ކުރެވޭނެކަން ގަބޫލުކުރާ ޓީމެއް: ގާޑިއޯލާ

މިއީ ކަންކަން ކުރެވޭނެކަން ގަބޫލުކުރާ ޓީމެއް: ގާޑިއޯލާ

07 މާޗް 2024

މެންޗެސްޓާ (މާޗް 7) - އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަކީ އަބަދުވެސް ކާމިޔާބު ހޯދޭނެކަން ގަބޫލުކުރާ ޓީމެއް ކަމަށް، ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި 6-2 ގެ އެގްރިގޭޓް ނަތީޖާއިން ކުރި ހޯދައި ކުއާޓާ ފައިނަލަށް ދަތުރުކުރި މެޗަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

"އަހަރެމެންގެ މި އޮތް ޓީމަކީ ކަން ކުރެވޭނެކަން ގަބޫލުކުރާ ޓީމެއް،" ރޭ އަމިއްލަ ދަނޑުގައި 3-1 އިން ކުރިހޯދި ދެވަނަ ލެގު މެޗަށް ފަހު ގާޑިއޯލާ ބުންޏެވެ.

"އަޑުއަހާ، އަހަރެމެން މި ވާދަކުރަނީ ރެއާލް މެޑްރިޑާ ބެޔާން މިއުނިކް ފަދަ ޓީމުތަކާ. އަހަރެމެންނަކަށް ނޭނގޭ އިދިކޮޅުން ކުޅޭނެ ބައެއް. އެންމެ މުހިއްމު ކަމަކީ ވިދިވިދިގެން ހަތް އަހަރު މިހާހިސާބަށް އާދެވުން."

ރޭގެ މެޗުގައި ދެ ޓީމުން ވެސް ގޯލުތައް ޖެހީ ފުރަތަމަ ހާފުގަ އެވެ. މެނުއެލް އަކަންޖީ އާއި ހޫލިއަން އަލްވަރޭޒްގެ ލަނޑުތަކުން ސިޓީން ފުރަތަމަ ނުވަ މިނިޓުތެރޭ ދެ ގޯލުގެ ލީޑެއް ނަގާފައި ވަނިކޮށް 29 ވަނަ މިނިޓުގައި މުހައްމަދު އަލްޔޫނުސީ ކޯޕަންހޭގަން އަށް ފަރަގު ކުޑަ ކޮށްދިނެވެ. ސިޓީގެ ތިންވަނަ ލަނޑު މިހާފުގެ އިތުރު ވަގުތުގައި ޖަހައިދިނީ އާލިން ހާލަންޑެވެ. މިއީ އޭނާ ޗެމްޕިއަންސް ލީގުގައި ކުޅުނު 37 މެޗުން ކާމިޔާބު ކުރި 41 ވަނަ ގޯލެވެ.

ރެއާލް މެޑްރިޑުން ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރެއާލް މެޑްރިޑުން ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރެއާލް މެޑްރިޑް ރޭ އަމިއްލަ ދަނޑުގައި އާރުބީ ލައިޕްޒިގާ ވާދަކޮށް 1-1 އިން އެއްވަރު ވި ނަމަވެސް 2-1 ގެ އެގްރިގޭޓުން ކުއާޓާގެ ފުރުސަތު ހޯދީ ރެއާލް އެވެ.

ރޭ ކުޅުނު ދެވަނަ ލެގު މެޗުގެ 65 ވަނަ މިނިޓުގައި ޖޫޑް ބެލިންހަމްގެ ޕާހަކުން ވިނީޝިއުސް ޖޫނިއާ މޮޅު ލަނޑެއް ޖަހައި ލީޑް ނަގާފައި ވަނިކޮށް ތިން މިނިޓު ފަހުން ވިލީ އޯބަން ވަނީ ލައިޕްޒިގަށް އުންމީދެއް ހޯދައިދީފަ އެވެ. ނަމަވެސް މެޗު ނިމުނީ އިތުރު ގޯލެއް ނުޖެހި އެވެ.

އަންގާރަ ދުވަހުގެ ރޭ ބެޔާން މިއުނިކް ވަނީ 3-0 އިން ލާޒިއޯ ބަލިކޮށް، 3-1 ގެ އެގްރިގޭޓް ނަތީޖާއަކުން ކުއާޓާ އަށް ދަތުރު ކޮށްފަ އެވެ. އަދި އެ ރޭ ޕީއެސްޖީން ރަށުން ބޭރުގައި 2-1 އިން ރެއާލް ސޮސިއެޑާޑް ބަލިކޮށް ކުއާޓާ އަށް ދިޔައީ 4-1 ގެ އެގްރިގޭޓް ނަތީޖާއަކާ އެކު އެވެ.