Roadha Mihaaru

ވެމްކޯގެ ޗެއާމަނަކަށް ބޭފުޅަކު އައްޔަން ކުރައްވައިފި

ވޭސްޓް މެނޭޖްމަންްޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޗެއާމަންގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ

ވެމްކޯގެ ޗެއާމަނަކަށް ބޭފުޅަކު އައްޔަންކުރައްވައިފި
އާސިމާ ނިޒާރު
އާސިމާ ނިޒާރު

22 މެއި 2017

ވޭސްޓް މެނޭޖްމަންްޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޗެއާމަންގެ މަގާމަށް މިއަދު ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑް (ޕީސީބީ) އިން މއ. މެމޮސާ، މުހައްމަދު ސިރާޖު ވެމްކޯގެ ޗެއާމަނަކަށް އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި އަލީ ޚާލިދު ވަކިކުރުމުންނެވެ. އަލީއާ އެކު ވެމްކޯގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި އިބްރާހިމް ފުއާދު ވެސް ވަނީ އެ މަގާމުން ވަކިކުރައްވައިފަ އެވެ.

ވެމްކޯގެ އާ ޗެއާމަނަކަށް އައްޔަން ކުރެއްވި ސިރާޖަކީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ސީނިއާ ލެކްޗަރާ އެކެވެ.

ވެމްކޯ އަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުނި އުކާލުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން 2009 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. ނަމަވެސް އޭރު އެ ކުންފުނިން މަސައްކަތެއް ނުކުރެ އެެވެ. އާ ބޯޑެއް އެކުލަވާލައި ވެމްކޯގެ މަސައްކަތްތައް ފަށައިގަތީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.