ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ދެ ހަފުތާއަށް މަސައްކަތުން އެކަހެރިކުރި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް އަލުން ވަޒީފާއަށް ނުކުންނަވައިފި އެވެ.
21 މެއި 2023
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ދެ ހަފުތާއަށް މަސައްކަތުން އެކަހެރިކުރި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ޔޫސުފް ސިރާޖް އަލުން ވަޒީފާއަށް ނުކުންނަވައިފި އެވެ.
ސިރާޖް މިއަދު ވިދާޅުވީ އޭނާ މަސައްކަތުން އެކަހެރިކުރި 14 ދުވަސް ހަމަވުމުން މިދިޔަ ބުރާސްފަތިދުވަހުން ފެށިގެން މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވަން ފައްޓަވާފައިވާ ކަމަށެވެ. ޕީސީބީން އިސްވެ، އޭނާ މަސައްކަތުން އެކަހެރިކުރަން ނިންމި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށް ސިރާޖް ވިދާޅުވި އެވެ.
"އަޅުގަނޑަކަށް ސާފެއް ނޫން އެކަހެރި ކުރި ސަބަބެއް،" އޭނާ ވިދާޅުވި އެވެ.
ޕީސީބީގެ ރައީސް އާސިމް މުހައްމަދު ވިދާޅުވީ ވެމްކޯގެ އެމްޑީއާ ގުޅޭ ގޮތުން ކުރިއަށް ގެންދާ އިންކުއަރީގެ މައިގަނޑު މަސައްކަތް މިހާރު ނިމި ރިޕޯޓް އެކުލަވާލަމުން އަންނަ ކަމަށެވެ.
"ރިޕޯޓް ބޯޑަށް ލިބުމުން ބޯޑުން ނިންމާނީ ދެން ކުރިއަށްދާނެ ގޮތެއް،" އޭނާ ވިދާޅުވި އެވެ.
ސިރާޖު މަސައްކަތުން އެކަހެރިކުރީ މީޑިއާތަކުން ފުރަތަމަ ރިޕޯޓްކުރި ގޮތުގައި، ޖިންސީ ގޯނާގެ މައްސަލައެއްގަ އެވެ. މި ތުހުމަތުން ސިރާޖުގެ އަބުރަށް އަރައިގަނެވޭތީ އެކަން ކުށްވެރިކޮށް ޕީސީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެފަދަ އެއްވެސް ތުހުމަތެއް ސިރާޖާ މެދު ނުކުރެވޭ ކަަމަށެވެ.
"ވެމްކޯގެ ބޯޑު މެދުވެރިކޮށް މި ބޯޑުން ބަލަމުންދަނީ ގަވަނަންސާ ގުޅޭ މެނޭޖްމަންޓުގެ މައްސަލައެކެވެ،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
އެ މައްސަލަ ނިމެންދެން މެނޭޖިން ޑިރެކްޓަރު ސިރާޖް ތަނާޒުލްކޮށްފައި ބެހެއްޓުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބޯޑުން ނިންމާފައިވާތީ މުސާރަ އާއި އިނާޔަތް ލިބޭ ގޮތަށް ދެ ހަފުތާއަށް މަސައްކަތުން އެކަހެރިކުރީ ކަމަށް ބަޔާނުގައިވެ އެވެ.
އެނގިފައިވާ ގޮތުގައި ސިރާޖުގެ މައްސަލައެއް ބަލަނީ، ވެމްކޯގެ ފިރިހެން މުވައްޒަފަކަށް އެ ތަނުގެ އަންހެން މުވައްޒަފަކު ޖިންސީ ފުރައްސާކުރި ކަމަަށް "ޖިންސީ ފުރައްސާރަކުރުމާއި ގޯނާ ހުއްޓުވުމުގެ ކޮމިޓީ" އަށް ހުށަހެޅި މައްސަލައެއް ބަލަމުން ދަނިކޮށް އެކަމުގެ ތެރެއަށް ވަންނަވައި ކޮމިޓީގެ މުވައްޒަފަކު ވަކިކޮށްފައިވާ ކަމުގެ ތުހުމަތުގަ އެވެ.
ފުރައްސާރައިގެ މައްސަލަ ބަލަނިކޮށް ކޮމިޓީގެ މުވައްޒަފަކު ވަކިކޮށް، ސިރާޖު ބޭނުންވާ މީހަކު އައްޔަން ކުރެއްވި ކަމަށް ޕީސީބީން ބަލާ މައްސަލާގައި ވެ އެވެ. މިއީ ސިރާޖްގެ އަމިއްލަ މަސްލަހަތު ހިމެނޭ މައްސަލައެއްގެ ތުހުމަތު ވެސް ޕީސީބީން ވަނީ ކޮށްފަ އެވެ.
ދެ މުވައްޒަފަކާ ގުޅޭ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ކޮމިޓީން ބަލަމުން ދަނިކޮށް އެކަމުގެ ތެރެއަށް ސިރާޖު ނުވެންނެވުމަށް ވެމްކޯގެ ބޯޑުން ނިންމާފައި ވަނިކޮށް، އެއާ ހިލާފުވުމަކީ "ބޯޑުން ނިންމާފައިވާ ނިންމުމާ ޚިލާފަށް ބޯޑުގެ ގަވަނެންސް ގެއްލޭ ގޮތަށް އަމަލުކުރެއްވުން ކަމަށް" ޕީސީބީން ދެކެ އެވެ.
އަމިއްލަ މަސްލަހަތު ސިރާޖު އިސްކުރެއްވުމަކީ، ޕީސީބީން ބަލާ މައްސަލާގައި ހިމެނޭ ލިއުންތަކުގައިވާ ގޮތުގައި، ޖިންސީ ފުރައްސާރަކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނާއި ކޯޕަރޭޓް ގަވަނެންސްގެ ކޯޑާ ހިލާފު އަމަލެކެވެ.
ވެމްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިރާޖް އައްޔަން ކުރެއްވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ. އޭގެކުރިން އޭނާ ހުންނެވީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށެވެ.
ހަތަރު ޔޫޓިލިޓީ ކުންފުނީގެ ދަރަނި 9 ބިލިއަނަށް އަރާ
ވެމްކޯގެ މެނޭޖިން ޑިރެކްޓަރު ސިރާޖް ސަސްޕެންޑްކޮށްފި
ވެމްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ބޭފުޅަކު ހަމަޖައްސައިފި
ވެމްކޯގެ ޗެއާމަނަކަށް ބޭފުޅަކު އައްޔަންކުރައްވައިފި
ނާސިފް، އެޗްޑީސީން ވަކިކޮށް ވެމްކޯގެ ޗެއާމަނަކަށް
ކުނި ނެގުމުގެ ފީ ކަރަންޓު ބިލްގައި ނުހިމަނާނެ: ވެމްކޯ
ކުނި އުކަން އުޅަނދުތަކުން ނަގާ ފީ ކުޑަކޮށްފި
ވެމްކޯއިން އިމާރާތް ތަޅައިދިނުމުގެ ހިދުމަތް ދޭން ފަށަނީ
އެއާޕޯޓުން ކުނި އުފުލުން އަނެއްކާވެސް ވެމްކޯއަށް
ހިންމަފުށީގައި ވެމްކޯގެ ހިދުމަތް ދޭން ފަށައިފި